Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދިވެއްސަކަށް ވަނީ ހުންނަ ސިފައިންތަ؟

ދިވެއްސަކަށް ވަނީ ހުންނަ ސިފައިންތަ؟

25 ޖޫން 2022 | ހޮނިހިރު 02:36

މީހާ ހުންނަ ސިފައަށް ބަލައި އޭނާއަކީ ދިވެއްސެއް ނޫން ކަމަށް ކަނޑައަޅާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ޖޫން 2022 | ހޮނިހިރު 02:36
ކުޑަ ފިހާރައެއްގައި މީހަކު ހިދުމަތް ދެނީ

ކުޑަ ފިހާރައެއްގައި މީހަކު ހިދުމަތް ދެނީ

މިދިޔަ ބުރާސްފަތި ދުވަހު މާލެ ޖަލު ސަރަހައްދުގައި ހިނގި މުޒާހަރާއަށްފަހު ފުލުހެއްގެ ފޮޓޯ ވަރަށް ގަދައަށް ސޯޝަލް މީޑިއާގައި އާއްމުވިއެވެ. އޭނާގެ ފޮޓޯ އާއްމު ކޮށްފައިވަނީ އޭނާގެ ޤައުމިއްޔަތާ މެދު ސުވާލު އުފައްދަމުންނެވެ. އެއީ އޭނާ ހުރި ސިފައިގެ ސަބަބުންނެވެ. މަތިމަހެއް ހުރުމުންނެވެ.

އެ ޕޯސްޓް ޝެއަރ ކުރި ބައެއް ޕޭޖުތަކާއި މީހުން އެ ފުލުސް އޮފިސަރަށް ފާޑުކިޔައި މަލާމާތް ކުރީ އޭނާ އިންޑިއާގެ ރައްޔިތަަކަށް ހަދައިގެންނެވެ. އެހެންނަމަވެސް އެއީ ދިވެހި ދަރިއެއްކަން ފުލުހުން ވަނީ "ރާއްޖެ އެމްވީ" އަށް ކަށަވަރު ކޮށްދީފައެވެ. ފާޑު ކިޔައި ފޭސްބުކްގައި މަލާމާތް ކުރި މީހުންނާ އެއްގޮތަށް މި ޤައުމަކީ އޭނާގެ ވެސް އުފަން ޤައުމެވެ. ތަފާތަކަށްވީ އޭނާގެ ސިފައެވެ.

މަތިމަހެއް ހުރުމަކީ އެ މީހަކު އެހެން ޤައުމަކަށް ނިސްބަތްވާންވީ ސަބަބެއް ނޫނެވެ. ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ މަތިމަސް އެކަނި ބަހައްޓާ މީހުން ވެސް ދިރިއުޅެއެވެ. އަދި ތުބުޅި އެކަނި ބައްޓާ މީހުންނާއި ތުބުޅިއާއި މަތިމަސް ވެސް ބަހައްޓާ މީހުންނާއި މަތިމަހާއި ތުބުޅި ބާލާފައި ހުންނަ މީހުން ވެސް ދިރިއުޅެވެ. ނަމަވެސް މަތިމަހުގެ ސަބަބުން، ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކަށް ފާޑުކިޔުމުގެ ނިޔަތުގައި މުޅި ސޯޝަލް މީޑިއާގައި ފާޑު ކިޔެމުންދަނީ ދިވެހި ދަރިއަކަށެވެ.

މިއީ ފުލުހެއް ހުރި ސިފައިގެ ސަބަބުން ފޮޓޯ އާއްމުކޮށް ފާޑުކީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް މުޒާހަރާއެއްގެ ތެރެއިން ފުލުހެއްގެ ފޮޓޯ ނަގައި އޭނާއަކީ އެހެން ޤައުމެއްގެ މީހެއް ކަމަށް ތުހުމަތުކޮށް ވަޒީފާ ލިބުނު ގޮތާ މެދު ސުވާލު އުފައްދާފައިވެއެވެ.

މި ޕޯސްޓުތައް ފެނި އުފެދޭ ސުވާލުތައް ބައިވަރެވެ. ދިވެއްސަކަށް ވާން ބޭނުންވަނީ ސިފައެއްތޯއެވެ. އެހެންކަމަށްވާނަމަ ދިވެއްސެއްކަން އެނގެނީ ކޮން ސިފަތަކެއް ހުރެގެންތޯއެވެ. ކުޑަކޮށްވެސް އެހެން ޤައުމެއްގެ މީހެއްގެ ގައިގައި ހުންނަ ސިފަ ހުރެއްޖެ ނަމަ އެ މީހާއަކީ ދިވެއްސަކަށް ނުވަނީތޯ އެވެ. އަދި ވަކި ވަޒީފާއެއް އަދާ ކުރާނަމަ ދިވެއްސަކަށް ނުވަނީތޯއެވެ.

ދިވެހިން އަމިއްލަ ސިކުނޑީގައި މީހާގެ ޤައުމިއްޔަތު ނިންމަނީ ހަމައެކަނި ސޯޝަލް މީޑިއާގައި އެކަންޏެއް ނޫނެވެ. އާއްމު ދިރިއުޅުމުގައި ވެސް އެފަދަ ކަންކަން ވަރަށް ގިނައިން ފެނެއެވެ. އެގޮތުން، ފިހާރަތަކުން ފެންނަ "ދިވެހި ސިފަ" ނެތް ކޮންމެ ފިރިހެނަކީ ބިދޭސީއެއް ކަމަށް އަމިއްލައަށް ނިންމައި އޭނާއާ ބިދޭސީންނާ ވާހަކަދައްކާ ބަހުރުވައިން ވާހަކަދައްކާ މީހުން ވެސް މަދެއް ނޫނެވެ.

ރާއްޖޭގައި އެހެން ޤައުމުތަކުގެ މީހުންނާ އިނދެގެން އުޅޭ މީހުން ވެސް އިތުރުވަމުން އަންނައިރު އެ މީހުންނަށް ލިބޭ ދަރިންގެ ގައިގައި "ދިވެހި ސިފަ" ނެތް ނަމަ ފާޑު ކިޔައެވެ. ލޯ ކުޑަވެއްޖެ ނަމަ އެވީ ޗައިނާ މީހަކަށެވެ. ހަމުގެ ކުލަ މާބޮޑަށް އަލިވެފައި ލޮލުގެ ކުލަ ތަފާތު ވެއްޖެނަމަ އެވީ ޔޫރަޕްގެ މީހަކަށެވެ. އަދި މާބޮޑަށް ކަޅުވެއްޖެނަމަ އެ މީހަކު ވަނީ އެފްރިކާގެ މީހަކަށެވެ.

ދިވެހިރާއްޖެއަކީ އެކި ޤައުމުތަކުން މީހުން އައިސް ވަޒަން ވެރިވެފައިވާ ޤައުމަކަށްވާއިރު ދިވެހިންގެ ސީދާ ދަރިފަސްކޮޅު އަދި އެއްވެސް ބަޔަކަށް ކަށަވަރު ކުރެވިފައި ނުވެއެވެ. ދިވެހިންގެ ތެރޭގައި ކައިރި ޤައުމުތައް ކަމަށްވާ އިންޑިއާ އާއި ސްރީލަންކާ ފަދަ ޤައުމުތަކުގެ ދަރިފަސްކޮޅަށް ނިސްބާތްވާ މީހުން ވެސް ހިމެނޭ ކަމަށް ތާރީހު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންކަމަށްވާނަމަ އަވައްޓެރި ޤައުމެއްގެ މީހެއްގެ ގައިގައި ހުންނަ ސިފަ ހުރުން އެއީ ދިވެއްސަކަށް ނުވާންވީ ސަބަބެއް ނޫނެވެ.

ޤައުމިއްޔަތަށް ސުވާލުކޮށް މީހުންގެ ފޮޓޯ އާއްމުކޮށް އެ މީހާއަށް ފާޑުކިޔުމަކީ ވެސް ބުލީ ކުރުމެވެ. ސޯޝަލް މީޑިއާއަކީ ތެދު ދޮގު ނުބަލައި ސިކުންތު ކޮޅެއްގެ ތެރޭގައި ޕޯސްޓުތައް ވައިރަލް ކޮށްލާ ޕްލެޓްފޯމް އަކަށްވާއިރު މީހަކަށް ފާޑުކިޔައި އޭނާގެ ކަރާމަތާއި އަބުރަށް ގެއްލުންވާ ގޮތަށް ޕޯސްޓު ކުރުމުގެ ކުރިން ހަގީގަތް އޮޅުން ފިލުވަން ޖެހެއެވެ. އަމިއްލަ މަންފާއަށް ނުވަތަ ސިޔާސީ މަންފާއަށް ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމާ މެދު ވިސްނާލުން މުހިންމެވެ.

ފީޗަރ ރިޕޯޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2023

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"
18 ޖުލައި 2023

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!
30 ޖޫން 2023

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި
23 ޖޫން 2023

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟
23 މެއި 2023

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟
27 ފެބުރުއަރީ 2023

ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!

27 ފެބުރުއަރީ 2023
ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!
10 ޖެނުއަރީ 2023

މޫލާފައިވާ ޕެލެޓުތައް!

10 ޖެނުއަރީ 2023
މޫލާފައިވާ ޕެލެޓުތައް!
23 ޑިސެމްބަރު 2022

1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟

23 ޑިސެމްބަރު 2022
1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟
10 ޑިސެމްބަރު 2022

މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!

10 ޑިސެމްބަރު 2022
މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!
07 ނޮވެމްބަރު 2022

"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް

07 ނޮވެމްބަރު 2022
"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް