Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުނު އިސްލާހު

ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުނު އިސްލާހާއެކު ރައްޔިތުންނަށް ފަސޭހަކަމާއެކު އިންސާފު ހޯދަން ކުރަންޖެހޭ މަސައްކަތް ކުޑަކުރެވޭނެ – މެންބަރު ނިހާދު

ޝަރީއަތްތައް ހިނގަންވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ މަޖިލީހެއްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ޖޫން 2022 | ބުރާސްފަތި 09:27
ފެމިލީ ކޯޓް

ފެމިލީ ކޯޓް

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކީ، މުޅި ރާއްޖޭގެ ޖުޑީޝަލް ނިޒާމަށް ބަދަލުގެނެސް ރައްޔިތުންނަށް ފަސޭހަކަމާއެކީގައި އިންސާފު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސޭހަކުރުމަށް ހުށަހެޅިފައިވާ ބިލެއް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކޯޓުތަކާއި ގުޅޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާ، ބަހުސްކުރައްވަމުން މެންބަރު ނިހާދު ވިދާޅުވީ މި ބިލު ފާސްވެގެންދާއިރު، ސުޕްރީމް ކޯޓުން މައްސަލަ ބަލާ އަދި މިހާރު މައްސަލަ ބަލަމުންދާ ގޮތަށް ވެސް އުސޫލަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނިންމާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލަވައިލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ކަމާއި އަދި މިފަދައިން މައްސަލަ ބަލާއިރު، ކޮންމެ ފަނޑިޔާރަކު ވެސް އެ މީހެއްގެ ރައުޔު ވަކިވަކިން އިއްވަންވާނެ ކަމަށާއި، މައްސަލަ ނިންމޭނީ ފަނޑިޔާރުން ވަކިން އިއްވި ހުކުންތަކުގެ އަގުލަބިއްޔަތުން، ނިސްބަތްވާ ގޮތަށް ކަމުގައި ބަޔާންކޮށް މާއްދާއެއް އިތުރުކުރަން މި ބިލުގައި ހުށަހެޅިފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ނިހާދު ވިދާޅުވީ މި ގާނޫނުގެ ދަށުން ބާރު ލިބިގެން ސުޕްރީމް ކޯޓުގައި ރަޖިސްޓްރާ ކުރާ އެއްވެސް ކަމަކާ މެދު ނުވަތަ ނިންމާނިންމުމަކާ މެދު ހިތްހަމަޖެ ނަމަ، އަލުން އެކަމެއް ނުވަތަ އެ ނިންމުމެއް ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެފަދަ މައްސަލަ ބަލާނެ ގޮތުގެ އުސޫލުތައް ސުޕްރީމް ކޯޓުތައް ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށް މި ބިލުގައި އަކުރެއް އިތުރުކުރެވި، ހުށަހެޅިފައިވާނެ ކަމަށެވެ.

އަދި ހަމަ އެފަދައިން، ހައި ކޯޓުގެ ރަޖިސްޓްރާ ކަމަށް އައްޔަންކުރެވޭ މީހަކު ނުވަތަ ވަގުތީ ގޮތުން ވެސް އެ މަގާމަށް އައްޔަނުކުރެވޭ މީހަކު، އެ މީހެއްގެ މާސްއޫލިއްޔަތު އަދާކުރުމުގައި ޖަވާބުދާރީވާން ޖެހިއްޖެނަމަ ޖަވާބުދާރީވާން ޖެހޭނީ، ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުގެ މަތީން އިސް ފަނޑިޔާރަށް ކަމުގައި ބަޔާންކޮށް، އަކުރެއް އިތުރުކުރުމަށް ވެސް ހުށަހެޅިފައިވާނެ ކަމަށެވެ.

މި ގާނޫނުގެ ދަށުން ބާރު ލިބގެން ހައިކޯޓުގައި ރަޖިސްޓްރާ ކުރާ އެއްވެސް ކަމަކާމެދު ޝަކުވާއެއް އޮތް ނަމަ، އެކަން ހައްލުކުރުމަށްޓަކައި އަމަލުކުރަންޖެހޭ ގޮތް އަކުރެއް އިތުރުކުރުމަށް ހުށަހެޅިފައިވާނެ ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ. އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ ސުޕީރިއާ ކޯޓުތަކުގެ ޑިވިޜަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުފެއްދިދާނެ ކަމަށް އޮތް މާއްދާ އުނިކޮށް، ގާނޫނު އިސްލާޙުކުރުމަށް ހުށަހެޅިފައިވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ސުޕީރިއާ ކޯޓުތައް އެކުލެވިގެންވަނީ، މާލޭގެ ހަތަރު ސުޕީރިއާ ކޯޓާއި މި އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު އުފެދިގެންދާ ޑިސްޓްރިކްޓް ކޯޓުގެ މައްޗަށް ކަމަށާއި، ޖުޑީޝަލް ޑިސްޓްރިކްޓު އަދި ޑިސްޓްރިކްޓު ކޯޓު ގާއިމުކުރާނެ ގޮތާއި، އެ ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށް، ގާނޫނަށް އިސްލާހު ހުށަހެޅިފައިވާނެ ކަމަށެވެ. 

މެންބަރު ނިހާދު ވިދާޅުވީ ޖުޑީޝަލް ދާއިރާތަކާއި ސާކިޓްތައް ކަނޑައެޅުމާއި، އެ ސާކިޓްތަކަށް މެޖިސްޓްރޭޓުން ކަނޑައަޅާނެ ގޮތް ބަޔާންކޮށް، މި ގާނޫނަށް ބާބެއްގެ ގޮތުގައި 5 ވަނަ ބާބު އިތުރުކުރަން ހުށަހެޅިފައިވާނެ ކަމަށެވެ. އަދި ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ފަނޑިޔާރު ނިންމާ ކޮންމެ ނިންމުމެއް، އެ ނިންމުމެއް ނިންމާ ހުށަހެޅިފައިވާނެ ކަމަށެވެ. އަދި ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ފަނޑިޔާރު ނިންމާ ކޮންމެ ނިންމުމެއް، އެ ނިންމުމެއް ނިންމާ ވަގުތު ލިޔުމުން ޙަސްމުންނަށް ދޭންވާނެކަމަށް ބަޔާންކޮށް، މާއްދާއެއް ހުށަހެޅިފައިވާ ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު