Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓް

ފްލޯޓިންގ ބްރެކްފާސްޓުގެ ދިފާއުގައި ދިވެހިން!

18 ޖޫން 2022 | ހޮނިހިރު 04:07

އިންޑިއާގެ ފިލްމީތަރި އަދި ކޮމީޑިއަން، ވީރު ދާސް ވަނީ ރާއްޖޭގެ ފްލޯޓިންގ ބްރެކްފާސްޓަށް ފާޑުކިޔާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ޖޫން 2022 | ހޮނިހިރު 04:07
ރިސޯޓެއްގެ ޕޫލެއްގައި މީހަކު ފްލޯޓިންގ ބްރެކްފާސްޓާއެކު

ރިސޯޓެއްގެ ޕޫލެއްގައި މީހަކު ފްލޯޓިންގ ބްރެކްފާސްޓާއެކު

ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ އެކި ކަންކަން ކަމުދެއެވެ. ރީތި ގޮނޑުދޮށާއި މޫދާއި ރިސޯޓުގެ ވިލާތައް މީގެ ތެރޭގައި ހިމެނެއެވެ. ފަހަކަށް އައިސް އެންމެ ބޮޑަށް މަޝްހޫރުވެފައިވާ އެކައްޗަކީ ރާއްޖޭގެ "ފްލޯޓިންގ ބްރެކްފާސްޓް"އެވެ. ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ގިނަ ފަތުރުވެރިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި، ޕޫލުގައި ފްލޯޓިންގ ބްރެކްފާސްޓަކާއެކު ނަގާފައިވާ ފޮޓޯއެއް އޮތުން މަޖުބޫރު ފަދައެވެ. މިއީ މިހާރު ދިވެހިންގެ ފަތުރުވެރިކަމާ ގުޅިފައިވާ އެއްޗަކަށްވާއިރު، ފްލޯޓިންގ ބްރެކްފާސްޓަށް ފާޑުކިޔުމުން ދިވެހިން ހަނު ނުތިބޭނެކަން ހާމަވެއްޖެއެވެ.

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރެއް ކަމަށްވާ ވީރު ދާސް އޭނާގެ ޓްވިޓަރގައި "ބްރެކްފާސްޓް އިން ދަ މޯލްޑިވްސް" ޖަހައި ހިއްސާކުރި ޕޯސްޓް ދިވެހިންނަށް ބަލައެއްނުގަނެވުނެވެ. އެއީ އެ ޕޯސްޓުގައި އޭނާ ރާއްޖެއަށް އަމާޒުކޮށް ފްލޯޓިންގ ބްރެކްފާސްޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާތީއެވެ.

ވީރު ދާސްގެ ޕޯސްޓުގައި ވަނީ، ރާއްޖޭގެ ރިސޯޓުތަކުގެ ޕޫލުގައި ފްލޯޓިންގ ބްރެކްފާސްޓް ދޭއިރު އެއާއެކު ޓޯސްޓް ފޮނުވަނީ ކީއްވެތޯ ސުވާލުކޮށް، އޭގެ ސަބަބުން ޓޯސްޓުގެ ކުނޑި ޕޫލަށް އެޅި ލޮލަށް އެޅޭ ކަމަށް ބުނެފައެވެ. އަދި ޖޭމް ޕޫލަށް އެޅުމުން އެ ހީވަނީ ޕޫލުގައި އެއްޗެއް މަރުވެފައި އޮންނަހެން ކަމަށާއި، ފްލޯޓިންގ ބްރެކްފާސްޓުގެ ޚިޔާލަކީ ވަރަށް ގޯސް ޚިޔާލެއްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ވަނީ ސޯޝަލް މީޑިއާގައި މީހުންގެ މަގުބޫލުކަން ހޯދަން މިފަދަ "މޮޔަ" ޚިޔާލުތައް އެއްނުކުރުމަށް ރާއްޖެއަށް ގޮވާލާފައެވެ. އަދި ޕޫލުގައި ކާނަމަ ޑައިވްކުރާ ތަންތަނުގައި ބޮޑުކަމުދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ފްލޯޓިންގ ބްރެކްފާސްޓް ބޭނުންވާ މީހުން، ރެސްޓޯރެންރެންޓެއްގައި ކާން ތިބޭއިރު، ކްލޮރިން ފެން އަޅާނެކަމަށް އުއްމީދުކުރާކަމަށާއި ކާށި ކިރަކީ ސީގަލްގެ ބޮޑުކަމުދާ ތަކެތީގެގޮތުގައި އޭނާ ވަނީ ސިފަކޮށްފައެެވެ.

ވީރު ދާސްގެ މި ވާހަކަތަކަށް އިންޑިއާގެ ބައެއް މީހުން ތާއީދުކޮށްފައިވާއިރު، ދިވެހިން ވަނީ އޭނާއަށް ވަރުގަދަ ރައްދުތަކެއް ދީފައެވެ. އެގޮތުން، އޭނާގެ ޓްވީޓަށް ޖަވާބުދީ ގިނަ ދިވެހިން ވަނީ، އިންޑިއާގައި ގެރީގެ ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާތަކެތި އެއީ ތާހިރު އެއްޗަކަށްވެފައި، ފްލޯޓިންގ ބްރެކްފާސްޓް އޭނާއަށް "މޮޔަ" ޚިޔާލަކަށްވި ސަބަބާމެދު ސުވާލުކޮށްފައެވެ. އަދި އޭނާ އެ ޕޯސްޓް ހިއްސާކުރީ މަޖާ ކަމެއް ކަމަށް ދެކިގެން ކަމަށް ވިއަސް، އެ ޕޯސްޓް އެއްވެސް މަޖަލެއް ނޫންކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެ ޕޯސްޓަށް ރިސޯޓް ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުންވެސް ވަނީ ޖަވާބު ދީފައެވެ. އެގޮތުން، ފްލޯޓިންގ ބްރެކްފާސްޓަކީ ކޮމްޕްލިމެންޓްރީ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހަކު ބޭނުންވެގެން އޯޑަރުކުރާ އެއްޗެއް ކަމަށް ވަނީ ބުނެފައެވެ. އަދި ފަތުރުވެރިކަމަކީ ސަރވިސް އިންޑަސްޓްރީއެއް ކަމަށާއި ކަސްޓަމަރު އޯޑަރުކުރާ ކޮންމެ އެއްޗެއް ހޯދައިދޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ކާށި ކިރުގެ ބަދަލުގައި ބޮވެނީ ސީގަލްގެ ބޮޑުކަމުދާތަކެތިކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކަށް ވެސް ގިނަ ބަޔަކު ވަނީ ރައްދު ދީފައެވެ. ސީގަލްއަކީ ރާއްޖޭގައި އޫޅޭ ދޫންޏެއް ނޫންކަމަށާއި، އޭނާއަށް އެހެން ގައުމަކާ ރާއްޖެއާ އޮޅުނީތޯވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އަދި ރާއްޖެއާ ބެހޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ދައްކާއިރު، ރާއްޖެއާގުޅޭ ސައްހަ މައުލޫމާތު ހޯދުމަށް ގިނަ ބަޔަކު ވަނީ އޭނާއަށް އިރުޝާދުދީފައެވެ.

ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ފްލޯޓިންގ ބްރެކްފާސްޓުގެ ދިފާއުގައި ތިބި ނަމަވެސް ބައެއް ދިވެހިން ވީރުދާސްގެ ޕޯސްޓަށް ތާއީދުކުރެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ދައްކާފައި ހުރި ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެކެވެ.

ވީރު ދާސް ރާއްޖޭގެ ފްލޯޓިންގ ބްރެކްފާސްޓަށް ފާޑުކީނަމަވެސް ރާއްޖެއަށް އަންނަ ހުރިހާ ބޮލީވުޑް ތަރިންގެ އިންސްޓަގްރާމުން ފްލޯޓިންގ ބްރެކްފާސްޓުގެ ފޮޓޯ ފެނެއެވެ. ބައެއް މީހުންނަށް ރާއްޖެއަށް އައިސް ފްލޯޓިންގ ބްރެކްފާސްޓެއް ނުނަގާނަމަ ދަތުރު ފުރިހަމަވެސްނުވެއެވެ. އަދި ރާއްޖެއަށް އަންނަ އެއް ސަބަބަކީވެސް ފްލޯޓިންގ ބްރެކްފާސްޓް ކަމަށް ގިނަ ތަރިންތަކެއް ވަނީ ބުނެފައެވެ.

ފްލޯޓިންގ ބްރެކްފާސްޓަކީ ހެނދުނުގެ ނާސްތާ ޕޫލުގައި ކުރުމެވެ. މިއީ ރާއްޖޭގައި އެކަނި ދޭ ޚިދުމަތެއްނޫނެވެ. ދުނިޔޭގެ މަގުބޫލު ފަތުރުވެެރި މަންޒިލްތަކުގައި މި ޚިދުމަތްދެއެވެ.

ފީޗަރ ރިޕޯޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2023

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"
18 ޖުލައި 2023

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!
30 ޖޫން 2023

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި
23 ޖޫން 2023

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟
23 މެއި 2023

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟
27 ފެބުރުއަރީ 2023

ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!

27 ފެބުރުއަރީ 2023
ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!
10 ޖެނުއަރީ 2023

މޫލާފައިވާ ޕެލެޓުތައް!

10 ޖެނުއަރީ 2023
މޫލާފައިވާ ޕެލެޓުތައް!
23 ޑިސެމްބަރު 2022

1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟

23 ޑިސެމްބަރު 2022
1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟
10 ޑިސެމްބަރު 2022

މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!

10 ޑިސެމްބަރު 2022
މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!
07 ނޮވެމްބަރު 2022

"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް

07 ނޮވެމްބަރު 2022
"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް