Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ އާރަށު ހިޔާނާތުގެ މައްސަލަ

އާރަށު ހިޔާނަތް: ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި އޮފިސަރުގެ ހެކިބަސް ނަގައިފި

19 ޖޫން 2022 | އާދީއްތަ 11:14

ހެކިވެރިޔާގެ ތައުލީމާއި ގުޅޭ ގިނަ ސުވާލުތަކެއް ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖޫން 2022 | އާދީއްތަ 11:14
ވ އާރަށު ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ވ އާރަށު ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްއެވެ. މިހާރު މި މައްސަލައިގައި ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

Advertisement - newsAdvertisement

މިދިޔަ ބުރާސްފަތި ދުވަހުވެސް މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ސަރވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒުގެ ހެކިބަސް ވަނީ ނަގާފައެވެ. އެއީ މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓާއި ގުޅިގެންނެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް ފޮރެންސިކް އެގްޒެމިނަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިބްރާހިމް ޒުހައިރުއެވެ.

އޭނާ ހާޒިރުކުރީ މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓާއި ގުޅިގެން ހެކިބަސް ނެގުމަށެވެ.

އެންމެ ފުރަތަމަ ދައުލަތުން ވަނީ އެ ހެކިވެރިޔާއާ ސުވާލުކޮށްފައެވެ. އެގޮތުން މި ދާއިރާއިން ލިބިފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާ ވަނީ އޮޅުންފިލުއްވާފައެވެ.

ކޮންމެ ކޭސްްއެއް ތަހުލީލުކުރާއިރުވެސް އެ އެގްޒިބިޓަރުން ތަހުގީގުކުރާ ފަރާތުން އެދިފައިވާ ރިކުއެސްޓަށް ބައްލަވައިގެން ތަހުލީލު ކުރައްވާކަން ހެކިވެރިޔާ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި އޭނާ ވަނީ ތަހުގީގު ކުރާ ފަރާތުން އެދިފައިވާ ލެޕްޓޮޕެއްގެ ހާޑްޑިސްކެއް ތަހުލީލު ކޮށްފައެވެ. އެއީ އެ ލެޕްޓޮޕްގެ ހާޑް ޑިސްކުން ޖެނަރޭޓް ކުރެވުނު "އިމޭޖް ފައިލް" އެކެވެ.

ހެކިވެރިޔާ ވަނީ ހާޑް ޑިސްކަކުުން އިމޭޖް ފައިލެއް "އެކްސްޓްރެކްޓް" ކުރާއިރު، އޭގެ ސައްޙަކަން ކަށަވަރު ކުރުމަށް އެޅުއްވި ފިޔަވަޅުތަކާއި ގުޅޭގޮތުން ޝަރީއަތުގައި ހެކިބަސް ދެއްވާފައެވެ.

އެގޮތުން ތަހުލީލުކުރިއިރު 7775161 ނަންބަރުގެ ވައިބަރ ޕީސީ ޑޭޓާބޭސްއެއް ފެނިފައިވާ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އެ ޑޭޓާބޭސް ތަހުލީލު ކުރިއިރު، 9 ފެބްރުއަރީ 2015 އިން އެ އަހަރު 6 ސެޕްޓެމްބަރުގެ ނިޔަލަށް 132،169 އިވެންޓް ރެކޯޑު ކުރެވިފައިވާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ދެން ކުރިއަށް ދިޔައީ ދިފާއުން ހެކިވެރިޔާއާ ސުވާލުކުރުމެވެ. އެގޮތުން ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފް އެންމެ ފުރަތަމަ ވަނީ ހެކިވެރިޔާ ކްރޮސް އެގްޒަމިން ކުރައްވާފައެވެ.

ހަމްޒާ ލަތީފް ފުރަތަމަ ސާފު ކުރެއްވީ ހެކިވެރިޔާގެ ތައުލީމާއި ގުޅޭ ކަންކަމާބެހޭގޮތުންނެވެ. އެގޮތުން ތައުލީމާއި ގުޅޭ ގިނަ ސުވާލުތަކެއް ވަކީލު ހަމްޒާ ލަތީފް ވަނީ ކުރައްވާފައެވެ.

ހަމައެއާއެކު، މި މައްސަލައިގެ ހެކި ތަހުލީލު ކުރުމަށް ބޭނުންކުރި ސޮފްޓްވެއަރ އާއި ގުޅޭގޮތުންވެސް ވަކީލު ސުވާލު ކުރެއްވިއެވެ.

އޭގެ އިތުރުން، ރައީސް އަބްދުﷲ ޔާމީނުގެ ވަކީލުންވެސް ވަނީ ހެކިވެރިޔާ ކްރޮސް އެގްޒަމިން ކުރައްވާފައެވެ.

ރައީސް ޔާމީނުގެ ވަކީލު އަބްދުﷲ ޝިޔާޒް ވަނީ މި މައްސަލައިގެ ތެރޭގައި ހެކިބަސް ދެއްވަމުން ހެކިވެރިޔާ ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން އިތުރު ކަންކަން ސާފު ކުރައްވާފައެވެ.

އެ ސުވާލުތަކާއި ގުޅިގެން ހެކިވެރިޔާ ވިދާޅުވި ގޮތުގައި އޭނާ ތަހުލީލު ކުރެއްވި އިމޭޖް ފައިލް ތައްޔާރު ކުރުމަށްފަހު އޭނާ ވަނީ އިމޭޖް ލެބޯޓަރީ ހެޑްއަށް ދޫކޮށްފައެވެ. އެކަމުގެ ޗެއިން އޮފް ކަސްޓަޑީވެސް ފެންނަން އޮންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެވިޑެންސް ބޭގް ލިބުނުއިރު އެ އެވިޑެންސް ބަލައިގަންނަން ނުޖެހޭ ފަދަ ސަބަބެއް ޗެއިން އޮފް ކަސްޓަޑީ އިން ފެންނަން ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ގާތްގަނޑަކަށް 3 ގަޑިއިރަށް ކުރިއަށްދިޔަ އަޑުއެހުމަކަށްފަހު އެ ހެކިވެރިޔާގެ ހެކިބަސް ނެގުން ވަނީ ނިންމާލާފައެވެ.

ދެން މި މައްސަލައިގައި އަޑުއެހުމެއް އޮންނާނީ 26 ޖޫންގެ ހެނދުނު 09:30 ގައެވެ. އެއީވެސް ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ގާސިމްގެ ޝަރީއަތް: ފޮރެންސިކް ދެ ފުލުހެއްގެ ހެކި ބަސް ނަގައިފި

23 އޯގަސްޓު 2017
ގާސިމްގެ ޝަރީއަތް: ފޮރެންސިކް ދެ ފުލުހެއްގެ ހެކި ބަސް ނަގައިފި
01 އޯގަސްޓު 2017

ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި އޭސީސީން ރައީސް މައުމޫނުގެ ބަޔާން ނަގަައިފި

01 އޯގަސްޓު 2017
ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި އޭސީސީން ރައީސް މައުމޫނުގެ ބަޔާން ނަގަައިފި
22 މެއި 2017

ހުކުމްތަކާއި ނިންމުންތަކުގެ ރޫހަށް ބަދަލު އަންނަ ގޮތަށް ރިޕޯޓު ނުކުރުމަށް ޝައުރީ ދައިރާއިން އެދިއްޖެ!

22 މެއި 2017
ހުކުމްތަކާއި ނިންމުންތަކުގެ ރޫހަށް ބަދަލު އަންނަ ގޮތަށް ރިޕޯޓު ނުކުރުމަށް ޝައުރީ ދައިރާއިން އެދިއްޖެ!
11 މެއި 2017

ރިޔާޒުގެ އަތުން އަތުލީ އައިފޯން 6 ޕްލަސްއެއް، ފޮރެންސިކް ރިޕޯޓް ހަދާ ނިމުނުއިރު އައިފޯން 6 އެސް އަކަށް!؟

11 މެއި 2017
ރިޔާޒުގެ އަތުން އަތުލީ އައިފޯން 6 ޕްލަސްއެއް، ފޮރެންސިކް ރިޕޯޓް ހަދާ ނިމުނުއިރު އައިފޯން 6 އެސް އަކަށް!؟
09 މެއި 2017

ފުލުހުންގެ ފޮރެންސިކް ޚިދުމަތް ލާމަރުކަޒީކޮށް، އަތޮޅުތަކަށް!

09 މެއި 2017
ފުލުހުންގެ ފޮރެންސިކް ޚިދުމަތް ލާމަރުކަޒީކޮށް، އަތޮޅުތަކަށް!
29 އެޕްރީލު 2017

ފޮރެންސިކް ޑިޕާޓްމެންޓް އިސް އޮފިސަރަކު ބަދަލުކޮށްފި

29 އެޕްރީލު 2017
ފޮރެންސިކް ޑިޕާޓްމެންޓް އިސް އޮފިސަރަކު ބަދަލުކޮށްފި
23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
21 ފެބުރުއަރީ 2017

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް