Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެސޯސިއޭޝަން ކަޕް 2022

މިއީ ސިޓީ ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު އުންމީދެއް: ނަލަ

ޓީމުގެ ކޯޗިން އޮފިޝަލުންނާއި ހުރިހާ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖޫން 2022 | ހުކުރު 03:28
ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)

ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)

އެސޯސިއޭޝަން ކަޕް ކާމިޔާބުކުރެވުމަކީ ސްޕޯޓްސް ކުލަބް ސިޓީ ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށް އެ ޓީމުގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)ބުނެފިއެވެ.

މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ތިން ސެޓު ދެ ސެޓުން ކުލަބް ވެމްކޯ ބަލިކޮށް، ބުރާސްފަތި ދުވަހުގެ ރޭ ސިޓީން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ. މިއީ ސިޓީ އުފެދުނު ފަހުން ފާއިތުވި 13 އަހަރުގެ ތެރޭގައި އެ ޓީމުން ފުރަތަމަ ޑިވިޝަންގެ ފައިނަލެއް ކުޅެ، ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ނަލަ ބުނީ ލިބުނު ކާމިޔާބަށް ޝުކުރު ކުރާކަމަށެވެ. ސިޓީއަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބެއްކަން ފާހަގަކުރަމުން ނަލަ ބުނީ، ޓީމުގެ ކޯޗިން އޮފިޝަލުންނާއި ހުރިހާ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބުނު ކަމަށެވެ. އެކަމުގެ ސަބަބުން ކޯޗުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭ ކަމަށް ވެސް ނަލަ ބުންޏެވެ. ކުރިއަށް އޮތް މުބާރާތްތަކަށް ވެސް ސިޓީ ނިކުންނާނީ މިހާރު އޮތް ރޫހުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނަލަ ބުނީ ފައިނަލްގެ ކުރިން ރެސްޓުކޮށްފައި، ފަރިތަކުރަން ރަނގަޅު ވަގުތެއް ލިބުނު ކަމަށެވެ. ލިބުނު ވަގުތުގައި ރަނގަޅަށް ރެސްޓުކޮށް އަދި ފަރިތަކުރެވުމުގެ ފައިދާ ވެސް ލިބުނު ކަމަށް ނަލަ ބުންޏެވެ. މީގެ އިތުރުން ނަލަ ބުނީ މުބާރާތުގެ ތަށި ލިބުމަކީ ވޮލީ ބޯޅައެއް ޚިދުމަތް ކުރާ ކުލަބެއްގެ ހައިސިއްޔަތުން ސިޓީ ކުރިއަށްދާން ލިބުނު އުންމީދަކާއި ހިތްވަރެއް ކަމަށެވެ.

މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކި ސިޓީން، ފައިނަލްގެ ޖާގަ ހޯދީ ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި އޮވެއެވެ.

އެސޯސިއޭޝަން ކަޕްސިޓީ ސްޕޯޓްސް ކުލަބް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

27 ޑިސެމްބަރު 2023
ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

27 ޑިސެމްބަރު 2023
ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

27 ޑިސެމްބަރު 2023
ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

26 ޑިސެމްބަރު 2023
ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ

ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ

26 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު