Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުމޮން މެރުމަށް ހުކުމްކުރުން

އިއްސެގެ މަރު: ސުމޮން މެރުމަށް ކުރި ޙުކުމް އޭނާގެ ފަރާތުން އިސްތިއުނާފުކޮށްފި

ސުމޮން މިއާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖޫން 2022 | ހޯމަ 08:56
ޅ. ހިންނަވަރު އިސްމާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ

ޅ. ހިންނަވަރު އިސްމާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ

ޅ. ހިންނަވަރު އިސްމާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސުމޮން މިއާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މި މައްސަލާގައި ސުމޮން މިއާގެ ކުށް ސާބިތުވާކަމަށް ކަނޑައެޅީ 23 މާރޗު 2022 ގައެވެ. ކުށް ސާބިތުވުމާއެކު، އިއްސެގެ ވާރިސުންގެ ހެކި ބަސް ވަނީ ނަގާފައެވެ. އެގޮތުން އިއްސެގެ 3 ވާރިސުން ވެސް ބޭނުންވީ މަރަށް މަރުހިފާށެވެ.

Advertisement - newsAdvertisement

ވުމާއެކު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ, އަލީ އާދަމް ވަނީ ސުމޮން މިއާ މެރުމަށް ހުކުމް ކުރައްވާފައެވެ.

މައްސަލައިގެ ޚުލާސާ:

މި މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އޭނާ ކުށަށް އިއުތިރާފުވިއެވެ. ނަމަވެސް އެ އިއުތިރާފުން އޭނާ ރެކުމުގެ ފުރުސަތު އޮތުމާއެކު, ދައުލަތުން ވަނީ ހެކިންގެ ހެކިބަސް ނެގުމާއި، ކަން ހިނގާ ދިޔަ ގޮތް ސުމޮން މިއާގެ ފަރާތުން ކިޔައިދިނުމަށް އެދިފައެވެ.

ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާ ލައްވާ މަސައްކަތް ކުރުވި ނަމަވެސް، އޭނާއަށް އޯޓީ ފައިސާ ދޭން އިއްސެ އެއްބަސް ނުވި ކަމަށާއި، ސުމޮން މިއާގެ އަންހެނުންނަށް ގުޅުމުގެ ފުރުސަތުވެސް ނުލިބޭ ކަމަށެވެ. އަދި ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރަންޖެހޭއިރު، އޭނާއަށް ޖިސްމާނީ އަނިޔާވެސް ބައެއް ފަހަރު އިއްސެގެ ފަރާތުން ލިބޭ ކަމަށެވެ. އަދި އިއްސެ މަރާލަން ނިންމީ، އޭނާގެ އަންހެނުންނަށް ގުޅުމުގެ ފުރުސަތު ނުލިބި، އޭނާ ވަރި ކުރަންޖެހޭ ހިސާބަށް ދިޔުމުންކަމަށް ޝަރީއަތުގައި ސުމޮން ވަނީ ބުނެފައެވެ.

ސުމޮން ބުނާ ގޮތުގައި އަންހެނުންނަށް ވަގުތު ނުދޭތީ އޭނާ ވަރިކުރުމަށް އަންހެނުންގެ މައިންބަފައިންވެސް ދިޔައީ އެދެމުންނެވެ.

އޭނާ ދެފަހަރެއްގެ މަތިން ޝަރީއަތުގައިވެސް އިއުތިރާފުވެފައިވާއިރު، އެ އިއުތިރާފަށް ބާރު ލިބިދޭ އެތައް ހެތްކެއް ހުރިކަންވެސް ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން ޚުލާސާ ބަޔާން އިއްވިއިރުވެސް ވަނީ މި މައްސަލަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑަައަޅުއްވައިދެއްވުމަށް އެދިފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު