Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޯގާ ހަދަން ތިބި މީހުންނަށް ހަމަލާ ދިނުން

ޔޯގާ ހަދަން ތިބި މީހުންނަށް ހަމަލާދިން މީހުން ގެންގުޅުނު ދިދަ ނެރުނީ ޕީޕީއެމް އޮފީހުން!

ޕީޕީއެމް އޮފީހުން ދިދައާއި ސައުންޑް ނެރުނީ ފަތިހު 5:05 ހާއިރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖޫން 2022 | އަންގާރަ 06:46
ޔޯގާ އިވެންޓަށް ވަތް މީހުން ބޭނުންކުރި ދިދައާއި ސައުންޑް ޕީޕީއެމް އޮފީހުން ފަތިސްގަޑީގައި ނެރެނީ

ޔޯގާ އިވެންޓަށް ވަތް މީހުން ބޭނުންކުރި ދިދައާއި ސައުންޑް ޕީޕީއެމް އޮފީހުން ފަތިސްގަޑީގައި ނެރެނީ

ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ޔޯގާ ހަދަން ތިބި މީހުންނަށް ހަމަލާދިން މީހުން ބޭނުންކުރި ހުދު ކުލައިގެ ދިދަ ނެރުނީ ޕީޕީއެމް އޮފީހުންކަން ހާމަވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައި ފޮޓޯތަކުން ފެންނަ ގޮތުން، ހުދުކުލައިގެ ދިދަތަކެއް ޕީޕިއެމްގެ އޮފީހުގައި ތައްޔާރުކޮށްފައި ހުއްޓެވެ. އަދި ގަލޮޅުދަނޑާ ދިމާލަށް ޕިކަޕްގައި ދިޔަ މީހުން ބޭނުންކުރާނެ ސައުންޑް ވެސް އެ އޮފީހުން ފޯރުކޮށްދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

Advertisement - newsAdvertisement

ފޮޓޯތަކުން ފެންނަ ގޮތުގައި ޕީޕީމްގެ ރަސްމީ އޮފީސް ހުންނަ ހ. ހުރަފާއިން ދިދައާއި ސައުންޑް ނެރެން 3 މީހަކު ހަރަކާތްތެރިވާ އިރު، އެތަނުގައި ޕީޕީއެމްގެ އިސްސަފުގައި ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހުންނެވިތަން ފެނެއެވެ. އަދި އެ ދިދަތައް އަތަށް ނަންގަވައިގެން އޮފީހުން ބޭރަށް ގެންދެވީ ވެސް އޭނާއެވެ.

ފޮޓޯއިން އިން ފެންނަ ގޮތުން ދިދަތައް އަދި ސައުންޑް ޕީޕީއެމް އޮފީހުން ނެރުނީ ފަތިހު 5:05 ގައެވެ. އަދި ހިނދުނު ޔޯގާ އިވެންޓަށް ވަދެގަނެ އެތަނުގައި ތިބި މީހުންނަށް ދިދަ ދަނޑިންނާއި، އެކި ގޮތްގޮތުން ހަމަލާދީފައިވާ އިރު، އެތަނަށް ވަތް މީހުންގެ އަތުގައި ހުރި ދިދަތަކަކީ ނަބިއްޔަގެ ދިފާއުގައި މި ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.

ޕީޕީއެމް ޕީއެންސީގެ ޔޫތް މޫމެންޓްގެ ވަޓްސްއެޕް ގްރޫއްޕުގައި ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، ޕީޕީއެމް އޮފީހުން ދިދަ އަދި ސައުންޑް ނެރޭ ފޮޓޯތައް 5:31 ގައި ލާފައިވެއެވެ. އަދި ބީޖޭޕީ ލާދީނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ނުކުތުމަށް ނައްޓާލި ކަމަށް ބުނެ އެ މޫމެންޓުގެ މެންބަރަކު ވަނީ ފޮޓޯ ހިއްސާކޮށްފައެވެ. އަދި އެ ފޮޓޯ ހިއްސާކުރި މެންބަރު ތާޅފިލި ހިފައިގެން ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ހުރިތަން ފެނެއެވެ. މީގެ އިތުރުން ގަލޮޅު ދަނޑުކައިރީގައި ޔޯގާއާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ މީހުންގެ ފޮޓޯތައް ވެސް ގްރޫއްޕަށް ލާފައިވެއެވެ.

ހެނދުނު އޮތް ޔޯގާ އިވެންޓްގެ ތެރެއަށް ގަލޮޅު ދަނޑުގެ ގޭޓް ފަޅާލާ އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ މީހުން ވަދެފައިވާ އިރު، އެތަނުގައި އެވަގުތު ތިބި އާންމުންނަށް އެމީހުން ހަމަލާދީފައިވެއެވެ. އެތަނުގައި އެވަގުތު ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި، ސަރުކާރުގެ އިސްފަރާތްތަކުގެ އިތުރުން، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ތިއްބެވެ.

މި ޙަރަކާތުގެ ތެރެއަށް އިދިކޮޅު ޕީޕީއެމްގެ މީހުން ވަދެ ހިންގި ހަމަނުޖެހުމުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ނޭޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މިމުޒާހަރާގެ ތެރެއިން ދިވެހި 6 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ޔޯގާ ޙަރަކާތުގެ ހަމަނުޖެހުމުގެ ފަހަތުގައި ތިބި ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުންގެ ޚާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އެ މައްސަލަ ބަލަމުންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު