Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

ޖަޒީރާ ނޭވާލުން – ކިހާ ވަރަކުން ދާނެބާ؟

ޖަޒީރާ ޖަގަހައިގެ ނަމުން ނަންދިން ޖަގަހައެއްގެ ބޯޑު ވެސް ފުލުހުން ނެގި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 23 ޖޫން 2018 | ހޮނިހިރު 16:29
އެމްޑީޕީ އިން ބޭއްވި ޖަޒީރާ ދުވުމަށް ފުލުހުން ހުރަސް އަޅަނީ

އެމްޑީޕީ އިން ބޭއްވި ޖަޒީރާ ދުވުމަށް ފުލުހުން ހުރަސް އަޅަނީ

ޖަޒީރާ ކިޔާފައި މިރާއްޖޭގައި މިވަގުތު އެއްވެސް ކަމެއް ކުރުން މިވަނީ ބިރުވެރިކަމަކަށް ވެފައެވެ. ޖަޒީރާ ވޯލްޑްކަޕް ޖަގަހައެއް ހުޅުވުމުން، އެތަނަށް ފުލުހުން ގޮސް އެބޯޑު ނަގައިފިއެވެ. "ޖަޒީރާ ރަން" އޭ ބުނެ، ބަޔަކު މީހުން ދުވެލަން ނިކުތުމުން އެތަނުން އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ. ޖަޒީރާއޭ ބުނާއިރަށް ސަރުކާރަށް މިވަނީ ކިހިނެއްތޯއެވެ؟

މިރާއްޖޭގައި މިހާރު މިހިނގަނީ ހުދުމުޚުތާރު ވެރިކަމެކެވެ. އިދިކޮޅު ސިޔާސީ ފިކުރަށް ޖާގަނުދެވޭ ނަމަ ވެރިކަމުގައި އޮންނަ ސަރުކާރު ވާނީ ހުދުމުޚުތާރު ވެރިކަމަކަށެވެ. މިއީ ވަކި ފަރާތަކަށް ޖެހުމެއް ނޫނެވެ. މިއީ ހަޤީގަތެވެ. އެވަރު ތަންދޮރު ނުދަންނަ މީހުން މިރާއްޖޭގައި އުޅެނީ ވަރަށް މަދުންނެވެ.

އިދިކޮޅު ފަރާތްތަކުން ނޭވާއެއް ލިޔަސް ސަރުކާރަށް އެކަން ހަޖަމެއް ނުވެއެވެ. ޚާއްސަކޮށް އެމްޑީޕީ އިން ހިންގާ ކޮންމެ ސިޔާސީ ހަރަކާތެއްގެ ފަހަތުން ފުލުހުން ފޮނުވައިގެން އެކަން ހުއްޓުވަން ސަރުކާރު އޮންނަނީ ފޫގަޅާލާފައެވެ. އެޕާޓީއަށް ދޭންވާ ފައިސާކޮޅު ދޭންވީމަ އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި މެމްބަރުނަށް ހިސާބު އަދަދުން ގުނަން އެނގުނު ކަމަކަށް ނުވިއެވެ. ކަލަންޑަރު ކިޔަން އެނގުނު ކަމަކަށް ނުވިއެވެ. މީހުން ޖޯކު ޖަހަނީ މިހެންވެއެވެ. ތިން މަސްތެރޭ ދޭން ޖެހޭ ފައިސާ ނުދޭންވެގެން އެދެއްކި ބަހަނާތައް އަޑު އެހި މީހަކު ހީހީ ހަލާކުވާނެވެ. އެހެންނަމަވެސް ކޮމިޝަންގެ މެމްބަރުން އަންގައިގެން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓި ބައެއްގެ މައުލޫމާތު އެޕާޓީތަކުން ހޯދައި، އަޅަން ޖެހޭ ފިޔަވަޅުތައް އެފިޔަވަޅުތައް އެޅެން އޮތް ދުވަހަކުން އަޅާނެ ކަމަށް އެޕާޓީތަކުން އެދަނީ ބުނަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި ދުވުމުގެ ހަރަކާތެއް ބޭއްވުމަށް އެޕާޓީ އިން ނިންމުމުން ސަރުކާރުން އެ 'ޖެއްސިހާ ވައްތަރު' ފެނިފައި ވެސް ބަޔަކު ހިނނި އަންނާނެއެވެ. ދުވުމުގެ ހަރަކާތް ބޭއްވުމަށް ނިންމި އާއްމުން އަބަދުވެސް ދުވެ ހަދާ އެކުވެނި ޓްރެކްގައި ހަމަ ސީދާ އެގަޑިއަށް ޔޫތު މިނިސްޓްރީގެ މަސައްކަތްތަކެއް ކުރަން ޖެހިއްޖެއެވެ. ކުރި ކަމެއް ފެނުނު މީހަކު މިބިންމަތީގައި ލޮލުގެ ފެނުން ލިބިގެންވާ މީހުންގެ ތެރޭގައި ހުރިކަމެއް އެނގިފައެއް ނެތެވެ.

އެދުވުމަށް ދިޔަ މީހުން ވެސް ހައްޔަރުކޮށް ފުލުހުން ނެރެގެން ސަރުކާރުން އެޖެހި ސަކަރާތް ފެނިފައި ސަރުކާރާ މެދު ހަމްދަރުދީވާހާ ވެއެވެ. ބަޔަކު ދުވެލުމުން ވެސް ސަރުކާރަށް ގުޑުން އަންނަނީތޯއެވެ؟

ދުވުން ހުއްޓުވައި، އެމްޑީޕީގެ އިސް ބައެއް ފަރާތްތައް ހައްޔަރުކުރުމުން، "މާވަރު ދައްކާލާފައި ދުވަން ނިކުތް މީހުންނަށް ވީ ގޮތް ބަލާށޭ" ބުނެ ބަޔަކު މީހުން ޓްވީޓްކުރިތަން ވެސް ފެނުނެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ؟ ދުނިޔޭގެ އާޖުފާޖު ނޭނގުނަސް ދެން އެބޮޑުވަރެވެ. ބަޑި އާއި ބިޑި ހުރި ބަޔަކު ނިކުމެ، ހަތިޔާރެއް ނެތް، ހައްޤުތައް ހޯދަން ނިކުތް ބަޔަކަށް އަނިޔާކުރީމާ އެކަމަށް ކުރަންވީ ޖެއްސުންތޯއެވެ؟ އެހެންކަމަށްވާ ނަމަ ޔަހޫދީ ސިފައިންނާއި ކުރިމަތިލާ ފަލަސްތީނުގެ އާއްމުންނާއި ދިމާއަށް ވެސް "މާވަރު ދައްކާލާފައި ދުވަން ނިކުތް މީހުންނަށް ވީ ގޮތް ބަލާށޭ" ބުނަންވީ ނޫންތޯއެވެ؟ ގައިމު ފަލަސްތީނު ރައްޔިތުން ވެސް އެނިކުންނަނީ ނިކުންނަން ޖެހޭ ކަމެއްގައި ނޫން ކަމަށް ބުނާ ބަޔަކު ވެސް ތިބެއެވެ. އެމީހުންގެ ވާހަކަތަކަށް ތާޢީދުކުރަންވީ ނޫންތޯއެވެ؟

އެއަށް ވުރެ ހެއްވާ ކަމަކީ އެމްޑީޕީގެ ޖަޒީރާ ރަން ހުއްޓުވި އިރު ހަމައެގަޑީގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށް ވަޒީރު ބޭފުޅުންނާއި ބައެއް ކުންފުނިތަކުގެ މުވައްޒަފުން ނެރެގެން ހޭބޯނާރައި މާލޭގެ މަގުތަކުގައި ގްރޫޕް ގްރޫޕަށް ހަރަކާތްތެރިވަމުން ގެންދިޔައެވެ. ނަމަވެސް އެއިން ގްރޫޕަކާ ސުވާލެއް ކޮށްލާނެ ފުލުހަކު ނުވިއެވެ.

މިރާއްޖޭގައި މިހާރު 'ޖަޒިރާ' ކިޔާފައި ކަމެއް ކުރުން މިވަނީ ބިރުވެރި ކަމަކަށް ވެފައެވެ. ރައީސް ޔާމީނުގެ ސަރުކާރަށް އެކަން ހަޖަމެއް ނުވާނެއެވެ. 'ޖަޒީރާ ނޭވާލުން' ކިޔާފައި އެންމެން އެއްގަޑިއަކަށް ނިކުމެ ނޭވާލާން ފަށައިފި ނަމަ ފުލުހުން ނިކުންނާނީ އެންމެންގެ ނޭފަތާއި އަނގަ ބަންދުކޮށް، ނޭވާ ހާސްކޮށްލަން ނޫންބާވައޭ މިހާރު ހިތަށް އަރައެވެ. މިކަހަލަ ސުވާލުތައް ކުރާ ހިސާބަށް މި ޤައުމުގެ ކަންކަން ގޮސްފިއެވެ. މިކަން ވެސް ކުރީމާ ނޫނީ މިސަރުކާރުން ކަންތައްކުރާނެ ގޮތް ބުނާކަށް ނޭނގޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު