Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްވެރިކަން ތަރައްޤީކުރުން

މަސްވެރިކަމުގެ ދާއިރާގެ މައްސަލަތައް ޙައްލު ކުރުމާބެހޭ ޕްރޮޖެކްޓް އިފްތިތާޙުކޮށްފި

މި މަޝްރޫއުގެ ފުރަތަމަ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީ ބައްދަލުވުންވެސް ވަނީ ބާއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ޖޫން 2022 | ހޯމަ 09:29
މަސްވެރިކަމުގެ ދާއިރާގެ މައްސަލަތައް ޙައްލު ކުރުމާބެހޭ ޕްރޮޖެކްޓް އިފްތިތާޙު ކުރުން

މަސްވެރިކަމުގެ ދާއިރާގެ މައްސަލަތައް ޙައްލު ކުރުމާބެހޭ ޕްރޮޖެކްޓް އިފްތިތާޙު ކުރުން

މަސްވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ނޫ ޢިޤްތިސާދުގެ ސިޔާސަތުތައް ފުޅާކުރުމުގެ މަޤްޞަދުގައި ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައު ޕްރޮޖެކްޓް އިފްތިތާޙުކޮށްފިއެވެ.

މި ޕްރޮޖެކްޓު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތާއި މި މަޝްރޫއުގެ ފުރަތަމަ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީ ބައްދަލުވުން ބާއްވާފައިވަނީ ހޯމަ ދުވަހުއެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ފަންނީ އެހީތެރިކަމާއެކު ތަންފީޒުކުރާ ޕްރޮޖެކްޓެކެވެ. 

މި މަޝްރޫޢު އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވުނު ޖަލްސާގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ޙުސައިން ރަޝީދު ޙަސަން އަދި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޓަކެއުޝީ މިޑޯރީ ބައިވެވަޑައިގެންނެވިއެވެ.

މިޖަލްސާގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ ޙުސައިން ރަޝީދު ޙަސަންގެ ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި ޖަޕާނުގެ މެދުގައި އޮންނަ ޒަމާނީ ގުޅުންވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން ރާއްޖެއަށް 2004ވަނަ އަހަރު އެރި ސުނާމީގައި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީ ފާހަގަކުރައްވާ، އެ ދަތިކަމުގެ ތެރޭގައި މަސްވެރިންނަށް ޙާއްސަކޮށް ޖަޕާން ސަރުކާރުން ވެދެއްވާފައިވާ އެހީއަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ މިއަދު މިއޮތް ހިސާބަށް ކުރިއެރުވުމުގައި ޖަޕާނު ސަރުކާރުން ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންދާ ގިނަގުނަ މަސައްކަތްތައް ފާހަގަކުރައްވާ، މިނިސްޓަރުވަނީ އެ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ނޫ ޢިޤްތިޞާދު ފުޅާކުރުމުގެ ސިޔާސަތުގައި ތަންފީޒުކުރާ މިޕްރޮޖެކްޓަކީ، ޖަޕާނު ސަރުކާރުގެ އެހީގައި 2014ން 2017ށް ކުރިއަށް ގެންދިޔަ ސަސްޓެއިނަބްލް ފިޝަރީޒް ޑިވެލޮޕްމަންޓް ޕްލޭން އިން މަސްވެރިކަމުގެ ދާއިރާގައި ހައްލު ހޯދުމަށް ފާހަގަކުރެވުނު ބައެއް ކަންކަން ތަންފީޒުކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ތެރެއިން މައިގަނޑު ތިން ދާއިރާއަކުން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކުރެވޭ މަސްވެރިކަމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުމާއި، ރާއްޖޭގައި ކުރެވޭ އެންވެރިކަމުގައި އެން ވަތުގައި އެން މަރުވާ ނިސްބަތް މަދުކުރުމާއި، މަސް ކައްކާ ހިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުން ހިމެނެއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ކަނޑުމަހުގެ މަސްވެރިކަމުގައި ބާނާ މަހުގެ ކޮލިޓީ ރަނގަޅުކުރުމުގެ ގޮތުން ދޯނީގައި ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން ފަޅުވެރިން ތަމްރީނު ކުރުމާއި، އެންވެރިކަމުގައި އެން ގެންގުޅެންޖެހޭ ގޮތާއި ބެހޭ ގޮތުން މަސްވެރިންނަށް ތަމްރީނު ދިނުމާއި، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަދި ވަކިން ޚާޢްސަކޮށް މަސް ކައްކާ ހިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކަށް ހައްލު ހޯދުމަކީ ޕްރޮޖެކްޓްގެ ދަށުން ހިންގޭ މުޙިއްމު ޙާރަކާތްތަކެވެ.

މި މަޝްރޫއު އިފްތިތާހު ކުރުމުގެ ޖަލްސާއަށްފަހު މި މަޝްރޫއުގެ ފުރަތަމަ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީ ބައްދަލުވުންވެސް ވަނީ ބާއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު