Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް

ޗެސް މުބާރާތާއެކު އުކުޅަހަށް ބޮޑު ކުރިއެރުމެއް

އުކުޅަހުގެ ޒުވާން ޖީލަށް ރަނގަޅު ތަޖުރިބާއެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 19 ޖޫން 2022 | އާދީއްތަ 02:03
ޝައުކަތު އިބްރާހިމް | އުކުޅަހު ކައުންސިލްގެ ރައީސް

ޝައުކަތު އިބްރާހިމް | އުކުޅަހު ކައުންސިލްގެ ރައީސް

މިހާރު ކުރިއަށްދާ ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ގިނަ ބަޔަކަށް އޭގެން ފައިދާ ކުރާނެ މުބާރާތެކެވެ. ފުރަތަމަ ކަމަކީ މުބާރާތާއެކު ރާއްޖޭގެ ޗެސް އެސޯސިއޭޝަން އަދި ކުޅުންތެރިންނަށް ލިބިގެންދާ ކުރިއެރުމެވެ. ކުޅިވަރުގެ އިތުރުން މިއީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ބޮޑު ފައިދާއެއް ކުރާނެ މުބާރާތެކެވެ. އއ. އުކުޅަހުގެ އަތިިރިމަތީގައި ބާއްވާ ބީޗް ބްލިޓްޒް ރައުންޑުގެ ސަބަބުން ރާއްޖެ އިޝްތިހާރުވެ، އޭގެ މަންފާ ދިވެހިންނަށް ކުރާނެކަން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފުވެސް ފާހަގަކުރެއްވިއެވެ.

މިހާ ހިސާބުން މިވާހަކަ އަދި ނިންމާލެވޭކަށް ނެތެވެ. މި މުބާރާތާއެކު އުކުޅަހަށް ބޮޑު ކުރިއެރުންތަކެއް އަންނާނެކަން ގައިމެވެ. ރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވެސް އެކަން ފާހަގަކުރެއްވިއެވެ. ޝައުކަތު ވިދާޅުވީ ފަތުރުވެރިކަމަކީ އުކުޅަހަށް އާމްދަނީ ވަންނަ މައި ދޮރުކަމަށް ވާއިރު، މިފަދަ ބޮޑު ބައިނަލްއަގްވާމީ މުބާރާތެއް އުކުޅަހުގައި ބޭއްވުމުން ރަށުގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ހެޔޮ އަސަރެއް ކުރާނެ ކަމަށެވެ.

މި މުބާރާތާއެކު އެންމެ ބޮޑު ފައިދާއެއް ހަގީގަތުގައިވެސް ކުރާނީ އުކުޅަހުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. ފަތުރުވެރިކަމުގެ އޮފް ސީޒަނުގައިވެސް ރަށުގެ ގެސްޓު ހައުސްތައް ފުރާލުމަކީ މީގެ ހެއްކަކަށް ފުދޭނެއެވެ. މުބާރާތާއި ދިމާކޮށް ގިނަ އަދަދެއްގެ މީހުން ރަށަށް އެރުމަކީ ކެފޭ ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުގެ ޖީބަށްވެސް ބަރުކޮށްލާނެ ކަމެއްކަން ގައިމެވެ.

މި މުބާރާތާއެކު އުކުޅަހަށް ފައިދާ ކުރަނީ މާލީ ގޮތުން އެކަންޏެއް ނޫނެވެ. ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕަކީ ރަށުގެ ޒުވާން ޖީލަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ މުބާރާތެކެވެ. މުބާރާތް ހިންގުމުގައި އިސްވާރުންގެ ގޮތުގައި މިއަހަރު އޯލެވެލް ނިންމާލި ގިނަ ކުދިންތަކެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ ކުރިމަގުގައި މަސައްކަތުގެ ދާއިރާއަށް ނިކުންނަން ބެލި ކަމުގައިވިޔަސް އެކުދިންނަށް ލިބޭނެ އަގުހުރި ތަޖުރިބާއަކަށް ވާނެކަން ޔާގީނެވެ.

މިފަދަ ބޮޑެތި މުބާރާތްތައް އުކުޅަހުގައި ބޭއްވުމަށް އޮތް އެންމެ ބޮޑު ފާލަކީ ރަށުގައި ގާއިމުކޮށްފައިވާ ކޮންވެންޝަން ސެންޓަރެވެ. މި ސެންޓަރުގެ ބޭނުންކޮށްގެން އުކުޅަހުގެ ކައުންސިލުން މިހާރު އަންނަނީ ބިޒްނަސް ޑިވެލޮޕްމެންޓް ޔުނިޓެއް ހަދާ، އޭގެން ރަށަށް އާމްދަނީ ވަންނާނެ މަގުތައް ކޮށަމުންނެވެ. މިކަން ކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އެރަށުގެ ރައްޔިތުންގެ ފަރާތުންނެވެ.

ޝައުކަތު އިތުރަށް ވިދާޅުވީ މި މުބާރާތް ފުރިހަމައަށް ގެންދިއުމަށްޓަކާ މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް އެހީތެރިވުމަށް މުޅި ރަށް އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން، ރަށުގެ ގެސްޓު ހައުސްތަކުން ފެށިގެން ޖުމްލަކޮށް މުޅިން ރަށުން އެސޯސިއޭޝަނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަން ޝައުކަތު ފާހަގަކުރެއްވިއެވެ.

މިފަދަ ބޮޑު މުބާރާތެއް އުކުޅަހުގައި ބޭއްވުމަކީ މުސްތަގުބަލުގައި ބޮޑެތި ހަރަކާތްތައް އެރަށުގައި ކުރިއަށް ގެންދިއުމަށް ކޮށިގެންދާ ރަނގަޅު މަގެކެވެ. މިފަދަ ފުރުސަތެއް ދެއްވިކަމަށްޓަކާ ޝައުކަތުވަނީ ޗެސް އެސޯސިއޭޝަން އަދި ޔޫތު މިނިސްޓްރީއަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު