Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝްގައި ހުޅުވި ބްރިޖް

ބަންގްލަދޭޝްގެ އެންމެ ދިގު ބްރިޖް ނިންމާ ހުޅުވައިފި

27 ޖޫން 2022 | ހޯމަ 08:25

ބަންގްލަދޭޝްގެ ޕަދްމާ ބްރިޖްއަށް 3.6 ބިލިއަން ޑޮލަރު ހޭދަވި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 27 ޖޫން 2022 | ހޯމަ 08:25
ބަންގްލަދޭޝްގައި އަލަށް ހުޅުވި ބުރިޖް

ބަންގްލަދޭޝްގައި އަލަށް ހުޅުވި ބުރިޖް

ބަންގްލަދޭޝްގައި މިހާތަނަށް ހެދި އެންމެ ދިގު ބްރިޖްގެ މަސައްކަތް ނިންމާ އާދީއްތަ ދުވަހު ރަސްމީކޮށް އާންމުނަށް ހުޅުވާލައިފިއެވެ.

6.51 ކިލޯމީޓަރު (4.04މޭލު) ދިގު ބްރިޖްއަށް 3.6 ބިލިއަން ޑޮލަރު ހޭދަވިއިރު ބްރިޖްގެ މަސައްކަތް ނިންމުމަށް 8 އަހަރުގެ މުއްދަތެއް ނަގާފައިވެއެވެ. މި ބްރިޖްގެ ސަބަބުން ވެރިރަށް ޑާކާ އާއި ދެވަނައަށް އެންމެ ބޮޑު ސީ ޕޯޓް ކަމަށްވާ މޮންގްލާއާ ދެމެދު ކުރިން ކުރެވޭ ދަތުރު ސަތޭކަ ކިލޯމީޓަރު ކުރުވެގެން ދެއެވެ.

ބްރިޖް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާ ވިދާޅުވީ މި ބްރިޖްއަކީ ބަންގްލަދޭޝްގެ ހުރިހާ ރައްޔިތުންގެ އަމިއްލަ ތަނެއްކަމަށާއި ބްރިޖް ރަމްޒުކޮށްދެނީ ބަންގްލަދޭޝް ރައްޔިތުންގެ ހުނަރާއި ހިތްވަރު އަދި ކެތްތެރިކަން ކަމުގައެވެ.  

ބަންގްލަދޭޝްގެ ޕަދްމާ ކޯރު ހުރަސްކޮށް އަޅާފައިވާ ބްރިޖްގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ޗައިނާ މޭޖަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓަޑްއިންނެވެ. ފުރަތަމަ މަސައްކަތާއި ހާލުވި ކެނެޑާގެ ކުންފުންޏަކާދެމެދު ހިނގި ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން ބްރިޖަށް ޚަރަދު ކުރުމަށް ވަރލްޑް ބޭންކް އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ފަދަ މާލީ އިދާރާތަކުން އެއްބަސްނުވުމުން ބްރިޖަށް ޚަރަދު ކޮށްފައިވަނީ އެގައުމުގެ އަމިއްލަ ފައިސާ އިންނެވެ.

ބްރިޖް ހެދުމުގެ މަސައްކަތުގައި 4000 އިންޖިނިއަރުން ހަރަކާތްތެރިވެފައިވާއިރު މިއީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތަކަށް ވިކަމަށް ވެއެވެ. މިގޮތުން ބައެއް ހިސާބުތަކުގައި ކޯރުގެ ފެންގަނޑުގެ އަޑިއަށް 400 ފޫޓު ފުނަށް ޕައިލިންގ ޖަހަން ޖެހުނު ކަމަށްވެއެވެ. މިހިސާބަކީ އެމޭޒަން ކޯރަށް ފަހު މުޅިދުނިޔޭންވެސް ކޯރެއްގެ ފެންގަނޑު އެންމެ ފުން ހިސާބުކަމަށް ވެއެވެ.

އަލަށް ހުޅުވުނު ޕަދްމާ ބްރިޖްގެ ސަބަބުން ބަންގްލަދޭޝްގެ މުހިންމު 21 ޑިސްޓްރިކްޓް ގުޅާލަދޭއިރު ބްރިޖްގެ ސަބަބުން އެގައުމުގެ 465 ބިލިއަން ޑޮލަރުގެ އިގްތިސާދު އިތުރަށް ފުޅާވެ، 2022-23 ގައި 7.1 އިންސައްތައިގެ ކުރިއެރުމެއް ހާސިލްވާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އަންދާޒާކޮށްފައިވެއެވެ.   

ބަންގްލަދޭޝް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
14 ނޮވެމްބަރު 2025

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
24 އޮކްޓޯބަރު 2025

މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ

24 އޮކްޓޯބަރު 2025
މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ
18 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް

18 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް
17 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ

17 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް