Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު ސަލީމަށް ކޮށްފައިވާ ތުހުމަތު

އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ދާއިރާގެ މެމްބަރާއިމެދު ފަތުރަމުންދާ ދޮގު އިލްޒާމުތައް ކުށްވެރިކުރަން: ހޯރަފުށީ ކައުންސިލް

27 ޖޫން 2022 | ހޯމަ 09:26

އެއީ އަސްލެއް އަދި އަސާސެއް ނެތް ކަމެއްގެ ގޮތުގައި އެ ކައުންސިލުން ދެކޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖޫން 2022 | ހޯމަ 09:26
އަހުމަދު ސަލީމް / ހޯރަފުށި ދާއިރާ

އަހުމަދު ސަލީމް / ހޯރަފުށި ދާއިރާ

އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުޅޭގޮތުން ފަތުރަމުންދާ ދޮގު އިލްޒާމުތައް ކުށްވެރިކުރާކަމަށް ހޯރަފުށީ ކައުންސިލު އިދާރާއިން ބުނެފިއެވެ.

ހޯރަފުށީ ކައުންސިލް އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެމްބަރު ސަލީމަށް ރައްދުވާ ގޮތަށް އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ އަމަލެއް ކޮށްފައިވާކަމަށް ތުހުމަތުކޮށް ބައެއް ނޫސްތަކުން ގެނެސްފައިވާ ޚަބަރަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް ކަމެއްގެ ގޮތުގައި އެ ކައުންސިލުން ދެކޭ ކަމަށެވެ.

އެފަދަ ބޮޑެތި އިލްޒާމުތައް އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އެ ދާއިރާގެ މެމްބަރުގެ އިސްތަށިފުޅުގައި އެޅުވުމަކީ ހޯރަފުށީ ކައުންސިލާއި ރައްޔިތުންވެސް ކަންބޮޑުވާ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލުން ވަނީ މެމްބަރު ސަލީމަކީ ރައްޔިތުންނަށް މުހިއްމު ބިލުތަކާއި ޤަރާރުތައް ހުށައަޅުއްވާ، އަދި ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ވަކާލާތު ކުރައްވާ މެމްބަރެއްކަމަށްވެސް ބުނެފައެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރުގެ ނަފްސުގެ ޙުރުމަތް ނެތިކޮށްލުމަށް އެއްވެސް އަސްލެއް އަދި އަސާސެއް ނެތް މައުލޫމާތުތަކެއް ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެއީ ޒިންމާދާރު ކަމެއް ނެތި، މެމްބަރާއިމެދު ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެއްދުމަށް ފަތުރަމުންދާ ވާހަކަތަކެއްކަން ބަޔާންކޮށް ކައުންސިލުން ވަނީ އެފަދަ ދޮގު މައުލޫމާތުތައް ފަތުރަމުންދާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ.

އޭގެ އިތުރުން، މެމްބަރު ސަލީމްވެސް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާ ގޮތަށް، އެ މައްސަލަ ތަޙުޤީޤުކޮށް ވީ އެންމެ އަވަހަށް ރައްޔިތުންނަށް ޙަޤީޤަތް ހާމަކޮށްދިނުމަށްވެސް ކައުންސިލުގެ 6 މެމްބަރުން ސޮއިކުރައްވާ ނެރުއްވި ބަޔާނުގައި އެދިފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާއި ގުޅިގެން، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމަށް ތުހުމަތުކޮށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ވާހަކަތައް ސަލީމްވެސް ވަނީ ދޮގުކުރައްވާފައެވެ.

އަދި އޭނާ ނުކުރައްވާ ކަމެއް އެއީ ނުކުރާކަމެއް ކަމަށް ސާބިތުކުރުމަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަކަމެއް ހިނގިކަމަށް ބުނާ ވީޑިއޯއެއް ނުވަތަ ފޮޓޯއްގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުލުހުންގެ މުއައްސަސާގެ ޒިންމާއެއްކަމުގައި ދެކެވަޑައިގަންނަވާކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސްހއ. ހޯރަފުށި

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް