Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއޭއެލްއެސްގައި ރާއްޖެއިން ބައިވެރިވުން

ޖަޕާނުގައި ކުރިއަށްދިޔަ ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

19 ޖޫން 2022 | އާދީއްތަ 07:18

މިއީ މިމަހުގެ 13 އިން 16 އަށް ކުރިއަށްދިޔަ ސިމްޕޯޒިއަމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 ޖޫން 2022 | އާދީއްތަ 07:18
ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމްގައި ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް

ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމްގައި ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް

ޖަޕާނުގެ ޓޯކްޔޯގައި ކުރިއަށްދިޔަ "ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމް" (ޕީއޭއެލްއެސް) ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސް އަދި ޔޫއެސް މެރިން ކޯރ ފޯސަސް، ޕެސިފިކްއިން ގުޅިގެން ޖޫން މަހުގެ 13 އިން 16 އަށް ކުރިއަށް ގެންދިޔަ މި ސިމްޕޯޒިއަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިންޑޯ ޕެސިފިކު ސަރަހައްދުގެ މަސްލަހަތާއި ސުލްހަ ދެމެހެއްޓުމުގައި އެމްފިބިއަސް ފޯސްތަކުން އަދާކުރާ ދައުރުގެ މައްޗަށެވެ. މިގޮތުން، ދިމާވާ ބޮޑެތި ގުދުރަތީ ކާރިސާތަކާއި ހާދިސާތައް އަދި ކްރައިސިސްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެއްގައުމު އަނެއް ގައުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. އަދި، މެރިޓައިމް ޑޮމެއިންއަށް ހޭލުންތެރިކުރުމާއި، ދިމާވާ ގޮންޖެހުންތަކުގައި އޮޕަރޭޝަނަލް މާހައުލަށް އެމްފިބިއަސް ފޯސަސްތައް ބިނާކުރުމާއި، އެތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ގިނަބައެއްގެ އެއްބާރުލުން ހޯދައިގެން އޮޕަރޭޝަންތައް ހިންގުން ފަދަ މަޢުޟޫތަކަށް ޕެނަލް ޑިސްކަޝަންތައް ވަނީ ބާއްވާފައެވެ.

Advertisement - newsAdvertisement

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ސިމްޕޯޒިއަމްގައި ދިވެހިރާއްޖޭގެ އިތުރުން ޖަޕާން، ޔޫއެސް، އޮސްޓްރޭލިއާ، ބްރޫނާއި، ކެނެޑާ، ޗިލީ، ފީޖީ، ފްރާންސް، އިންޑޮނޭޝިއާ، ނިއުޒީލަންޑް، ޕެރޫ، ފިލިޕީންސް، ރިޕަބްލިކް އޮފް ކޮރެއާ، ސިންގަޕޯރ، ސްރީލަންކާ، ތައިލޭންޑް، ޔޫކޭ، އަދި ޓީމޯ ލެސްޓްގެ އަސްކަރީ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ސިމްޕޯޒިއަމްގެ ހަވާސާގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސްގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ޔޮޝީޑާ ޔޮޝިހައިޑާއި ޔޫއެސް މެރިން ކޯރ ފޯސަސް، ޕެސިފިކްގެ ކޮމާންޑަރ، ލެފްޓިނެންޓް ޖެނެރަލް ސްޓީވެން އާރް ރަޑަރއާއެކު ބައިލޭޓްރަލް މީޓިންގތަކެއް ބާއްވަވާފައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖަޕާނަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް ހަސަން ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

20 މެއި 2020

ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީން އޭޝިއާ ޕެސިފިކް ފޯރަމްގައި ބައިވެރި ވެއްޖެ

20 މެއި 2020
ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީން އޭޝިއާ ޕެސިފިކް ފޯރަމްގައި ބައިވެރި ވެއްޖެ
25 އޮކްޓޯބަރު 2019

މިއަހަރުގެ 4 ވަނަ ޔޫތް ލީޑަރސް ފޯރަމް މަތިވެރީގައި ފަށައިފި

25 އޮކްޓޯބަރު 2019
މިއަހަރުގެ 4 ވަނަ ޔޫތް ލީޑަރސް ފޯރަމް މަތިވެރީގައި ފަށައިފި
21 އޮކްޓޯބަރު 2019

އިންޑިއާގައި ކުރިއަށްދިޔަ "އެކްސަސައިޒް އެކުވެރިން 2019" ގެ ތަމްރީނުތައް ނިންމާލައިފި

21 އޮކްޓޯބަރު 2019
އިންޑިއާގައި ކުރިއަށްދިޔަ "އެކްސަސައިޒް އެކުވެރިން 2019" ގެ ތަމްރީނުތައް ނިންމާލައިފި
20 ސެޕްޓެމްބަރު 2019

އޭޝިއާ ޕެސިފިކް ކޮންފަރެންސްގައި ޖެންޑަރ މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެއްޖެ

20 ސެޕްޓެމްބަރު 2019
އޭޝިއާ ޕެސިފިކް ކޮންފަރެންސްގައި ޖެންޑަރ މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެއްޖެ
15 މާރިޗު 2019

އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަންގެ ވައިސް ޗެއަރ ޕާރސަންއަކަށް ހަސަން ލަތީފް ހޮވިވަޑައިގެންފި

15 މާރިޗު 2019
އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަންގެ ވައިސް ޗެއަރ ޕާރސަންއަކަށް ހަސަން ލަތީފް ހޮވިވަޑައިގެންފި
22 ފެބުރުއަރީ 2019

ޔޫތް ލީޑަރސް ނެޓްވޯކްގެ ބައްދަލުވުން އިފްޠިތާހުކޮށް ދެއްވައިފި

22 ފެބުރުއަރީ 2019
ޔޫތް ލީޑަރސް ނެޓްވޯކްގެ ބައްދަލުވުން އިފްޠިތާހުކޮށް ދެއްވައިފި
20 ޑިސެމްބަރު 2018

ތިން ވަޒީރުން ޖަޕާނުގައި ބިޒީ ދުވަހެއް

20 ޑިސެމްބަރު 2018
ތިން ވަޒީރުން ޖަޕާނުގައި ބިޒީ ދުވަހެއް
07 އޮކްޓޯބަރު 2018

ޔޫކޭ ގެ ފޮރިންގް އެންޑް ކޮމަންވެލްތް އޮފީސް ފޯ އޭޝިޔާ އެންޑް ދަ ޕެސިފިކް މާރކް ފީލްޑް ރާއްޖެވަޑައިގެންފި

07 އޮކްޓޯބަރު 2018
ޔޫކޭ ގެ ފޮރިންގް އެންޑް ކޮމަންވެލްތް އޮފީސް ފޯ އޭޝިޔާ އެންޑް ދަ ޕެސިފިކް މާރކް ފީލްޑް ރާއްޖެވަޑައިގެންފި
06 ޖެނުއަރީ 2018

ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރާ މަސައްކަތުގައި ޖަޕާނުގައި އެހީއަށް އެދިއްޖެ

06 ޖެނުއަރީ 2018
ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރާ މަސައްކަތުގައި ޖަޕާނުގައި އެހީއަށް އެދިއްޖެ
22 ނޮވެމްބަރު 2017

އައްޑޫ ސިޓީގައި ކުރިއަށްދިޔަ އޮޕަރޭޝަންގައި 410 އުޅަނދު ބަލާ ފާސްކޮށްފި

22 ނޮވެމްބަރު 2017
އައްޑޫ ސިޓީގައި ކުރިއަށްދިޔަ އޮޕަރޭޝަންގައި 410 އުޅަނދު ބަލާ ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް