Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެޖިސްޓްރޭޓުންގެ މުސާރަ

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

އެ އިދާރާތަކުން ވަނީ އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖޫން 2022 | ބުދަ 09:39
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 13ވަނަ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 13ވަނަ ބައްދަލުވުން

ކޯޓުތަކުގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު ރިވިއުކުރުމަށް 2021 އިން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ މަސައްކަތްކޮށްފައެވެ.

Advertisement - newsAdvertisement

އެއަށްފަހު އެ އިދާރާތަކުން ވަނީ އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކޮށް 2022ގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައެވެ.

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންގޮސް، އިދާރީ ހުރިހާކަމެއް ހަމަޖެއްސުމަށްފަހު މަޖިލީހަށް ހުށަހަޅާފައިވާ ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން ފާސްކުރުމަކީ ކޮމިޝަނުން ކުރަމުން އައި މަސައްކަތަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ. މި އޮނިގަނޑު މާލިއްޔަތު ކޮމިޓީން ފާސް ކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމެކެވެ. މި ނިންމުމާއެކު، 3 މިލިއަން އެއްލައްކަ ރުފިޔާއިން، 6 މިލިއަން ނުވަލައްކަ ރުފިޔާއަށް މުސާރާއިގެ ޖުމުލަ އަދަދު ބަދަލުވެގެން ދެއެވެ.

ކޮމިޓީގެ މެމްބަރުން ވިދާޅުވި ގޮތުގައި މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ އެންމެ ދަށް މުސާރަ އަޅާކިޔާއިރުވެސް 8000 ރުފިޔާގެ ތަފާތެއް އެބަހުއްޓެވެ. ކޮމިޓީން ޖޭއެސްސީގެ ހުށައެޅުން ފާސްކޮށްފައިވަނީ ޖޭއެސްސީގެ ހުށައެޅުމުގައި އޮތް ގޮތަށެވެ. އެގޮތުން ދާއިރާ އިސް މެޖިސްޓްރޭޓުންގެ މުސާރައަށް ބަލާއިރު، މުސާރައަށް 22،350 ރުފިޔާއާއި، އަދި ލިވިންގ އެލަވަންސް 10،000 އާއި، ފޯނު އެލަވަންސް 1000 އާއެކު ޖުމުލަ މުސާރަ 33،350 ރުފިޔާއަށް ބޮޑު ކުރުމަށް ޖޭއެސްސީން ހުށައެޅިއެވެ.

ހަމައެއާއެކު، ދާއިރާ އިސް މެޖިސްޓްރޭޓުންގެ ދެވަނަ ބައިގެ މުސާރަ 22،350 އަދި ލިވިންގ އެލަވަންސް 8000 ރުފިޔާ އާއި، ފޯނު އެލަވަންސް 1000 އާއެކު ޖުމުލަ މުސާރަ 31،350 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމާފައިވެއެވެ.

އޭގެ އިތުރުން، ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ މުސާރައަށް ބަލާއިރު، ފުރަތަމަ ބައިގެ މުސާރައަށް 20،400 ރުފިޔާ، ލިވިންގ އެލަވަންސް 10،000 ރުފިޔާ، ފޯނު އެލަވަންސް 1000 ރުފިޔާއާއެކު ޖުމުލަ 31،400ށް މުސާރަ ބޮޑު ވާނެއެވެ. ދެވަނަ ބައިގެ މުސާރަ 29400ށް ބޮޑު ވާނެއެވެ.

ކޯޓުގެ މެޖިސްޓްރޭޓުންނަށް ބަލާއިރު، ފުރަތަމަ ބައިގެ މުސާރަ 31،400 ރުފިޔާއަށް އަދި ދެވަނަ ބައިގެ މުސާރަ 29،400 ރުފިޔާ އަށް ބޮޑުވެއެވެ.

ޖޭއެސްސީން ހުށައެޅި ގޮތަށް މި ހުށައެޅުންތައް ވަނީ ފާސްކޮށްފައެވެ.

ޖޭއެސްސީން ވަނީ އެކަން ފަހި ކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންގެ އިތުރުން، މިނިސްޓަރ އޮފް ފިނޭންސްއަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
28 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި

28 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު