Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުފެށުން

މަންމަމެންގެ ބުރަކައްޓަށް ލުއިވެގެންދިޔައީ އާއްމުވެގެން ދިޔަ އަސަރު ގަދަ ވީޑިއޯއިން!

ވީޑީއޯ އާއްމުވީ ސެޕްޓެންބަރު މަހުގެ 28 ގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2021 | ހުކުރު 07:01
މަންމައަކު އޭނާގެ ދަރިފުޅު ބުރަކަށީގައި އުފުލާ ވީޑިއޯގެ ސްކްރީން ޝޮޓެއް،

މަންމައަކު އޭނާގެ ދަރިފުޅު ބުރަކަށީގައި އުފުލާ ވީޑިއޯގެ ސްކްރީން ޝޮޓެއް،

ދިރިއުޅުމަށްޓަކައި ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތަކާ ނުލާ ވެސް ބައެއް އާއިލާތަކުން ވަނީ ހިޔާ ފްލެޓްތަކަށް ބަދަލުވެފައެވެ. ސަބަބެއް ނެތިއެއް ނޫނެއެވެ. މާލޭގައި ދިރިއުޅޭ ބަންދުވެފައިވާ ކުޑަކުޑަ އެޕާޓްމެންޓުން ނުކުންނަން ބޭނުންވާތީއެވެ. ބޮޑު ކުލިން ސަލާމަތްވާށެވެ. ބައެއް ޚިދުމަތްތަކާ ނުލައި ވެސް ހިތް ހަމަޖެހޭ ދިރިއުޅުމެއް އުޅުމުގެ އުންމީދުގައެވެ. ކޮންމެހެން ބޭނުންވާ ބައެއް ޚިދުމަތްތައް ނުލިބުނު ކަމުގައި ވީނަމަވެސް ހިޔާ ފްލެޓުގައި އެ އާއިލާތަކުން ދިރިއުޅެމުން ދަނީ އުފަލުންނެވެ. ނަމަވެސް އެމީހުން އުފުލަން ޖެހޭ ތަކުލީފުތަކާއި ޝަކުވާތައް ގިނަގުނައެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވަނީ ބަހުގެ ޚިދުމަތް ނުލިބުމެވެ. އެޝަކުވާ ކުރަމުންދާތާ މަސްދުވަސްވާން ކައިރިވެފައިވަނިކޮށް އަސަރު ގަދަ ވީޑިއޯއެއް ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެވީޑިއޯއިން ފެންނަނީ ދަރިފުޅަށްޓަކައި މަންމައަކު ގުރުބާންވާ ތަނެވެ. މެންދުރުގެ ހޫނުގަދަ ވަގުތު މަންމައަކު ހިޔާ ފްލެޓަށް ދަަނީ ދަރިފުޅު ބުރަކަށިމަތީގައި ބާއްވައިގެންނެވެ. އަދި ކުއްޖާ ޔުނީފޯމްގައި ހުރުމުން ސްކޫލުން ގެއަށް ދަނީކަން އެނގިގެންދެއެވެ. މިއަސަރު ގަދަ ވީޑިއޯއިން ހިތަށް އަސަރު ނުކުރާ މީހަކު ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލެއް ނުހުންނައިރު، އެ މަންމަ ދަރިފުޅަށްޓަކައި ވަމުންދާ ގުރުބާނީއަށް އެތައް ބަޔަކު ތައުރީފްކޮށްފައިވެއެވެ. މީގެ އިތުރުން ބަހުގެ ޚިދުމަތް ގާއިމްކުރުމަށް ގޮވާލައި ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވެސް އަމާޒު ވެގެންދިޔައެވެ.

ވީޑިއޯ އާއްމުވެ މާގިނައިރުތަކެއް ނުވެ، ގިނަ ބަޔަކު އެ މަންމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވިއެވެ. އެގޮތުން ބައެއް މީހުން ވޮލެންޓިއަރކޮށް ދަތުރުތައް ކޮށްދިނުމަށް އަތުކުރި އޮޅާލިއެވެ. މިކަމާ ގުޅިގެން ހިޔާ ޔޫނިއަންގެ ފަރާތުން އެ އާއިލާއާ ބައްދަލުކޮށް ހާލު ބަލާފައިވާއިރު، ޔޫނިއަން މެދުވެރިކޮށް ހެޔޮއެދޭ ފަރާތަކުން ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު އެ މަންމައަށް ސައިކަލް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

މިލިބުނު އެހީތެރިކަމާއެކު މިއަދު އެ މަންމައަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމާ މެދު ޝައްކެތް ނެތެވެ. ނަމަވެސް މިފަދަ ގޮތަކަށް ދިރިއުޅޭނެ އެތައް މަންމައަކާއި، އެތައް ބައްޕައެއް ތިބޭނެއެވެ. އެހެންކަމުން އަސްލު މައްސަލައަށް ހައްލު ހޯދައިދިނުމަށް އެކި ފަރާތްތަކުން ގޮވާލިއެވެ. އަދި ހިޔާ ޔޫނިއަން ބުނެފައިވަނީ ބަހުގެ ޚިދުމަތްތައް ހަމަނުޖެހި، ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހެނީ ބައެއްގެ އިހުމާލުން ކަމަށެވެ. އެހެންކަމުން އިހުމާލެފައިވާ މީހުން މިކަމުގެ ޒިންމާ ނަގައި، މަގާމުން ދުރަށް ދިއުމަށް ގޮވާލާފައިވެއެވެ.

މައްސަލަ ފެންމެތިވެ، ރައްޔިތުން އިންތިހާއަށް ރުޅި ގަދަވެފައި ވަނިކޮށް މުޅި މައްސަލަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން މިވަނީ ހައްލު ހޯދައިދީފައެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށް، ސަރުކާރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި އެ ކުންފުނި ގުޅިގެން ކުރެވުނު މަޝްވަރާތަކަށްފަހު ފަށާފައިވާ މަސައްކަތެއް ކަމަށެވެ. 1 އޮކްޓޯބަރުން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސައް ބަސް ދަތުރުތައް ބާއްވާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެގޮތުން ބަސް ރޫޓަށް މިހާރު ވަނީ ބަދަލުތަކެއް ބަދަލު ގެނެސްފައެވެ. އެގޮތުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ މި ބަސް ރޫޓުން ވެސްޓް ޕާކް ބަސް ރޫޓާއި، ކާރނިވަލް ރޫޓާއި ވީއައިއޭ ބަސް ރޫޓުގެ އިތުރުން ހުޅުމާލެ ފެރީއާއި ގުޅުވައިދޭ ބަސްހުއްޓިތަކަށް ހުއްޓާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަަދި ފެރީ ދަތުރުތައް އޮންނާނެ ގަޑިތައް ވެސް އެމްޓީސީސީން ވަނީ އާންމުކޮށްފައެވެ.

މި ޚިދުމަތަށް އަގުގެ ގޮތުގައި ނަގާނީ 5 ރުފިޔާ އެވެ. މި ޚިދުމަތް ފޯރުކޮށްދިނުމުގެ އަމާޒަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި ޚިދުމަތް ފުޅާކޮށް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެހެންކަމުން ބަހުގެ ޚިދުމަތާއެކު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރު އެންމެހައި ކަންކަން ފަސޭހަވެގެން މި ދިޔައީ ސޯޝަލް މީޑީއާގައި އާއްމުވެގެންދިޔަ ވީޑިއޯއާ ގުޅިގެންނެވެ. ނަމަވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި މުއައްސަސާތަކުން ޒިންމާދާރުވެ، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދޭން ޖެހެއެވެ. ރައްޔިތުންނަށް ޚިދުމަތްކުރަން ތިއްބަވާ ބޭފުޅުން ރައްޔިތުންގެ ޝަކުވާ ގާތުން އަޑުއަހައި އަވަހަށް އެކްޝަން ނެގެން އެބަ ޖެހެއެވެ. ޓްވީޓެއް ނުވަތަ ވީޑިއޯއެއް އާއްމުވުމާއެކު މައްސަލަތަކަށް ހައްލު ލިބޭ ކަމަށްވާނަމަ، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަސްއޫލިއްޔަތާ މެދު ސުވާލު އުފެދޭ ނޫންތޯއެވެ.!

ބަސްހިޔާ ފްލެޓްއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު