Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހައްޖުގެ އަޅުކަން

މަބުރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވެއެވެ.

ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 ޖޫން 2022 | އާދީއްތަ 02:16
ހައްޖު 1441

ހައްޖު 1441

މުސްލިމުންނަށް ހައްޖުގެ އަޅުކަމަކީ އިސްލާމް ކަމުގެ 5 ވަނަ ރުކުނެވެ. މިކަމަށް ކެރި ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކު މި އަޅުކަން ފުރިހަމަ ކުރުމަކީ ދީނުގައި އަންގަވާފައިވާ ކަމެކެވެ. ޖިސްމާނީ ގޮތުން އަދި މާލީ ގޮތުން ކެރި ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކު މަދުވެގެން އުމުރުން އެއް ފަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް އިސްލާމް ދީން ގޮވާލައެވެ. ހައްޖުގެ އަޅުކަމަކީ 628 ވަނަ އަހަރު ކުރެވުނު ފުރަތަމަ ހައްޖަށް ފަހު ކޮންމެ އަހަރަކު ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތުގައި ކުރެވޭ އަޅުކަމެވެ. ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ ސަހާބީން އެ މަތިވެރި އަޅުކަން އަދާކުރެއްވި ގޮތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި ނަސްލުތަކުގެ އެކި ފަންތީގެ އެކި ކުލައިގެ މީހުން ޖަމާވެ އެއް ބައެއްގެ ގޮތުގައި އެއްވެސް ތަފާތެއް ނެތި އެއް ޖަމާއަތެއްގައި މި އަޅުކަން އެ ގެންދަނީ ކޮންމެ އަހަރަކު ފުރިހަމަ ކުރަމުންނެވެ.

ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތަކެވެ. މި ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުމަށް ކޮންމެ މީހަކު ވެސް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ. ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިޙު އަމަލުތައް ގިނަކޮށް، ﷲ ގެ ރުހިވޮޑިގަތުން ލިބޭތޯ ވާދަ ކުރަންޖެހެއެވެ. މި ދިހަ ދުވަހު ކުރުން ހެޔޮވެގެންވާ އަމަލުތަކުގެ ތެރޭގައި، ރޯދަހިފުމާއި، ޤުރްއާން ކިޔެވުމާއި، ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ހިމެނެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ، މާތްﷲ ހަނދުމަކުރުމުންނެވެ. މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތް ﷲ އަށް ޒިކުރު ކުރުން ހިމެނެއެވެ.

މާތް ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ޒިކުރު ކުރުމެވެ. އެއީ މުއުމިން އަޅާ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. ޒިކުރު ކުރާ މީހާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި ޝައިތާނާގެ މަޅީގައި ޖެހުމުންނާއި ނަރަކައިގެ ގިނަ ހިލަތަކުގެ ހޫނުން ރައްކާތެރިކޮށްދެއްވާނެއެވެ. މާތް ﷲ އަށް ޒިކުރު ކުރާ މީހާގެ މައްޗަށް މާތް ﷲ ގެ ރަހުމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވެއެވެ. ހައްޖުވެރިޔާ ނޫން މީހާ އަރަފާތު ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރާއި ކުރިއަތް އޮތް އަހަރުގެ ފާފަތައް ފުއްސަވާ ކަމެއް ކަމަށާއި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ފާފަ ފުއްސަވާ ކަމެކެވެ.

ހައްޖު ނުވަތަ ޢުމްރާވާ ކޮންމެ މުސްލިމަކުވެސް، ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވެ، ﷲއަށް އިސްތިޢުފާރު ކުރުން އެއީ އެންމެ އިސް ވާޖިބު ކަމުގައި ދެކޭށެވެ. އެ މާތް ބިމުން ތިމާ އަންނަނީ މުޅިން އާ ޙަޔާތެއް، އާ ރޫޙަކާއެކު ކަމުގައި ދެކޭށެވެ. ވީމައި ވޭތުވެދިޔަ ފާފަތަކުން ތައުބާވެ ފަހުން އެއްވެސް ފާފައެއް ނުކުރަން ޢަޒުމް ކަނޑައަޅާށެވެ. މާތް ﷲ ވޮޑިގެންވާ ކަމަށް އިންސާނާގެ ހިތުގައި އުފެދޭ ޝައްކުތަކާއި ވަހުމްތައް ދުރުކޮށް އިންސާނާގެ އީމާންތެރިކަން އިތުރުކޮށް ވަރުގަދަކޮށްދޭ ކަމެއް ވެސް މެއެވެ. އަދި ﷲ އާއި މުއުމިނު އަޅާއާއި ދެމެދުގައިވާ ޢަހުދު އައުކޮށް ވަރުގަދަކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއްވެސް މެއެވެ. ތަފާތު އެކިއެކި ބަލިތަކަށް އެކިއެކި ބާވަތްބާވަތުގެ ފަރުވާ ލައްވާފައިވާއިރު، ޙައްޖުގެ އަޅުކަމަކީ މިއެންމެހާ ބަލިތަކުގެ ޖާމިޢު ފަރުވާއެވެ. ލާބަހުރި މަންފާކުރަނިވި ގޮތެއްގައި މިއަޅުކަން އަދާކުރެވިއްޖެނަމަ މިއިން ފައިދާ ލިބުމީ އޭގައި ޝައްކެއްވާކަމެއް ނޫނެވެ. އިސްލާމްދީނުގައި ކަނޑައަޅާފައިފައިވާ އެންމެހާ އަޅުކަމެއްގެ ރޫޙު މިއަޅުކަމުގައި އެކުލެވިފައިވުމަކީ މީގެ އެންމެ ބޮޑު އެއް ހެއްކެވެ.

ޙައްޖުގެ މަތިވެރިއަޅުކަމުން ލިބިގެންދާ އުޚުރަވީ ފައިދާއަކީ ޙައްޖުގެ އަޅުކަން އަދާކުރާ މީހާ ރަނގަޅުގޮތުގައި ޙައްޖުގެ އަޅުކަން އަދާކޮށްފިނަމަ އޭނާ އަށް ހުރީ ސުވަރުގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. "މަބުރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއްނުވެއެވެ." ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބުމަށްވުރެ ވަކިން އިތުރު މާތް ކަމެއް އެއްވެސް މީހަކަށް ލިބޭނެހެއްޔެވެ. މުސްލިމުން މި ބިންމަތީގައި ދިރިތިބުމުގެ އެންމެ ބޮޑު މަގްސަދަކީ ﷲ އަށް އީމާންވުމާއި، އާޚިރަތަށް ތައްޔާރު ވުމެވެ. ދިރިތިބުމުގެ މި މަގްސަދު މުސްލިމުންގެ ހިތްތަކުގައި އާލާ ކުރުމަށް ހައްޖުގެ އަޅުކަމަކީ މުހިންމު ކަމެކެވެ.

ހައްޖަކީ ދުނިޔޭގެ އެތައް މިތަނުން މުސްލިމުން އެއްތަނަކަށް ޖަމާވާ އަޅުކަމެކެވެ. އެއްވެސް ހުރަހެއް ދަތިކަމެއް ނެތި އެކަކު އަނެކަކާ ހިތްހެޔޮ ކަމާއެކު ބައްދަލުވާ އަޅުކަމެކެވެ. އޭގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކު ދަތުމާއި އެކުވެރިކަމާއި އަޚްވަންތަކަން ބަދަހިކޮށް އާލާކުރުމަށް މަގު ފަހިވެގެން ދެއެވެ. ހައްޖުގެ ތެރޭގައި ކުރާ އަޅުކަމާއި ދުއާގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދުނިޔޭގައި އުޅުމުގެ ހަޤީޤީ މަޤްސަދު ހިތްމައްޗަށް ގެނެސް އެ ހަނދާން އާކޮށް އާލާ ކުރުމެވެ.

ހައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމުގެ ފައިދާ އެންމެން ވެސް ހެޔޮ ގޮތުގައި ލިބިގަތުމަށް މަސައްކަތް ކުރަމާތޯއެވެ.

ހައްޖުޙައްޖު 1443ޙައްޖުގެ އަޅުކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

04 ޖޫން 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު