Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހަމަ ހިޓާޗީ ޕްރޮމޯޝަން

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޖޫން 2022 | ހޯމަ 10:45
ހަމަ ހިޓާޗީ ޕްރޮމޯޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހަމަ ހިޓާޗީ ޕްރޮމޯޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މުޅި ރާއްޖެއަށް މަގުބޫލް ބްރޭންޑެއް ކަމުގައިވާ "ހިޓާޗީ" އަށް ހާއްސަ ކޮށްގެން އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

30 އޮގަސްޓް 2022 ގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔަށް ދާނެއެވެ. އެސްޓިއޯ އިން ހިޓާޗީ ބްރޭންޑް އިންޕޯޓް ކޮށް ވިއްކާތާ 25 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު މި ބްރޭންޑްއަކީ ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ނަންބަރ ވަން ބްރޭންޑެވެ.

"ހަމަ ހިޓާޗީ" ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަމެޝިން، އެއާޕިޔުރިފަޔާ، ޓީވީ، ޕަންޕު ،ވެކްޔުމްކުލީނާ، ރައިސްކުކާރ، އަވަން، އަދި އެއަރ ކޮންޑިޝަނަރ ހިމެނޭހެން ގިނަ ޕްރޮޑަކްޓްތަކަކަށް 30 އިންސައްތައާ ހަމަޔަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން އެއަރ ކޮންޑިޝަނަރ އަދި ރެފްރިޖެރޭޓަރު ފަދަ ތަކެތި ގެތަކާ ހަމައަށް ގެންގޮސްދިނުން އަދި އެއަރ ކޮންޑިޝަނަރ ހަރުކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެއެވެ.

"ހަމަ ހިޓާޗީ" ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެއެވެ. އަދި، މި ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވައި ވަރަށް އަގުހުރި އިނާމުތަކެއް ހަވާލު ކުރެވޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި 3 ފަރާތެއް ހޮވައި، ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާގެ އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާރއެއް ލިބޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިޔާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތެއް ހޮވައި އެފަރާތަށް ވަރަށް އަގުހުރި އިނާމެއް ލިބޭނެ ކަމަށާއި މި މުބާރާތުގެ އިތުރު މަޢުލޫމާތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ އޭސީގެ 6 މޮޑެލްއެއްގެގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފައެވެ. .މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ.

އެސްޓީއޯ އަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. އެސްޓީއޯއިން ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ %42 ކަރަންޓް މަދުން ބޭނުންކުރާ އެއަރ ކޮންޑިޝަންތައް ހިމެނެއެވެ. ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ ދަށުން އައިސް އަލަމާރިއާ ދޮންނަ މެޝިންގައިވެސް ލޭބަލް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
22 ފެބުރުއަރީ 2017

ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި

22 ފެބުރުއަރީ 2017
ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު