Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުން

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަމާގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

އިންޑިއާއިން "މޯލްޑިވްސް އައުޓް"ގެ ނަމުގައި ހަރަކާތްތަކެއް ފަށައިފިނަމަ ހަދާނީ ކިހިނެއްތޯ ބުނެ، އިންޑިއާ މީހުން ސުވާލު އުފައްދާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ޖޫން 2022 | ހޯމަ 10:26
އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕޭން

އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕޭން

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަމާގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތް ހުއްޓުވުމަށް ގާނޫނީގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި، ސަލާމަތީ ހިދުމަތްތަކަށް ފެންނަނަމަ، ކަމާގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 241 ކޮމިޓީން ހުށަހެޅި ރިޕޯޓަށް ނެގި ވޯޓާއެކުއެވެ. ހޯމަ ދުވަހުގެ ޖަލްސާގައި ހާޒިރުވި 37 މެންބަރުންގެ ތެރެއިން މި ރިޕޯޓް ފާސްކުރުމަށް ވޯޓު ދެއްވީ ވޯޓަށް އެހި އިރު ހާޒިރުވެ ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

Advertisement - newsAdvertisement

ކޮމިޓީގެ ހުށަހެޅުންތަކުގެ ތެރޭގައި ގާނޫނަށް އިސްލާހު ގެނައުމުގެ އިތުރުން، އިންޑިއާ އައުޓް ނަމުގައި ހިންގަމުން އަންނަ ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައިވާތީއާއި، އަދި ދިވެހިރާއްޖޭގެ އިގްތިސާދަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރެއްކުރާނެ ކަމަކަށްވެފައި، ބައިނަލްއަގުވާމީ ގުޅުންތަކަށް ހީނަރުކަން އަންނަކަމަށްވާތީ، ގާނޫނާ ގައިވައިދުގައިވާ ގޮތުގެ މަތިން އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރުމަށް ވަނީ ހުށަހަޅާފައެވެ.

241 ކޮމިޓީގެ ރިޕޯޓުގައި 24 ކަމެއް ވަނީ ފާހަގަކޮށްފައެވެ. މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި، "އިންޑިއާ އައުޓް ކެމްޕޭނާއި ގުޅިގެން އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތްކަމެއް ކަމަށްވާތީ"، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން، ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށްފަހު އެކޮމިޓީން އާންމުކުރި ރިޕޯޓެކެވެ.

މި ރިޕޯޓުގައި ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި 24 ކަމެއް ވަނީ ހިމަނާފައެވެ. އެގޮތުން އިންޑިއާއާއި ދެކޮޅަށް ރާއްޖެއިން ހިންގަމުންދާ ހަރަކާތްތަކާ ގުޅިގެން ކޮޗިން އެއަރޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި ތިބި ފަރާތްތަކުން ދިވެހިންނަށް ނިސްބަތްކޮށް، "އިންޑިއާ އައުޓް ޕީޕަލް ކަމިންގ" ފަދަ ބަސްތަކުން މުޚާތަބުކުރިކަމަށާއި، އަދި އިންޑިއާއަށް ކުރި ދަތުރެއްގައި އެރުނު ޓެކްސީއެއްގެ ޑްރައިވަރު، ރާއްޖޭގައި ހިންގާ އިންޑިއާ އައުޓް ހަރަކާތްތަކަށް ނިސްބަތްކޮށް، އިންޑިއާއިން "މޯލްޑިވްސް އައުޓް"ގެ ނަމުގައި ހަރަކާތްތަކެއް ފަށައިފިނަމަ ހަދާނީ ކިހިނެއްތޯ ބުނެ ސުވާލު އުފައްދާފައިވާކަމަށް، އާންމު ފަރާތްތަކުން ކޮމިޓީއާ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕޭން ފުޅާވަމުންދާ ވަރަކަށް، އެކަމުން ދިވެހިރާއްޖެއަށް ކުރާ އަސަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށާއި، އެގޮތުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނާ ދިމާކުރަމުންދާކަން ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާ ޚަބަރުތަކުން އެނގޭކަން އިކޮނަމިކް މިނިސްޓްރީން ފާހަގަކޮށްފައިވާ މައްސަލަ ވެސް ހޯދުންތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ވެސް، އިންޑިއާ އައުޓް ހަރަކާތްތަކަކީ ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތެއް ކަމަށާއި، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާ ކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާ އިންޑިއާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން އެނގޭ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރާއި، 615 ވަނަ މާއްދާގެ (ހ)ގެ (6) ވަނަ ނަންބަރުގެ ދަށުން، މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެއްކަން ރައީސްގެ ގަރާރުން އެނގޭކަމަށް ބުނެފައިވެއެވެ.

އަދި މި ހަރަކާތަކީ ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަންއަމާންކަމާއި ދާޚިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖްތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއްކަމުގައި ގަބޫލުކުރެވޭކަމަށް ބުނެފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމުގައި ފާހަގަކުރެވޭކަން ރައީސްގެ ގަރާރުން އެނގޭކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ހަރަކާތުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރަނީ ހަމައެކަނި އިންޑިއާ ސަރުކާރުން ނޫންކަމަށާއި، ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ އެމްބެސެޑަރުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށާއި، އެމްބަސީތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްދިނުމަށް އެދިފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ އެކިއެކި ކޮންވެންޝަންތަކަށް ބަލާއިރު އެ ކޮންވެންޝަންތަކުގެ ދަށުން އަދާކުރަންޖެހޭ ކަންތައްތަކެއް ހުންނަކަމަށާއި، އެގޮތުން "ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން"ގެ ދަށުން ވަކި ގައުމަކަށް ނުވަތަ ވަކި ގްރޫޕަކަށް، ނުވަތަ ވަކި ނަސްލަކަށް، ނުވަތަ ވަކި ކުލައެއްގެ މީހުންނަށް ނުވަތަ ވަކި ދީނެއްގެ މީހުން ތަފާތުކޮށް އެ މީހުންނާ ދެކޮޅަށް ނަފުރަތު އުފެދޭ ބަސްތައް ބޭނުންކުރުމާއި، ހަރުކަށިކަމަށް މަގުފަހިވާގޮތަށް ކުރެވޭ މަސައްކަތަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ އެކިއެކި ކުށްތައް ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންސްތަކަކީ، އެކި ގައުމުތަކާ ގުޅިގެން ކުރިއަށްގެންދެވޭ އޮޕަރޭޝަންތަކަކަށް ވާއިރު، މިފަދަ ހަރަކާތެއް އަވަށްޓެރި ގައުމަކާ ދެކޮޅަށް ހިންގާކަމީ ދޭދޭ ގައުމުތަކުގެ އެއްބައިވަންތަކަމަށާއި، ކުށް މަދުކުރުމަށް ގުޅިގެން ހިންގޭ ހަރަކާތްތަކަށް ބުރޫއަރާނެ ކަމެއްކަން ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އިންޑިއާ އައުޓްރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދުކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު