Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންވެލްތު ވިމެންސް ފޯރަމް

ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، ޤައުމުތަކާ ގުޅިގެން، އިތުބާރާއި އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކުރަންޖެހޭ – މިނިސްޓަރު މާރިޔާ

ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަމަށް ހުރި "ހައިބްރިޑް ތްރެޓު" ތަކާއި ގޮންޖެހުންތައް ނުހަނު ފުޅާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖޫން 2022 | ބުދަ 06:22
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، އިތުބާރާއި އެކުވެރިކަމުގެ ރޫޙެއްގައި، ޤައުމުތަކާއެކު ޕާޓްނަރޝިޕްތައް ހަދައިގެން، ވަކި އުޞޫލުތަކެއްގައި ހިފަހައްޓާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ބިނާކުރުމުގެ ތަޞައްވުރު ޙާސިލްކުރަން މަސައްކަތްކުރަންޖެހޭ ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވިމެންސް ފޯރަމްގެ "ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކޮމަންވެލްތު ވިމެންސް ފޯރަމްގައި ދިވެހިރާއްޖޭގެ ވަޒީރަކު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި ވަނީ، ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަމަށް ހުރި "ހައިބްރިޑް ތްރެޓު" ތަކާއި ގޮންޖެހުންތައް ނުހަނު ފުޅާވެ، އުނދަގޫވެފައިވާ ދަނޑިވަޅެއްގައި، އެއްވެސް ޤައުމަކަށް އެޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލައަށް ކަށަވަރުކުރުމަކީ މުސްތަޙީލު ކަމެއްކަން ފާހަގަކުރައްވާފައެވެ. މިގޮންޖެހުންތަކާއި ހައިބްރިޑް ތްރެޓުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަންހެނުން ބާކީކޮށްގެން ނުވާނެ ކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ، ސަލާމަތީގޮތުން އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމަކާއި ބުރައެއް އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި ކުޑަކުދިންކަމުގައި ވާތީކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރެކޯޑު ޢަދަދަކަށް އަންހެން ވަޒީރުން އައްޔަންކުރައްވާފައިވާކަން ފާހަގަކުރައްވާ، މިނިސްޓަރު މާރިޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަންހެން ވަޒީރަކު އައްޔަންކުރައްވަން ރައީސް ޞާލިޙް ނިންމެވި ނިންމެވުމަކީ ވަރުގަދަ، ތާރީޚީ ނިންމެވުމެއް ކަމަށެވެ. އަންހެން ބޭފުޅުންނަށް އިސް މަޤާމުތައް ޙަވާލުކުރުމުން، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ބާރުލިބި، ވަށާޖެހިފައިވާ ޒަމާނީ ނިޒާމަކަށް ފެތޭ ހަމަތަކާއި އުޞޫލުތަކާއި ނަޒަރިއްޔާތުތައް ތަޢާރަފުވެ، އަދި އޭގެ އެދެވޭ ނަތީޖާއާއި އަސަރުތައް، ދިފާޢީ އަދި ސަލާމަތީ ދާއިރާއަށްވެސް ފެތުރި، ދައުރުވެގެންދިޔުމަށް މަގުފަހިވާކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު