Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއާޔަތު އަލް-ޚަތީބު - ޢަރަބި އަދަބިއްޔާތު ޓީޗަރެއް

ޑްވޯފިޒަމްއާއެކު ހަނގާގެ ޝިކާރައަކަށްވިއަސް، މިއަދު އެއީ ރަންޏެއް!

ހަނގާގެ ޝިކާރައަކަށް އޭނާ ވީ ޖިސްމާނީ ގޮތުން އޭނާގެ ކިބައިގައި ހުރި ތަފާތު ކަމެއްގެ ސަބަބުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 ޖޫން 2022 | ބުދަ 05:25
ޢަރަބި އަދަބިއްޔާތު ޓީޗަރު އާޔަތު އަލް-ޚަތީބު - އުމުރާއި އެންމެ އެކަށީގެންވާ މިންވަރަށް ޖިސްމާނީ ހެދިބޮޑުވުމުގައި އުނިކަމެއް ހުރުމުން ހަނގާގެ ޝިކާރައަކަށް އޭނާ ވި

ޢަރަބި އަދަބިއްޔާތު ޓީޗަރު އާޔަތު އަލް-ޚަތީބު - އުމުރާއި އެންމެ އެކަށީގެންވާ މިންވަރަށް ޖިސްމާނީ ހެދިބޮޑުވުމުގައި އުނިކަމެއް ހުރުމުން ހަނގާގެ ޝިކާރައަކަށް އޭނާ ވި

އުމުރުން 33 އަހަރުގެ އާޔަތު އަލް-ޚަތީބު، އޭނާގެ ދަރިވަރުންނަށް އުނގަންނައިދެމުންދާ ފިލާވަޅުތަކަކީ އެއްވެސް ފޮތެއްގައި ލިޔެފައި އޮއްވާ ފެންނާނެ ފިލާވަޅުތަކެއް ނޫނެވެ.

އުމުރާ އެންމެ އެކަށީގެންވާ މިންވަރަށް ޖިސްމާނީ ހެދިބޮޑުވުމުގައި އުނިކަމެއް ހުރުން ނުވަތަ ޑްވޯފިޒަމްއާއެކު އުފަންވި، މިއަދު ޢަރަބި އަދަބިއްޔާތު އުނގަންނައިދެމުންދާ އާޔަތުގެ އަޒުމާއި އުއްމީދު ބޮޑެވެ. އެހާމެ ފޮންޏެވެ. އާޔަތު އަމާޒު ހިފައިގެން ހުރީ، ކޮންމެ ގޮތަކުންވެސް ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޭނާގެ ދަރިވަރުންނަށް އުނގަންނައި ދިނުމަށެވެ. ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް އެއްވެސް ކަމަކުން ހުރަހެއް ކުރިމަތި ނުވާނެ ގޮތްތައް ދަރިވަރުންނަށް ކިޔައިދިނުމަށެވެ.

ޅަ އުމުރުގެ ދުވަސްވަރަކީ އާޔަތަށްވެސް މާ އުޖާލާ ދުވަސްތަކެއް ނޫނެވެ. ޖިސްމާނީ ގޮތުން އޭނާގެ ކިބައިގައި ހުރި ތަފާތު ކަމެއްގެ ސަބަބުން، ދަރިވަރެއްގެ ގޮތުގައި އޭނާ އުޅުނު ދުވަސްވަރު، ބުލީ ނުވަތަ ހަނގާ ކުރުމާއި ގަނާ ކުރުމުގެ ޝިކާރައަކަށް ވިއެވެ.

ނަމަވެސް އޭނާގެ އުއްމީދީ އަޒުމު ފިސާރި ވަރުގަދައެވެ. އަމާޒު ކަނޑައެޅި ގޮތަށް، އޭނާ ކިޔެވި ސްކޫލުގައި ޓީޗަރުކަން ކުރަން ފެށިއެވެ.

ސިކުނޑިތަކެއްގެ ވިސްނުން ހެޔޮފާލަކަށް އެޅުވުމުގެ މަސައްކަތަށް އެންމެ ރަނގަޅު ތަނަކީ ސްކޫލް ވެށި ކަމަށް އާޔަތު ގަބޫލު ކުރެއެވެ. އުއްމީދީ ބަދަލުތަކެއްގެ ފެށުން އޮތީ ސްކޫލް މާހައުލުގައި ކަން އޭނާ ގަބޫލު ކުރެއެވެ އެއީ އޭނާގެ ހަރުދަނާ އަޒުމުގެ އެއް މަސްދަރެވެ.

ނަޒާރިތުގެ ހުޅަނގުއުތުރުގެ އިލޫތު އަވަށުގެ ސްކޫލްގައި ހަފުތާއަކު 2 ފަހަރު އާޔަތު ކުލާސް ނަގާދެއެވެ. ކިތަންމެ ބައިވަރު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައި އިނެއް ކަމަކު، އާޔަތު މަގުބޫލު ވެފައިވަނީ އޭނާގެ އުފާވެރި ހިނިތުންވުމާއި، އުއްމީދީ އަޒުމުގެ ވެރިއެއްގެ ގޮތުގައެވެ.

އާޔަތުގެ ހިނިތުންވުމުގެ ފަހަތުގައި ވާ ސިއްރަކީ ގިނަ އުއްމީދުތަކަކާއި، އިންތިހާ ލޯތްބާއި ހިތްހަމަޖެހުން ކަމަށް އޭނާ ބުނެއެވެ. މިއަދު އޭނާއަކީ އެތައް ދަރިވަރުންނެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ރަންޏެކެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2019

ބަޓްލާ ހައުސް މިއަދު ރިލީޒްކޮށްފި

15 އޯގަސްޓު 2019
ބަޓްލާ ހައުސް މިއަދު ރިލީޒްކޮށްފި
15 ނޮވެމްބަރު 2018

ދީޕިކާ އާއި ރަންވީރުގެ ކައިވެނީގެ ފޮޓޯ މިއަދު ފެނިގެންދާނެ

15 ނޮވެމްބަރު 2018
ދީޕިކާ އާއި ރަންވީރުގެ ކައިވެނީގެ ފޮޓޯ މިއަދު ފެނިގެންދާނެ
21 އޮކްޓޯބަރު 2018

ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ 'އެންމެ ބެސްޓް' ޓީމް ކަމަށް

21 އޮކްޓޯބަރު 2018
ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ 'އެންމެ ބެސްޓް' ޓީމް ކަމަށް
14 މާރިޗު 2018

ސިންގަޕޫރަށް ބަދަލުވުން އެއީ އުނދަގޫކަމެއް: ކާޖޮލް

14 މާރިޗު 2018
ސިންގަޕޫރަށް ބަދަލުވުން އެއީ އުނދަގޫކަމެއް: ކާޖޮލް
26 ފެބުރުއަރީ 2018

ސްރީދޭވީގެ ޖަނާޒާއަށް އޭނާގެ ހަށިގަނޑު މުމްބާއީއަށް މިއަދު ގެންދާނެ

26 ފެބުރުއަރީ 2018
ސްރީދޭވީގެ ޖަނާޒާއަށް އޭނާގެ ހަށިގަނޑު މުމްބާއީއަށް މިއަދު ގެންދާނެ
20 ޑިސެމްބަރު 2017

ސެންސަރު ބޯޑުން ޕަދްމަވަތީ އާމެދު މިއަދު ގޮތެއް ނިންމާނެ

20 ޑިސެމްބަރު 2017
ސެންސަރު ބޯޑުން ޕަދްމަވަތީ އާމެދު މިއަދު ގޮތެއް ނިންމާނެ
11 އޮކްޓޯބަރު 2017

"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި

11 އޮކްޓޯބަރު 2017
"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި
21 ޖޫން 2017

ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ

21 ޖޫން 2017
ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ
26 އެޕްރީލު 2017

"ހައެ ހައެ" ލަވައިގެ އެއްވެސް އާޓިސްޓަކާއިމެދު ޖިނާއީ ތަހުގީގެއް ނުހިންގާ، އެއީ ދޮގު ޚަބަރެއް: ސިމްބޮލިކް ރެކޯޑްސް

26 އެޕްރީލު 2017
"ހައެ ހައެ" ލަވައިގެ އެއްވެސް އާޓިސްޓަކާއިމެދު ޖިނާއީ ތަހުގީގެއް ނުހިންގާ، އެއީ ދޮގު ޚަބަރެއް: ސިމްބޮލިކް ރެކޯޑްސް
22 މާރިޗު 2017

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު