Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒުގެ ވީޑިއޯއިން މިފަހަރުވެސް ހޫނުފެނަށް

ގިނަބަޔަކު ބުނީ މިއީ މުއިއްޒު އުފެއްދި ބޮޑު ފިތުނައެއް ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ޖޫން 2022 | އާދީއްތަ 04:47
ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު

ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރަކީ ދޭތެރެ ދޭތެރެއިން ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ހިމަނައިގެން މޮޅު ޓްވީޓެއް ކުރައްވާ ބޭފުޅެކެވެ.

އަންނަން އޮތް ރިޔާސީ އިންތިޚާބަށް ފައި ނަންގަވައިގެން ހުންނެވިކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ތުހުމަތު ކުރާ މުއިއްޒު އަނެއްކާވެސް އެފަދަ ޓްވީޓެއް ކުރައްވައިފިއެވެ. މުއިއްޒު ޓުވީޓް ކުރެއްވި ވީޑިއޯއަކުން ފެންނަނީ މިސްކިތުގެ ނަމާދު ކުރާ ބައިގައި ބިދޭސީން ގޮދަޑި އަޅައިގެން ތިބި ތަނެވެ. މިސްކިތުގެ ފެންޑާ ތެރެ އާއި ގޯތި ތެރޭގައި ރޯނު ދަމައިގެން އަންނައުނު ހިއްކަން އަޅާފައި ހުރިއިރު، ތުވާލި އަނދެގެން ބައެއް ބިދޭސީން އުޅޭ މަންޒަރު ވެސް ފެނެ އެވެ. މިއީ ކޮން ރަށެއްގެ ކޮންތަނެއްގެ މިސްކިތެއް ކަމެއް މުއިއްޒު ހާމަކުރައްވާފައެއް ނުވެއެވެ.

އިސާހިތަކު މުއިއްޒުގެ މި ޓްވީޓާއެކު ސަރުކާރާ އިދިކީލި މީހުންގެ ނުރުހުން ސަރުކާރަށް ފާޅުކުރަން ފެށިއެވެ. ކިއުނުހާ އެއްޗެއް ކިޔައި ގޮވުނުހާ އެއްޗެއް ގޮވާން ފެށިއެވެ. ޕީޕީއެމްގެ އިންޑިއާ އައުޓް ކެމްޕޭނާވެސް ވަރަށް ރަނގަޅަށް ގުޅުވާލިއެވެ.

ދެންވީ މުޅިން އެހެން ގޮތެކެވެ. ހަޤީގަތް ހާމަވުމުންނެވެ. މުއިއްޒު އެވިދާޅުވާ މިސްކިތްހުރި ރަށުގެ ކައުންސިލުން ބަޔާން ނެރެ ރަނގަޅަށް ބަސްބުނީތީއެވެ.

ފ ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލްހަމީދު އާދަމް ވިދާޅުވެފައިވަނީ އެރަށުގައި ނަމާދުކުރަމުން ދިޔަ 300 މީހުންގެ ޖާގައިގެ މިސްކިތުގައި 2017 އިން ފެށިގެން ނަމާދުކުރުން ހުއްޓާލީ މިސްކިތުން ގަބުރު ފެންނާތީ ރައްޔިތުންގެ ޝަކުވާތަކާ ހެދި ކަމަށެވެ. ނަމާދުކުރަން އާ މިސްކިތެއް ހެދުމަށް ފަހު، ގަބުރު ފެނުނު ތަން މިސްކިތުގެ ދަފްތަރުން ވެސް އުވާލާފައިވާތާ ހަތަރު އަހަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަމާދުކުރުން ހުއްޓާލައި އެތަން ބޭނުންކުރަން މަސައްކަތްކުރީ، ގުރުއާން ކްލާހެއްގެ ގޮތުގަ އެވެ. އެކަމަކު، އެ އަތޮޅު ނިލަންދޫން މީހަކު ގެންގޮސްގެން ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ގެންދެވޭ ގޮތެއް ނުވުމުން، އެކި ބޭނުންތަކަށް ބާ މިސްކިތުގެ އިމާރާތް ބޭނުންކުރަން ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ. އެކި ބޭނުންތަކަށް އެތަން ބޭނުންކުރަމުންދާއިރު ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މިސްކިތް މިހާރު ދޫކޮށްފައި ވަނީ އެ ރަށުގެ ނަރުދަމާ އަޅާ ކުންފުންޏަކަށް ކަމަށާއި ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކުރި ކުންފުނީގެ ބަޔަކު ވެސް އެ އިމާރާތުގައި ދެ އަހަރުވަންދެން ތިބުމަށްފަހު ދިޔައީ މީގެ ދޮޅު މަހެއްވަރު ކުރިން ކަމަށެވެ. މުސްލިމުންނާއި މުސްލިމް ނޫން މީހުން ވެސް އެތަނުގައި ތިބިއިރު، އެއްވެސް ބައެއްގެ ފަރާތުން ނޭދެވޭ އަމަލެއް އަދި ރަށުގެ ބަޔަކު ހިތްހަމަނުޖެހޭ ކަމެއް މިހާތަނަށް ނުފެންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.

ދެނެކާ ދެނެއް ނެތެވެ. މިހާހިސާބުން މުޅި ރާގު ބަދަލުވިއެވެ. ކުރަމުން އައި ކޮމެންޓްތައް މުޅިން އިދިކޮޅަށް ޖެހިއެވެ. މުއިއްޒު މަޝްހޫރު ވެލާން ނުވަތަ އެހެން ކޮންމެވެސް މުހުތާދަކަށް ދޫކޮށްލި ވީޑިއޯގެ ހަޤީގަތް ހާމަވުމުން މުއިއްޒުގެ ވީޑިއޯއާހުރެ ސަރުކާރަށް ގޮވަމުންދިޔަ ގޮވެލި ފައްޗަށްވުރެ ގިނަ އެއްޗެހި ސީދާ މުއިއްޒަށް އަމާޒުވިއެވެ." "ފާސިގަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ އޭގެ ދޮގުތެދު ބެލުމަށް ﷲ އަންގަވާފައިވަނީ މިހެންވީމާ" ކަމަށް މީހަކު ބުނެފައިވާއިރު މިހާރުވިސް ތަފާތު ނަންނަމުން ބައެއް މީހުން މުޚާތަބު ކުރަމުންދާ މުއިއްޒަށް އަނެއްކާވެސް އިތުރު ލަގަބެއް ނުވަތަ ލަގަބުތަކެއް ދޭން ފެށިއެވެ.

"މިފަހަރު މުޢިއްޒުއަށް މިޖެހުނީ ވަރަށްބޮޑު ބޮޅެއް! ރީތިވެއްޖެނު! ތަންދޮރުނުބަލައި އަދިވެސް ފިތުނަ އުފެއްދޭތޯ ބަލާ! ދުނިޔޭގައިވެސް އާޚިރަތުގައިވެސް އެކަމުގެ އަސަރުކުރާނެ. ރައީސް ޔާމީނަށް 2023 ކާމިޔާބުކޮށްދޭން ކުރިކަމެއްކަމުގައިވާނަމަ، ވަރަށް ނުރަނގަޅު އަސަރު ކުރާނެ. ސަޕޯޓަރުން ވިސްނާނެ. ދައުލަތެއްގެ މަތިފަޑީގައި މިކަހަލަމީހުން ބައިތިއްބަން ހެޔޮނުވާނެ. މީނަގެ މިކަހަލަ ކަންތައް ރައީސް ޔާމީނަށް ކަމުދަނީ ކީއްވެބާ؟" އޮންލައިން މީޑިއާއެއްގައި ކޮމެންޓް ކުރި ޢާއްމުންގެ މީހަކު ބުންޏެވެ.

މުއިއްޒުއަށް ވޯޓު ދިންކަމަށް ބެލެވޭ މީހަކު ބުނީ މުއިއްޒު ވަރަށް ފީކަޅާ މީހަކަށް ވެއްޖެ ކަމަށާއި މޭޔަރުކަމަށް ވޯޓު ދެވުނީތީ ދެރަވާ ކަމަށެވެ.

"މި މުއިއްޒު ވެއްޖޭ ހާދަހައި ފީކަޅާމީހަކަށް. އަބަދުވެސް ފެންނަނީ ކޮންމެވެސް ދޮގެއް ހަދައިގެން ނަމަވެސް ފިތުނައެއް އުފެއްދޭތޯ. ކަމެއް ރަނގަޅުކުރެވޭތޯ އެއްކަމެއްވެސް ކުރާތަނެއް ނުފެނޭ. ޚާއްސަކޮށް ޔާމީނު ގެއަށް ދޫކޮށްލިފަހުން. ދެރަވޭ މިވަރުގެ މީހަކަށް މޭޔަރުކަމުގެ ވޯޓް ދެވުނީތީ. މާލޭގެ މޭޔަރުކަން ކުރެވޭ ވަރަށްވުރެ ސުމެއްގެ މީހެއް." އޭނާ ބުންޏެވެ.

މުއިއްޒުއަށް އެހާބޮޑަށް ފާޑުކިއުން އަމާޒުވީ މުއިއްޒުގެ ސަރުކާރުގައި އުވާލާފައި އޮތް ތަނަކަށް ވުމުންނެވެ. އެވަރުވެސް ނޭނގުނީތީއެވެ. ރަށު ރައްޔިތުންވެސް ޤަބޫލުކުރާ އަދި ކައުންސިލުން ބުނެފައިވާ ގޮތުގައި އެތަން މިސްކިތުގެ ދަފްތަރުން އުނިކުރީ 2017 ވަނަ އަހަރުއެވެ. އެއީ މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި ރައީސް ޔާމީނުގެ ވެރިކަމުގައެވެ.

މުއިއްޒުގެ މި ޓްވީޓާއެކު އެންމެ ބޮޑަށް ފާޑުކީ މީހުން މިފަހަރު މުއިއްޒު ސިފަކުރީ ފިތުނަ އުފެއްދުމުގައި އަރާހުރި މީހެއްގެ ގޮތުގައެވެ. އޭގެ ބައެއް ކޮމެންޓްތަކަށް ބަލާލާއިރު އެކަކު ބުނީ "މުއިއްޒު ދީނޭ ކިޔައިގެން ދިވެހިންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން ކުރި މަސައްކަތް ފެނިފައި މަހަމަ އަންތަރީސްވެއްޖެ!" ކަމަށެވެ.

"ހާދަބޮޑު ފިތުނަގަނޑެކޭ މޭޔަރު މިއުފައްދާލީ. ރަނގަޅުތާ! 5 ވަރަކަށް ގަޑިއިރަށް ރާއްޖޭގެ ރައްޔިތުންނާ މިސްކިތް ހުރި ރަށާ ޖައްސާލައިފިވިއްޔަ." އެހެންމީހަކު ބުންޏެވެ.

"ދޭތެރެ ޖެއްސުމާ ފިތުނަ ހެދުމުން މީހަކަށް އެވޯޑެއް ލިބޭ ނަމަ ގައިމު މުއިއްޒަށް ދޭންޖެހޭ.." ކަމަށްވެސް މީހަކު ބުންޏެވެ.

ޔާމީނުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް ނަގައި އެތަނުގައި އައިސް ޕާކެއް ހެދި ހެދުމަށް އިޝާރާތްކޮށް މީހަކު ބުނީ "މިސްކިތެއްނަގާ އެއްލާލާފަ އައިސް ޕާކެއް އެޅި މީހާ ކަންތައް ބޮޑުކޮށްލީ 2023 އޭނާ އެއްކުރާ ވޯޓަކައްޓަކާ" ކަމަށެވެ.

އަދި ކޮމެންޓްކުރި މީހަކު "މުއިއްޒަކީ ފިތުނައިގެ އައްޕަ" ކަމަށް ބުނެ ވަރުގަދަ ލަގަބެއް ދިނެވެ.    

ކޮންމެއަކަސް މިފަހަރުވެސް މިކުރެއްވި މޮޅު ޓްވީޓުން މިގޮވީ އަތަށެވެ. މަޝްހޫރުވާން ނަމަވެސް ނުވަތަ ސަރުކާރަށް ފާޑުވިދާޅުވާން ނަމަވެސް މިކުރެއްވި ކަމަކުން މީހުންގެ ތާއީދަށްވުރެ ބޮޑަށް ކުރިމަތިލާން ޖެހުނީ މީހުންގެ ނުރުހުމާއެވެ. މީހުން އެރީ ރަތަށެވެ. ވެއްޓުނީ ހޫނުފެނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚުދުމުޚުތާރު ވެރިއެއްގެ ސަބަބުން މަޖިލީހުގައި ތަޅު އެޅުވުނަސް، މުއިއްޒުގެ ގާނޫނީ ހައިސިއްޔަތު ބަދަލެއްނުވާނެއެވެ!

ޚުދުމުޚުތާރު ވެރިއެއްގެ ސަބަބުން މަޖިލީހުގައި ތަޅު އެޅުވުނަސް، މުއިއްޒުގެ ގާނޫނީ ހައިސިއްޔަތު ބަދަލެއްނުވާނެއެވެ!

26 އޮކްޓޯބަރު 2023
މުއިއްޒުގެ ވައުދުފުޅުތައް ބޮޑު ޖޯކަކަށް

މުއިއްޒުގެ ވައުދުފުޅުތައް ބޮޑު ޖޯކަކަށް

17 ސެޕްޓެމްބަރު 2023
މާލެ ސާފުކުރުމުގެ ނަމުގައި މުއިއްޒުގެ ޖީބަށް ބަރުވާ ޕްރޮޖެކްޓް

މާލެ ސާފުކުރުމުގެ ނަމުގައި މުއިއްޒުގެ ޖީބަށް ބަރުވާ ޕްރޮޖެކްޓް

09 ސެޕްޓެމްބަރު 2022
ޔާމީން މޮޅުވާހަކައެއް ދައްކަވަން އުޅުއްވައިގެން މިފަހަރުވެސް އަތަށް...

ޔާމީން މޮޅުވާހަކައެއް ދައްކަވަން އުޅުއްވައިގެން މިފަހަރުވެސް އަތަށް...

22 މެއި 2022
މިސްކިތް މަރާމާތުކުރާނެ ޓެލެތޯނާއި މުއިއްޒުގެ 0.6 އެނިވާސަރީ

މިސްކިތް މަރާމާތުކުރާނެ ޓެލެތޯނާއި މުއިއްޒުގެ 0.6 އެނިވާސަރީ

06 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު