Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ޖޫރިމަނާ މައްސަލަ

އާލާއާ މެދު ފިޔަވަޅު އަޅާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބްރޯޑްކޮމް އިން އިއުތިރާފްވެއްޖެ

26 އެޕްރީލު 2017 | ބުދަ 12:29

އާލާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ދެވިފައިނުވާ ކަމަށް ބްރޯޑްކޮމް އިން ވަނީ އިއުތިރާފްވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 އެޕްރީލު 2017 | ބުދަ 12:29
ރާއްޖެޓިވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް

ރާއްޖެޓިވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހީމް 50،000ރ އިން ޖޫރިމަނާކުރި މައްސަލައިގައި އޭނާއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދެވިފައިނުވާ ކަމަށް އަމިއްލަ އަށް އިއުތިރާފުވެ، އެއީ ގާނޫނުއަސާސީއާ ހިލާފް ބާތިލް ނިންމުމެއް ކަމަށް މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (ބްރޯޑް ކޮމް) ބުނެފިއެވެ.

ބްރޯޑްކޮމް އިން މިހެން ބުނެފައި ވަނީ ރާއްޖެޓީވީން ގެނެސްދިން ޚަބަރަކާ ގުޅިގެން އާލާ 50،000ރ. އިން ޖޫރިމަނާކުރި މައްސަލަ އަލުން ބެލުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ރާއްޖެ ޓީވީގެ ނިއސް ޑިރެކްޓަރު އަލީ ޔޫސުފް އެ ކޮމިޝަނަަށް ހާޒިރުކޮށް ބަޔާން ނެގުމުގެ ތެރޭގައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ކޮމިޝަނުން ނުކުމެވަޑައިގެން ރާއްޖެއެވީއަށް މައުލޫމާތު ދެއްވަމުން އަލީ ޔޫސުފް ވިދާޅުވީ އާލާ ޖޫރިމަނާކުރި އިރު މައްސަލަ ރައްދުވާ ފަރާތަށް ލިބިދޭންޖެހޭ ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައި ނުވާ ކަމަށް ކޮމިޝަންގެ މެންބަރު އައިމިނަތު ޝަރާހަތު އިއްޒަތު ވިދާޅުވި ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީން ލިބިދޭ އެ ފުރުސަތު ދެވިފައި ނުވާތީ ގާނޫނުއަސާސީއާ ޚިލާފް ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ވާތީ އެ މައްސަލަ އަލުން ރިވިއުކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށް ޝަރާހަތު ވިދާޅުވި ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ޔޫސުފް ވިދާޅުވީ ރާއްޖެ ޓީވީން ގެނައި ޚަބަރަކާ ގުޅިގެން އާލާ ޖޫރިމަނާކުރަން ނިންމި މައްސަލަ ރިވިއުކުރުމަށް ކޮމިޝަނުން ނިންމި ނަމަވެސް އެކަމާ ގުޅިގެން ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކުރި މައްސަލަ ރިވިއުނުކުރާ ކަމަށާއި އެއީ ވަކި މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުނި ކަމަށެވެ. އަދި ހާޒިރުކުރީ އާލާގެ ޖޫރިމަނާގެ މައްސަލަ ރިވިއުކުރުމަށް މިހާރު ބަލަމުންދާ މައްސަލައަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ކަމަށް ކޮމިޝަނުން ބުނި ކަމަށް އަލީ ވިދާޅުވިއެވެ.

"ހާޒިރުވާން ފޮނުވި ސިޓީގައި ނެތް ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާޒިރުކުރަނީ. ކޮމިޝަނުން ކުރި ސުވާލަކީ ރާއްޖެ ޓީވީގައި ނޫސްވެރިންނަށް ކިހާ މިނިވަން ކަމެއް ލިބިގެންވޭތޯ. އަޅުގަނޑު ދެންނެވިން މި މައްސަލައަކީ ކޮމިޝަނުން ވަކި ގޮތަށް ނިންމައި ޖޫރިމަނާ ކޮށްފައިވާ މައްސަލައެއް ކަމަށާއި އަދި ޖޫރިމަނާ ނުދައްކައިގެން ދައުވާކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައި ބަލަމުންދާ މައްސަލައަކަށްވާތީ އާއި ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމަކަށްވާތީ މި މަރުހަލާގައި ބުނެވޭ އެއްޗަކުން ކުންފުންޏަށާއި މައްސަލަ ރައްދުވާ ފަރާތަށް ވެސް ގެއްލުމެއް ލިބިދާނެތީ އެ ސުވާލަށް ޖަވާބުދާރީވާން ދަތިކަމަށް. އަދި ހާޒިރުވުމުގެ ކުރިން ކޮން މައްސަލައެއްކަން ވެސް ނޭނގޭތީ ގާނޫނީ ލަފާ ވެސް ހޯދިފައި ނުވާ ކަމަށް ބުނިން،" އަލީ ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ އަލީ ވިދާޅުވީ ވަކި ގޮތަކަށް ނިމި ދައުވާކުރަން ފޮނުވާ މައްސަލައެއް ކަމަށްވުމާއި އަދި ޖޫރިމަނާ ނުދައްކައިފި ނަމަ ކްރިމިނަލް އޮފެންސެއްގެ ގޮތުގައި ޖަލު ހުކުމެއް ވެސް ހިމެނޭ މައްސަލައަކަށްވާތީ ދަށު މަރުހަލާއަކުން ނިންމާފައިވާ މައްސަލައެއްގައި ހަމަ އެ މަރުހަލާ އިން އަލުން ބެލިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެން ކަމުން އެފަދަ މަރުހަލާއެއްގައި ހާޒިރުކޮށްފި ނަމަ ޖަވާބުދެއްވާނެ ކަމަށް ކޮމިޝަނަށް ދަންނަވާފައިވާނެ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

"ރިވިއު ކުރަނީ ހަމައެކަނި ނޫސްވެރިޔާގެ މައްސަލަ. ރާއްޖެ ޓީވީ ޖޫރިމަނާކުރީ ނޫސްވެރިޔާ ކުރި ކަމަކީ ގޯސް ކަމެއް ކަމަށް ބްރޮޑްކޮމް އަށް ފެނިގެން. ނަމަވެސް އެއީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނާ އިރު އެ ނިންމުމުގެ މައްޗަށް ބިނާކޮށް ރާއްޖެ ޓީވީ ޖޫރިމަނާކުރި ކުރުން ވެސް ބާތިލްކުރަންޖެހޭނެ. މާނައަކީ އުފަންވި އިރު ވެސް ބާތިލް ކަމަކުން ނުކުން ނަތީޖާ ވެސް ބާތިލްވާނެއޭ. ކޮމިޝަނަށް ހަގީގަތުގައި އެބުނެވެނީ ރާއްޖެޓީވީ ޖޫރިމަނާކުރަން ހިންގި ތަހްގީގަކީ ބާތިލް ތަހްގީގެކޭ. އެހެންކަމުން ގާނޫނީ ގޮތުން ބަލާއިރު އެ ޖޫރިމަނާ ވެސް ބާތިލްވާނެ. މިއީ ވަކި ނުކުރެވޭނެ ދެ މައްސަލަކަމުން ރިވިއުކުރާ ނަމަ ދެ މައްސަލަ ވެސް ރިވިއުކުރަންޖެހޭނެ،" އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ތަކުރާރުކޮށް ވެސް ސުވާލުކުރި ކަމަށާއި ނަމަވެސް ގާނޫނީ ލަފާ ނެތި ޖަވާބު ދެވެން ނެތް ކަމަށް ބުނުމުން އަންނަ އަންގާރަ ދުވަހު ގާނޫނީ ވަކީލަކާ އެކު ހާޒިރުވުމަށް ދައްނަވާނެ ކަމަށް ކޮމިޝަނުން ބުނި ކަމަށް އަލީ ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ 50،000ރ އިން އަދި ރާއްޖެޓީވީ 200،000ރ އިން ޖޫރިމަނާކޮށްފައިވަނީ ރޭޕްގެ ކޭސްއަކާ ގުޅޭ ގޮތުން ލިޔުނު ޚަބަރެއްގެ މައްސަލައިގައި އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުންނެވެ. އެ މައްސަލަ ބަލައި އާލާ ޖޫރިމަނާކޮށްފައި ވަނީ އޭނާގެ އެއްވެސް ބަހެއް ނުހޯދައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް