Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީއައިބީން 18.4 މިލިއަން ޔޫރޯގެ ލޯނެއް

ކޮވިޑް-19 ހެލްތު ފެސިލިޓީ ޕްރޮޖެކްޓަށް އީއައިބީން 18.4 މިލިއަން ޔޫރޯގެ ލޯނެއް

މި އެއްބަސްވުމުގެ ދަށުން ލޯނު ދޫކުރަނީ ކޮންސެޝަނަލް ޓާރމްތަކެއްގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖޫން 2022 | ބުރާސްފަތި 03:33
އީއައިބީ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އީއައިބީ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"މޯލްޑިވްސް ކޮވިޑް-19 ހެލްތު ފެސިލިޓީ" ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ދިވެހި ސަރުކާރާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އާ ދެމެދު ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އީއައިބީން ރާއްޖެއަށް 18.4 މިލިއަން ޔޫރޯ (299.14 މިލިއަން ރުފިޔާ) ގެ ލޯނު ދޫކުރާނެއެވެ. މިއީ އީއައިބީން ތައާރަފުކޮށްފައިވާ "ސައުތު އޭޝިއާ ޕަބްލިކް ހެލްތު ކެއަރ ކޮވިޑް-19 ޕްރޮގްރާމް ލޯން" ގެ ދަށުން ރާއްޖެއަށް ދޭ ލޯނެކެވެ.

ބުދަ ދުވަހު މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އީއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ގްލޯބަލް ޕާރޓްނަރސް ޑިރެކްޓަރު މިސް މާރިއާ ޝޮއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ބެލްޖިއަމްގެ ބްރެސަލްސްގައި ކުރިއަށްދާ "ޔޫރަޕިއަން ޑިވެލޮޕްންޓް ޑޭސް" އިވެންޓުގައެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ލޯނު ދޫކުރަނީ ކޮންސެޝަނަލް ޓާރމްތަކެއްގައެވެ. އަދި ދިގު މުއްދަތަކަށް ބަހާލައިގެން ލޯނު ދެެއްކޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ލޯނުގެ ދަށުން ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީ ކުރުމަށް ޒަމާނީ ވަސީލަތްތަކާއެކު ނެޝަނަލް ހެލްތު ލެބޯޓްރީއެއް ގާއިމް ކުރާނެއެވެ. އަދި އަތޮޅުތެރޭގައި އިންފެކްޝަން ޑިސީޒް ވޯޑުތައް ވެސް މި ލޯނުގެ ދަށުން ގާއިމްކުރަން ވަނީ ނިންމާފައެވެ. އެގޮތުން 18 ރަށެއްގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ލޯނު އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމް ޒަމާނީކޮށް، ލާމަރުކަޒު ކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

14 ޖޫން 2017

ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ

14 ޖޫން 2017
ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
30 މެއި 2017

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިންގ ޕްރޮޖެކްޓަށް ޖަޕާނުން 25 މިލިޔަން ޑޮލަރު ދޭން ނިންމައިފި

30 މެއި 2017
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިންގ ޕްރޮޖެކްޓަށް ޖަޕާނުން 25 މިލިޔަން ޑޮލަރު ދޭން ނިންމައިފި
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
09 އެޕްރީލު 2017

ކުޑަ ކުއްޖާ މަރުވި މައްސަލަ ބަލާނަން: ހެލްތު

09 އެޕްރީލު 2017
ކުޑަ ކުއްޖާ މަރުވި މައްސަލަ ބަލާނަން: ހެލްތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު