Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓުގެ ބެކްލޮގް

ކްރިމިނަލް ކޯޓުގައި ފުނިޖެހިފައިވާ މައްސަލަތައް ނިންމުމަށް ގާޒީންނަށް އިތުރު އެލަވަންސެއް

އެ ހުށައެޅުން ކޮމިޓީ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖޫން 2022 | ބުރާސްފަތި 08:11
ކްރިމިނަލް ކޯޓް- މިހާރު ބެކްލޮގްގައި އޮތީ 1182 މައްސަލަކަމަށް މެމްބަރުން ފާހަގަކުރެއްވި

ކްރިމިނަލް ކޯޓް- މިހާރު ބެކްލޮގްގައި އޮތީ 1182 މައްސަލަކަމަށް މެމްބަރުން ފާހަގަކުރެއްވި

ކްރިމިނަލް ކޯޓުގައި ފުނިޖެހިފައިވާ މައްސަލަތައް ނިންމުމަށް އިތުރު ގަޑީގައި މަސައްކަތް ކުރައްވާ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ބުދަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ބެކްލޮގް ސާފު ކުރުމުގެ ނުރަސްމީ ގަޑީގައި އަޑުއެހުންތައް ބާއްވައި އެކަން ކުރިއަށް ގެންދިއުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައިވާ މައްސަލައަށް ގޮތެއް ނިންމާފައެވެ.

Advertisement - newsAdvertisement

ޑީޖޭއޭއިން ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވަނީ ހަލައްކަ ރުފިޔާ އިތުރަށް ޚަރަދު ކޮށްގެން މިހާރު ބެކްލޮގްގައި އޮތް 1182 މައްސަލަ ކުރިއަށް އޮތް 4 މަހެއްހާ ދުވަހުގެ ތެރޭގައި ކްލިއަރ ކުރެވޭނެ ކަމަށެވެ.

އެކަމަށްޓަކައި އިތުރު ގަޑީގައި މަސައްކަތަށް ނުކުންނަ ގާޒީންނަށް ދުވާލެއްގެ މައްޗަށް 500 ރުފިޔާގެ އެލަވަންސެއް އެ މުއްދަތުގެ ތެރޭގައި ދޭ ގޮތަށް ވަނީ ހުށައަޅާފައެވެ.

އެ ހުށައެޅުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް ވަނީ ތާއީދު ކުރައްވާފައެވެ. އެހެންނަމަވެސް، 4 މަހަށްވުރެ އެ މުއްދަތު އިތުރުވެގެން ނުވާނެކަމަށް މެމްބަރު ފާހަގަ ކުރެއްވިއެވެ.

އެގޮތުން 4 މަހަށްވުރެ މުއްދަތު އިތުރުވާނަމަ، އެ މުއްދަތަށްފަހު އެލަވަންސް ނުދިނުމަށް މެމްބަރު ވަނީ ހުށައަޅުއްވާފައެވެ.

މެމްބަރު ޙަސަން އަފީފްގެ މި ހުށައެޅުއްވުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ތާއީދު ކުރައްވާފައެވެ. ވުމާއެކު، އެ ހުށައެޅުން ކޮމިޓީ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް ނިންމައި، އެ ކޯޓުގެ "ބެކްލޮގް" ސާފުކުރުމަށްޓަކައި ކޯޓުގެ މަސައްކަތު ގަޑިވެސް ވަނީ އިތުރުކޮށްފައެވެ. މި ބަދަލަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައިވެސް އެކަންކަމާއި ގުޅިގެން މަޝްވަރާ ކުރެވިފައިވާ ބަދަލެކެވެ. 

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު