Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫކްރެއިން ރަޝިއާ ހަނގުރާމަ

ޔޫކްރެއިން ރަޝިއާ ހަނގުރާމަ އަހަރުތަކަކަށް ދެމިގެން ގޮސްދާނެކަމުގެ އިންޒާރު

ގައުމަށް ގެއްލުނު ހުރިހާ އެއްޗެއް އަނބުރާ ހޯދާނެ ކަމަށް ޒެލެންސްކީ ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 19 ޖޫން 2022 | އާދީއްތަ 09:10
އިރުމަތީ ޔޫކްރޭންގައި ރަޝިއާ އާއި ޔޫކްރެއިންގެ އަސްކަރިއްޔާއާ ދެމެދުގެ ކުރިއަށްދާ ހަމަލާ ބަދަލުކުރުންތައް ވަނީ އިތުރުވާން ފަށާފައި

އިރުމަތީ ޔޫކްރޭންގައި ރަޝިއާ އާއި ޔޫކްރެއިންގެ އަސްކަރިއްޔާއާ ދެމެދުގެ ކުރިއަށްދާ ހަމަލާ ބަދަލުކުރުންތައް ވަނީ އިތުރުވާން ފަށާފައި

ޔޫކްރެއިނުން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމަކަށްވުމަށް މަސައްކަތްފެށުމާއެކު ރަޝިއާއިން އެގައުމުގައި ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށް އާދިއްތަ ދުވަހު، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް މިވަނީ ޔޫކްރެއިން ރަޝިއާ ހަނގުރާމަ ހުއްޓުމަކަށް ނައިސް އަހަރުތަކަކަށް ދެމިގެން ގޮސްދާނެ ކަމަށް ވިދާޅުވެފައެވެ.

ސްޓޮލްޓެންބަރގް ވަނީ ހަނގުރާމަ ވަރުގަދަވަމުންދާ މިދަނޑިވަޅުގައި ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ހަނގުރާމަމަތީ ހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާނަލައި ކުރިއަށް ގެންދަން ވިދާޅުވެފައެވެ. އެގޮތުން އެކުވެރި ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރާއެކު ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ޑޮންބަސްގައި ރަޝިއާގެ އަސްކަރިއްޔާއަށް ކުރިމަތިލާ ހަމަލާ ބަދުލުކުރުންތައް ކާމިޔާބުކުރުމުގެ ފުރުސަތު ޔޫކްރެއިން އަސްކަރިއްޔާއަށް ބޮޑުވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިހަނގުރާމަ އަހަރުތަކަކަށް ދެމިގެންދާނެ ކަމަށް ވިސްނައި އެކަމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ވިދާޅުވެ ސްޓޮލްޓެންބަރގް ވަނީ ޔޫކްރެއިނަށް އެހީފޯރުކޮށްދިނުން ހުއްޓާލައިގެން ނުވާނެކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ހަނގުރާމައިގެ ޚަރަދު ކިތަންމެ ބޮޑުވިޔަސް ޔޫކްރެއިނަށް އެހީ ފޯރުކޮށްދޭން ވާނެ ކަމަށް ވިދާޅުވަމުން ސްޓޮލްޓެންބަރގް ވަނީ ހަނގުރާމައަށް އެހީވުމަށްދާ ސީދާ ޚަރަދުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި މިހާރު ތެލާ، ގޭސް އަދި ކާބޯތަކެތީގެ އަގުވެސް އުފުލެން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

މި ހުކުރު ދުވަހު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ޔޫކްރެއިނަށް ވަޑައިގަންނަވާފައި ވާއިރު، ޖޯންސަންވެސް ވަނީ ދިގު ހަނގުރާމައަކަށް ތައްޔާރުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖޯންސަން ވަނީ މިހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެން ގޮސްދާނެ ކަމަށް ތަައްޔާރުވުމަކީ ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާ، ވަޒަނާ އަދި އެހެނިހެން ސާމާނު އެގައުމަށް ލިބި، ގައުމުގެ އަސްކަރިއްޔާއަށް އިތުރު ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް ގައުމު ހިސާރުކުރަން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ތެދުވުމުގެ ގާބިލުކަން ޔޫކްރެއިން އަސްކަރިއްޔާއަށް ދިނުން ކަމަށް ވިދާޅުވެފައެވެ.

މިހަނގުރާމާގައި ވަގުތު ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި ރަޝިއާގެ އަސްކަރިއްޔާގެ ހަމަލާތައް އައު ކުރުމުގެ ކުރިން ޔޫކްރެއިން އަސްކަރިއްޔާއަށް ރަޝިއާގެ ފައުޖުތަކާ ކުރިމަތިލައި ރަޝިއާގެ އަސްކަރިއްޔާއަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލެވޭނެ މަގު ފަހިވުން އެއީ ހަނގުރާމައިގެ ނަތީޖާ ރަނގަޅުކުރަން ވަރަށް މުހިންމުކަމެއް ކަމަށް ޖޯންސަން ވިދާޅުވިއެވެ.

ހުކުރު ދުވަހު ޔޫރަޕިއަން ކޮމިޝަނުން ޔޫކްރެއިން އީޔޫއާ ގުޅުމަށް ހުށަހެޅި ހުށަހެޅުމާއެކު ޔޫކްރެއިނަށް އައު ހިތްވަރެއް ލިބިގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ. އީޔޫއާ ގުޅުމަށް ޔޫރަޕިއަން ކޮމިޝަނުން ޔޫކްރެއިނަށް ހުށަހެޅި ހުށަހެޅުމަށް އީޔޫގެ ގައުމުތަކުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށާއި މިހަފުތާގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަ އީޔޫގެ ސަމިޓުގައި މިކަން ރަނގަޅު ގޮތަކަށް ނިމިގެންދާނެ ކަމުގެ އުންމީދު ބޮޑުކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

އީޔޫގެ މެމްބަރުކަން ރަސްމީކޮށް ހޯދުމަށް ގިނަ އަހަރުތަކެއް ނެގި ނަމަވެސް ރަޝިއާއާ ދެކޮޅަށް އެގައުމުން ކުރަމުންދާ މަސައްކަތުގައި މިކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް އެގައުމަށް ލިބިގެންދާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް އަރައި ދޭން ފެށި ހަމަލާތަކާއެކު ފެށުނު ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ރަޝިއާއިން ޔޫކްރެއިންގައި ދެމުންދާ ހަމަލާތައް އަނެއްކާވެސް މިވަނީ ވަރުގަދަކޮށްފައެވެ.

އެގޮތުން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު، ޑޮންބަސްގައި ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ލުހާންސްކް ހިފުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތުގައި މިހާރު ރަޝިއާގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައި ވަނީ އެޕްރޮވިންސްގެ އިންޑަސްޓްރިއަލް ސިޓީއެއް ކަމަށްވާ ސިއެވިއެރޮޑެނެސްކް އަށެވެ. އެގޮތުން ޔޫކްރެއިން އަސްކަރިއްޔާއިން ވަނީ އެސިޓީއަށް އަމާޒުކޮށް ރަޝިއާގެ އަސްކަރިއްޔާއިންދޭ ރޮކެޓް ހަމަލާތަކާއި ބަރު ހަތިޔާރުގެ ހަމަލާތައް ވަރުގަދަވެ އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ.

ލުހާންސްކްގައި ހުންނަ ޔޫކްރެއިންގެ ސަރުކާރުގެ ގަވަރުނަރު، ސެރީ ގައިޑައި ވަނީ ސިއެވިއެރޮޑޮނެސްކްގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ރަޝިއާގެ އަސްކަރިއްޔާއިން ޑްރޯން ބޭނުންކޮށް ޔޫކްރެއިންގެ އަސްކަރިއްޔާގެ ޑިފެންސަށް އުނދަގޫވާނެ ގޮތްގޮތަށް ވަރުގަދަ، އަދި ސީދާ ވައިގެ ހަމަލާތަކެއް ދެމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަކި ވަކި ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ބްރިޖުތަކަށް އަމާޒުކޮށްދިން ހަމަލާތަކުގައި އެސަރަހައްދުތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށް ގައިޑައި ވިދާޅުވެއެވެ.

މީގެ އިތުރުން އެސިޓީގެ އަޒޮޓް ކެމިކަލް ޕްލާންޓްގައި އެތައް ސަތޭކަ ބަޔަކު ތިބި އިރު، އެޕްލާންޓަށް އަމާޒުކޮށް ދެ ފަހަރުމަތިން ރަޝިއާ އަސްކަރިއްޔާއިން ހަމަލާތައް ދީފައިވާކަމަށްވެސް ގައިޑައި ފާހަގަކުރެއްވިއެވެ.

އާދިއްތަ ދުވަހު، ޔޫކްރެއިން އަސްކަރިއްޔާގެ ޖެނެރަލް ސްޓާފެއް ވަނީ ސިއެވިއެރޮޑެނެސްކްގެ މުޅި ކޮންޓްރޯލް ހޯދުމަށް ހަމަލާ ބަދަލުކުރުން ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް ބުނެފައެވެ.

އެނަލިސްޓުން ފާހަގަކުރާ ގޮތުގައި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ރަޝިއާއަށް ސިއެވިއެރޮޑެނެސްކްގެ ފުރިހަމަ ކޮންޓްރޯލް ލިބިގެންދާނެއެވެ. ނަމަވެސް އެކަން ކާމިޔާބުކުރަން އެގައުމުގެ އަސްކަރިއްޔާގެ ބޮޑު ބައެއް އެކުޑަ ސަރަހައްދަށް ފޮނުވައި އެކަމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް އެނަލިސްޓުން ފާހަގަކުރެއެވެ.

ގައިޑައި ވަނީ ކޯރު ހުރަސްކޮށް ސިއެވިއެރޮޑެނެސްކްގެ އަނެއް ފަރާތުގައި އޮންނަ ލިސިޗަންސްކް ގައި އާންމު ރައްޔިތުންގެ ދެމީހެއްގެ ފުރާނެ ނެތް ހަށިގަނޑު ފެނިފައިވާކަމަށާއި އެ ލިސިޗަންކްސްގެ އިމާރާތްތަކަށް ލިބެމުންދާ ގެއްލުންތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޔޫކްރެއިންގެ އަސްކަރިއްޔާއިންވެސް ވަނީ ސިއެވިއެރޮޑޮނެސްކްގެ އިރުދެކުނުގައި އޮންނަ މެޓޮލްކިން ވިލެޖުގައި ރަޝިއާގެ އަސްކަރިއްޔާއިން ކާމިޔާބު ހޯދަމުންދާކަމަށް ބުނެފައެވެ. ޔޫކްރެއިންގައި ހަރަކާތްތެރިވާ ރަޝިއާއަށް ވާގިވެރިވާ ސެޕަރޭޓިސްޓުންނާ ހަވާލާދީ ރަޝިއާގެ ނޫހަކުންވެސް ވަނީ މެޓޮލްކިންގައި ހަރަކާތްތެރިވާ ޔޫކްރެއިން އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ބަޔަކު މިހާރު ހަތިޔާރު ބަހައްޓައި އަމާންދީފައިކަމަށް ރިޕޯޓުކޮށްފައެވެ.

ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުދޭ ގޮތުގައި އެގައުމުގެ ހުޅަނގުއުތުރުގައި އޮންނަ އިޒްޔަމް ޑިސްޓްރެކްޓަށް އަމާޒުކޮށްދިން މިސައިލް ހަމަލާތަކެއް އެސަރަހައްދުގެ ގޭސް އުފައްދާ ފެކްޓްރީއަކަށް އަމާޒުވެފައިވާއިރު، ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚާރކިވްއަށް އަމާޒުކޮށް ދެމުންދާ ރޮކެޓް ހަމަލާތައް މުނިސިޕަލް އިމާރާތަކަށް އަމާޒުވެ އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވާކަމަށް ފާހަގަކުރެއެވެ.

ޔޫކްރެއިންގެ ހުޅަނގުގައި ޕޮލްޓަވާ އަދި ނިޕްރޯއަށް ދެމުންދަ ހަމަލާތައް އިތުރުވެފައިވާ ކަމަށާއި ހޮނިހިރު ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ދިން ތިން މިސައިލް ހަމަލާގައި ނޮވޮމޮސްކޮސްގެ ފިއުލް ސްޓޯރޭކް ޑީޕޮޓަކަށް އަމާޒުވެ 11 މީހަކަށް އަނިޔާވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ޑޮންބަސްގެ ދެވަނަ ޕްރޮވިންސް ކަމަށްވާ، ޑޮނެސްކްގެ ގަވަރުނަރި ޕެވްލޯ ކިރިލެންކޯ ވަނީ ހޮނިހިރު ދުވަހު އެސަރަހައްދުގައި ދިން ހަމަލާތަކެއްގައި 11 މީހުންނަށް އަނިޔާވެފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކްރަސްނޮޕިލްޔާ ގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާގެ އަސްކަރިއްޔާއަށް ކުރިއެރުންތަކެއް ނުލިބި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާކަމަށް ފާހަގަކޮށް ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފަކު ވަނީ އެކި އަނިޔާތަކާއެކު ރަޝިއާގެ އަސްކަރިއްޔާ ފަހަތައް ޖެއްސިފައިވާކަމަށް ބުނެފައެވެ.

ރަޝިއާގެ ނޫހަކުން ބުނެފައިވާގޮތުގައި މެރިއަޕޮލްގެ އިރުދެކުނު ބަނދަރު ސަރަހައްދުގައި ހުރި އަޒޮސްޓަލް ސްޓީލް ޕްލާންޓް ދިފާއު ކުރުމުގައި ހަރަކާތްތެރިވި ދެ ކޮމާންޑަރުން އިންވެސްޓިގޭޝަނަށް ރަޝިއާ އަށް ވަނީ ގެންގޮސްފައެވެ.

ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާހަމައަށްވެސް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރަޝިއާއާ ދެކޮޅަށް ވަރަށް ސާބިތުކަމާއެކު ތެދުވަމުންދާތީ އެކެމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ސާބަސްކިޔަމުންނެވެ. ސާބިތުކަމާއެކު ގައުމުގައި ހުންނަވާ ހަނގުރާމަ ކުރިއަށްދާ ސަރަހައްދުތަކަށްވެސް ޒެލެންސްކީ ވަޑައިގަންނަވަމުންދާއިރު، ދާދިފަހުން އެމަނިކުފާނު ވަނީ ކިއެވްގެ ދެކުނުން 340 މޭލު ބޭރުގައި އޮންނަ މިކޮލައިވްގައި ހަރަކާތްތެރިވާ އެގައުމުގެ އަސްކަރިއްޔާގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

ޓެލެގްރާމް މެދުވެރިކޮށް ޒެލެންސްކީ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި އެމަނިކުފާނު ވަނީ ގައުމުގެ ދިފާއުގައި މަސައްކަތްކުރާ އަސްކަރިއްޔާ އާއި ފުލުހުންނާއި ނެޝަނަލް ގާޑުގެ އޮފިސަރުންނާ ބައްދަލުކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެހުރިހާ އެންމެންވެސް ތިބީ ހިތްވަރާއެކު ކެރިގެން ގައުމުގެ ދިފާއުގައި ދުޝްމަނުންނާ ކުރިމަތިލާން ތައްޔާރަށް ކަމަށާއި ގައުމުގެ ދެކުނު ސަރަހައްދު އެހެން ބަޔަކަށް ނުދޭނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ އެގައުމަށް ގެއްލުނު ހުރިހާ އެއްޗެއް އެގައުމުން އަނބުރާ ހޯދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ހަނގުރާމާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށް ޒެލެންސްކީ ވަނީ އެމީހުންނަށް މެޑަލްވެސް އަރުވާފައެވެ.

ހަނގުރާމަ ފެށުނުފަހުން މިފަހުން ޔޫކްރެއިންގެ އިރުމަތީ ދެ ސިޓީ އަކަށާއި ޚާކީވްއަށް ޒެލެންސްކީ ވަޑައިގަންނަވާފައިވާއިރު، ގިނަ ދުވަސްތައް އެމަނިކުފާނު ހޭދަކުރައްވަނީ ކިއެވްގައެވެ.

ރަޝިއާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށުމުގެ އެއް ބޭނުމަކީ ނޭޓޯގެ އަސްކަރިއްޔާ އާއި ހުޅަނގުގެ ނުފޫޒު އެގައުމުގެ ބޯޑަރާ ކައިރިވިޔަ ނުދިނުމަށެވެ. އެހެންނަމަވެސް ރަޝިއާއިން ބޭނުންވާ ލަނޑުދަނޑި އަދި ކަށަވަރުކޮށް ހާސިލުކުރެވިފައި ނުވާއިރު، ރަޝިއާ އާ ބޯޑަރު ހިއްސާ ކުރާ ދެގައުމުގެ ކަމަށްވާ ފިންލޭންޑް އަދި ސްވިޑްން އިން ދަނީ ނޭޓޯއާ ގުޅުމަށް މަސައްކަތްކުރަމުންނެވެ. އަދި ޔޫކްރެއިނުން މިހާރު މަސައްކަތް ކުރަމުންދަނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ހޯދުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލައިމާނީ: އިރާންގެ މަޝްހޫރު ހަނގުރާމަވެރިޔާ، މެދުއިރުމަތީގެ އޮޕަރޭޝަންތަކުގެ މޭސްތިރި

ސުލައިމާނީ: އިރާންގެ މަޝްހޫރު ހަނގުރާމަވެރިޔާ، މެދުއިރުމަތީގެ އޮޕަރޭޝަންތަކުގެ މޭސްތިރި

05 ޖެނުއަރީ 2020
ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

01 މެއި 2019
ޖުޑީޝަރީ އިސްލާހްކުރުމުގެ ހަނގުރާމަ: މިއީ އެންމެ ރަނގަޅު ދަނޑިވަޅުތަ؟

ޖުޑީޝަރީ އިސްލާހްކުރުމުގެ ހަނގުރާމަ: މިއީ އެންމެ ރަނގަޅު ދަނޑިވަޅުތަ؟

02 ޖެނުއަރީ 2019
ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

24 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު