Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ޖަލުން މިނިވަންވި ފަހުން ސިފައިންނާ ފުލުހުންގެ ބައެއް އޮފިޝަލުން ބައްދަލު ކުރި: މަހްލޫފް

12 ޖޫން 2017 | ހޯމަ 17:42

ފަނޑިޔާރުން ރައީސް ޔާމީނާއި އެކު ހަރާބްގެ ތެރެއަށް ނުދިއުމަށް ގޮވާލަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 12 ޖޫން 2017 | ހޯމަ 17:42
ގަލޮޅު ދެނުކުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް

ގަލޮޅު ދެނުކުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް

އިންތިހާބަކާއި ނުލައި ސްޕްރީމް ކޯޓުން ރައީސް އަބްދުﷲ ޔާމީނާއި ވެރިކަން ހަވާލުކުރި ނަމަވެސް އެމަނިކުފާނަން ގާނޫނު އަސާސީއާއި ހިލާފަށް އެންމެ ދުވަހަކު ވެސް ވެރިކަމުގައި ނުހުރެވޭނެ ކަމަށް ގޮލުޅު ދެނުކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލުފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއޯޔޫގެ ތަރުޖަމާންކަންވެސް ކުރައްވާ އަހުމަދު މަހުލޫފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބް ބާއްވަން ރައީސް އަބްދުﷲ ޔާމީނަން މަޖުބޫރުވެ ވަޑައިގަންނަވާނެ ކަމަށެވެ. އިންތިހާބާއި ނުލައި 2018 ގައި ވެރިކަން ސްޕްރީމް ކޯޓުން ރައީސް ޔާމީނަން ހަވާލުކުރި ނަމަވެސް އެމަނިކުފާން ގާނޫނު އަސާސީ އާ ހިލާފަށް އެންމެ ދުވަހަކު ވެސް ވެރިކަން ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނާއި ސިފައިން ވެސް ނުދޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖަލުން މިނިވަންވުމަށް ފަހު، ސިފައިންނާއި ފުލުހުންގެ ބައެއް އޮފިޝަލުން ބައްދަލު ކުރިކަން ފާހަގަ ކުރަމުން މަހުލޫފް ވިދާޅުވީ ދިވެހި ފުލުހުންގެ ހިތްތަކުގައި ސަރުކާރުން ވަނީ ބިރުވެރިކަން އުފައްދާފައި ކަމަށެވެ. މިއަދު ފުލުހުންނާއި ސިފައިން ވެސް އުންމީދަކީ މި ސަރުކާރު ބަދަލުވުން ކަމަށް އެނާ ވިދާޅުވިއެވެ.

އަދުލުއިންސާފްގެ ނިޒާމަށް ފާޑުވިދާޅުވަމުން މަހުލޫފް ވިދާޅުވީ މި ރާއްޖޭގެ އަދުލު އިންސާފް ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބޭނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބްވުމުން ކަމަށެވެ. އަދުލު އިންސާފް ނިޒާމްގެ ކަންކަން ހުރި މިންވަރު މަހުލޫފްގެ އިސްތިއުނާފް މައްސަލައަށް ބަލާލުން ދޭހަވާކަމަށް ވެސް އެނާ ވިދާޅުވީއެވެ.

މަހުލޫފް ވަނީ ރާއްޖޭގެ ޖޫޑިޝަރީގައި މަސައްކަތް ކުރާ އެންމެހާ ފަރާތަކަށް ރައީސް ޔާމީނާއި އެކު ހަލާކުގެ ތެރެއަށް ނުދިއުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބް ވާނެ ކަމަށާއި މި މަސައްކަތް ކާމިޔާބްކޮށް ރައްޔިތުންގެ އުންމީދުތަށް ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް