Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިޕްލޮމަސީގެ ދާއިރާގައި އަންހެނުން

ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ރާއްޖެއިން ހުށަހެޅި ޤަރާރު ފާސްކޮށްފި

މި ޤަރާރު 191 ޤައުމަކުން ކޯ ސްޕޮންސަރ ކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ޖޫން 2022 | އަންގާރަ 06:32
ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ރާއްޖެއިން ހުށަހެޅި ޤަރާރު ފާސްކުރުން

ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ރާއްޖެއިން ހުށަހެޅި ޤަރާރު ފާސްކުރުން

ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި ޤަރާރު އދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފިއެވެ.

އދ. ގެ އާންމު މަޖިލީހުން މި ޤަރާރު ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭގައެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ދިވެހިރާއްޖެއާއިއެކު، މި ޤަރާރު އދ. ގެ އާއްމު މަޖިލީހަށް ހުށަހެޅި ކޯ ގްރޫޕްގައި ހިމެނެނީ އެލް ސަލްވަޑޯރ، އެރިޓްރެއާ، ގްރެނާޑާ، ގަޔާނާ، ކެންޔާ، ލެޓްވިއާ، ލުބްނާން، މޯލްޓާ، ޤަތަރު، ސެންޓް ލޫޝިއާ އަދި ދެކުނު އެފްރިކާ އެވެ.

މި ޤަރާރު ފާސްވުމާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަސް ފާހަގަކުރާނީ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީގެ ގޮތުގައެވެ. މި ޤަރާރު އެކުލަވާލުމުގެ މަސައްކަތް ފެށުނީ އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބާއްވަވަމުން ގެންދަވާ "ހޮށުއަޅި ޑައިލޮގްސް" މަޝްވަރާ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައެވެ.

މި ޤަރާރު އދ. ގެ މަޖިލީހަށް ހުށަހެޅުއްވީ އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. ޤަރާރު ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައި ތިލްމީޒާ ވިދާޅުވީ، މިއީ ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އަންހެނުންނަށްވެސް ޑިޕްލޮމެސީގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އަދި އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު ހުންނެވި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، މިންތީގެ ހަމަހަމަކަމަށް އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ޤަރާރު ފާސްވުމާ ގުޅިގެން އާއްމު މަޖިލީހާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އަންހެން ޑިޕްލޮމެޓުން ސުލްހައަށް މަޝްވަރާކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކޮށް، ނުރައްކަލާ ތުރާތައް ގިރާކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާކަމަށާއި، އެކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ޚާއްސަ ދުވަހެއް ކަނޑައެޅިގެން ހިނގައްޖެކަމަށެވެ.

އދ. ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަމީނާ މުހައްމަދު އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، މިކަމުގައި ދިވެހިރާއްޖެއިން އިސްނެގިކަމަށްޓަކައި މަރުހަބާ ވިދާޅުވިއެވެ.

ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންގެ ބައިނަލްއަޤްވަމީ ދުވަސް ފާހަގަކުރުމުގެ ޤަރާރު 191 ޤައުމަކުން ކޯ ސްޕޮންސަރ ކުރިއިރު، 85 ޤައުމަކުން ވަނީ ޤަރާރުގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚިޔާނާތުގެ ރިޕޯޓް މިމަހު ނެރޭނަން، ވަކި ދުވަހެއް ބުނަން ނޭނގޭ: އޭސީސީ

ޚިޔާނާތުގެ ރިޕޯޓް މިމަހު ނެރޭނަން، ވަކި ދުވަހެއް ބުނަން ނޭނގޭ: އޭސީސީ

19 އެޕްރީލު 2017
ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު