Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން މަދުވުން

ދިވެހިން ނުލިބޭނަމަ، ފަތުރުވެރިކަމުގައި ބިދޭސީން އިތުރުކުރަން ވިސްނަންޖެހޭ: މައުސޫމް

ބިދޭސީ މުވައްޒަފުން އިތުރުކުރަން ވިސްނަންޖެހޭނީ ދިވެހިންނަށް ފުރުސަތު ހަނިނުވާގޮތަށް ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 23 ޖޫން 2022 | ބުރާސްފަތި 12:00
މިނިސްޓަރ މައުސޫމް ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މިނިސްޓަރ މައުސޫމް ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާވަރަށް ދިވެހިން ނުލިބޭ ކަމަށާއި, އެހެންވާނަމަ ބިދޭސީ މުވައްޒަފުންގެ އަދަދު އިތުރުކުރުމަށް ވިސްނަންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހު ކުރިއަށްދިޔަ މަޓީގެ އަހަރީ އާއްމު ޖަލްސާގައި ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް އިސް ބޭފުޅުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާގެ އެނދުތައް އިތުރުވަމުންދާއިރު، ދިވެހިން ލިބުމުގައި ދަތިވާކަމަށާއި ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާދޭއިރު ދިވެހިންގެ 45 އިންސައްތަ ތިބެންޖެހޭގޮތަށް މަޖުބޫރުކޮށްފައި އޮތްއޮތުމަށް ބަދަލު ގެންނަން ނުވިސްނަވަންތޯ ވަނީ ސުވާލުކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިން ލިބުން މަދުކަން ފާހަގަކުރެވޭ ކަމަށެވެ. އަމިއްލަފުޅަށްވެސް ރިސޯޓެއް މެނޭޖް ކުރެއްވިކަން ފާހަގަކުރައްވައި، މުވައްޒަފުން ނުލިބޭނަމަ ރިސޯޓް ހިންގަން ދަތިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސްކޫލް ނިންމާ ދަރިވަރުންގެ އާބާދީ 6000ށްވެސް ނާރާކަމަށާއި، ނަމަވެސް ފަތުރުވެރިކަން ފުޅާވަމުން އަންނަ ހަލުވިމިނަށް ބަލައި، އަހަރަކު 10،000 މުވައްޒަފުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާނެ ކަމަށެވެ. އަދި ސްކޫލް ނިންމާ އާބާދީގެ ތެރެއިން ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ޚިޔާރުކުރާނީ މަދު އިންސައްތައެއް ކަމަށާއި، އެހެންކަމަށްވާނަމަ ދާއިރާ ހިންގުމަށް ބިދޭސީންގެ އަދަދު އިތުރު ކުރުމަށް ވިންސަންޖެހޭކަމަށެވެ.

ދިވެހިން ނުލިބޭނަމަ ބިދޭސީންގެ އަދަދު އިތުރުކުރުމަށް ވިސްނަން ޖެހޭކަމަށް ވިދާޅުވިނަމަވެސް، އެގޮތަށް އަމަލުކުރާނީ ދިވެހިންނަށް ހުރި ފުރުސަތުތައް ހަނިނުވާގޮތަށް ކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. އެގޮތުން، މަތީ މަގާމުތަކާއި ދިވެހިން ގިނައިން ޝައުގުވެރިކަން ހުންނަ މަގާމުތައް ދިވެހިންނަށް ޚާއްސަކުރަންޖެހޭ ކަމަށާއި، ދިވެހިންނަކީ ދާއިރާގައި ހުނަރު ހުރި ބައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަޓީގެ އަހަރީ އާއްމު ޖަލްސާގައި ރިސޯޓުތަކުގެ ބައުންޑްރީ އޭރިއާއާ ގުޅޭގޮތުން ވެސް މިނިސްޓަރ މައުސޫމާ ވަނީ ސުވާލުކޮށްފައެވެ. އެގޮތުން، ވިލާތައް ހުންނަ ސަރަހައްދާ ދިމާލުގައި ރޭގަނޑުވަގުތު މަސްބޭނުން ފަދަ ކަންކަން ކުރުމުން، ފަތުރުވެރިން ކަންބޮޑުވާކަމަށާއި، ބައުންޑްރީ ސަރަހައްދު 500 މީޓަރުން 1000 މީޓަރަށް ބަދަލުކުރުމާ ދޭތެރޭ ދެކޭގޮތާ ގުޅޭގޮތުން ސުވާލުކުރިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެ މަޝްވަރާތައް ކުރެވޭކަމަށާއި، ކުރިއަށް އޮތްތަނުގައި ބައުންޑްރީ ސަރަހައްދު 1000 މީޓަރަށް އިތުރުކޮށް އެ ސަރަހައްދު އެނގޭ ގޮތް ހަދާފައި ހުންނާނެ ކަމަށެވެ. އަދި 1000 މީޓަރަށްވުރެ ކައިރި ހިސާބުގައި އޮންނަ ރިސޯޓުތަކުގެ ބައުންޑްރީ ދެބައިކުޅަ އެއްބަޔަށް ހަދަން މަޝްވަރާތައް ކުރެވޭ ކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

07 މެއި 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު