Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިނާއީ އިޖްރާއަތުގެ ގާނޫނު

އިއުތިރާފް އެއްބަސްވުމާއި ފުރުން މަނާކުރާ ބައިތައް ތަފްސީލުކޮށް ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ހެކިބަސްދޭ ފަރާތްތައް ހިމާޔަތްކުރުމާއި ގުޅޭ ތަފްސީލީ އުސޫލުތަކެއް ގާނޫނުގައި ކަނޑައެޅުން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޖޫން 2022 | ހޯމަ 06:58
ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު

ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު

ޖިނާއީ އަދުލުގެ ނިޒާމުގެ އެކިއެކި އިޖްރާތްތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުގެނެވޭ ގޮތަށް، ސަރުކާރުން މުހިންމު އިސްލާހުތަކާއެކު ޖިނައީ އިޖުރާތުގެ ގާނޫނަށް ހުށަހަޅައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު ޝިފާއު ވިދާޅުވީ ދިވެހިރާއްޖޭގެ ޖިނާއީ އިޖްރާތުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގައި މުހިންމު ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ތެރޭގައި ކުށަށް އިއުތިރާފްވާ ފަރާތްތަކުން ކުށަށް އިއުތިރާފްވެވޭ ހާލަތްތަކުގައި އެކަންކަމުގައި އަމަލުކުރާނެ އިޖްރާތްތައް އިތުރަށް ތަފްސީލުކޮށްދިނުމުގެ ބޭނުމުގައި އަދި ހެކިބަސްދޭ ފަރާތްތައް ހިމާޔަތްކުރުމާއި ގުޅޭ ތަފްސީލީ އުސޫލުތަކެއް ގާނޫނުގައި ކަނޑައެޅުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގެ އެކިއެކި އިޖްރާތްތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައަލުކުރުމަށްޓަކައި ސަރުކާރުން މުހިންމު އިސްލާހުތަކެއް މި ބިލާއެކު ހުށަހަޅާފައިވާ ކަމަށެވެ. ޖިނާއީ އިޖްރާތުގެ ގާނޫނުގެ 68 ވަނަ މާއްދާއަށް ވެސް ވަރަށް ބޮޑެތި ބަދަލު ގެނައުމަށް ހުށަހަޅާފައި އެބައޮތް ކަމަށާއި، އޮގޮތުން ބަންދުން ދޫކުރާއިރުގައި އެމީހާ ފުރުން މަނާކުރުން އަރިމަތީ ސުރުހީ ބަދަލުކޮށް ފުރުން މަނާކުރުން ތަފްސީލުކޮށްދީފައިވާ ކަމަށެވެ.

ބިލުގައި ހުރި ކަންކަން ތަފްސީލުކޮށްދެއްވަމުން މެންބަރު ޝިފާއު ވިދާޅުވީ ގާނޫނަށް ގެނެވޭ އިސްލާހާއެކުގައި މިވަގުތު ގާނޫނު ތަންފީޒުކުރުމުގައި ވަރަށް ބޮޑަށް ފުށުއަރާ ކަންކަން އިސްލާހުކުރެވިފައިވާނެ ކަމަށެވެ. ގާނޫނު ތަންފީޒުކުރުމުގައި އަދި މާނަކުރުމުގައި އެކިއެކި މައްސަލަ ދިމާވާ މައްދާ ވަރަށް ރަނގަޅަށް ތަފްސީލުކޮށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާއިރު، ބަންދުން ދޫކުރާ އިރު، ފުރުން މަނާކުރުން އަރިމަތީ ސުރުހީގެ ދަށުން، 68 ވަނަ މާއްދާގައި ބުނެފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު، ނުވަތަ އޭނާ އެވަގުތަކު ހުރި ރަށް ނޫން އެހެން ރަށަކަށް ފުރައިގެން ދިއުން މަނާކުރުމުގެ ނުވަތަ ރާއްޖެއިން ބޭރަށް ދިއުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. އަދި ޕާސްޕޯޓަކީ ކޮބައިކަން މި މާއްދާގައި ތަފްސީލުކޮށް ބުނެދީފައިވެއެވެ.

މީގެ އިތުރުން އަރިމަތީ ސުރިހީގެ ގޮތުގައި ފުރުން މަނާކުރުން ހިމަނައި މި ސުރުހީގެ ދަށުން 75 ވަނަ މާއްދާއަށް ވެސް އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކުރުމުގެ އިހްތިޔާރު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ. މި މާއްދާގައި ވެސް ޕާސްޕޯޓު މާނަކުރުމަށް މި ގާނޫނުގެ 68 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކުރުމަށް ބުނެފައިވެއެވެ.

75 ވަނަ މާއްދާގެ (ނ) ގައި ވަނީ މީހަކު ފުރުން މަނާކުރުމަށް އެދި ކޯޓަށް ހުށަހަޅާއިރު، ހުށަހަޅަންޖެހޭ މައުލޫމާތުތަކެވެ. އެގޮތުން، ފުރުން މަނާކުރަން ބޭނުންވާ މީހަގެ ނަމާއި އެޑްރޭހާއި ޕާސްޕޯޓުގެ މައުލޫމާތު، ތުހުމަތުކުރެވޭ ކުށް، ކުށާއި ގުޅުވައިދޭ ހެކީގެ މައުލޫމާތާއި، ރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭކަމަށް ބެލެވޭ ސަބަބު އަދި ކަމާ ގުޅޭގޮތުން ލިބިފައިވާ އިންޓެލިޖެންސް ނުވަތަ ހެކި ހިމެނެއެވެ. މީގެ އިތުރުން އޭނާ މަޑުކުރުވަންޖެހޭ ސަބަބާއި، އެމީހަކު ފުރުން މަނާކުރަން ބޭނުންވާ މުއްދަތު ވެސް ހިމެނެއެވެ.

މި މައްދާގެ ދަށުން ކޯޓު އަމުރުގައި ހުންނަންޖެހޭ ކަންކަން ވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ކޯޓު އަމުރު ފަނޑިޔާރު ނެރެދޭންޖެހޭނީ ފުރުން މަނާކުރާ މީހާއާއި ގުޅޭގޮތުން ވަކި ކަންކަމެއް ނުވަތަ މައުލޫމާތު ފުރިހަމަވާނަމަކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލާނެ މަރުކަޒެއް އެޅުމަށްވި އެއްބަސްވުމާއި މެދު ޑރ. ސަވާދު ސުވާލު އުފައްދަވައިފި

ޗައިނާއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލާނެ މަރުކަޒެއް އެޅުމަށްވި އެއްބަސްވުމާއި މެދު ޑރ. ސަވާދު ސުވާލު އުފައްދަވައިފި

08 ޑިސެމްބަރު 2017
ޗައިނާ-ރާއްޖެ ހިފެހެއްޓުމެއް ނެތް ވިޔަފާރީގެ އެއްބަސްވުމާއި ދެކޮޅަށް ހާއްސަ ޖަލްސާއެއް ބާއްވަނީ

ޗައިނާ-ރާއްޖެ ހިފެހެއްޓުމެއް ނެތް ވިޔަފާރީގެ އެއްބަސްވުމާއި ދެކޮޅަށް ހާއްސަ ޖަލްސާއެއް ބާއްވަނީ

03 ޑިސެމްބަރު 2017
ސަރުކާރަށް ހަތަރު އަހަރުފުރުން ފާހަގަކުރާ ޖަލްސާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްގައި އިއުލާން ކޮށްފި

ސަރުކާރަށް ހަތަރު އަހަރުފުރުން ފާހަގަކުރާ ޖަލްސާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްގައި އިއުލާން ކޮށްފި

07 ނޮވެމްބަރު 2017
ޓީވީ ޗެނަލްތަކާ މެދު ފިޔަވަޅު އަޅާފައި ވަނީ ގަވާއިދު ނެތި ކަމަށް ޝަހީބް އިއުތިރާފް ވެވަޑައިގެންފި

ޓީވީ ޗެނަލްތަކާ މެދު ފިޔަވަޅު އަޅާފައި ވަނީ ގަވާއިދު ނެތި ކަމަށް ޝަހީބް އިއުތިރާފް ވެވަޑައިގެންފި

04 އޮކްޓޯބަރު 2017
ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި

ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި

28 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު