Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރެކްޝަންސްގެ ތަފާސްހިސާބު

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން މެއި މަހު އެންމެ ގިނައިން ހުކުމްކޮށްފައިވަނީ ޑްރަގްގެ މައްސަލަތަކަށް

17 ޖޫން 2022 | ހުކުރު 03:25

އަހަރެއްގެ މައްޗަށް 400 އާއި 500 ދެމެދުގެ އަދަދަކަށް މީހުން އަލަށް މަސްތުވާތަކެތި ބޭނުންކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ޖޫން 2022 | ހުކުރު 03:25
ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ ހާހަކަށްވުރެ ގިނަ މީހުންގެ ތެރޭގައި ޤަވާއިދުން އެ ޚިދުމަތް ލިބިގަންނަ 14 ކުދިންވެސް ފާހަގަވެފައިވާކަމަށް ފުލުހުން ބުނޭ

ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ ހާހަކަށްވުރެ ގިނަ މީހުންގެ ތެރޭގައި ޤަވާއިދުން އެ ޚިދުމަތް ލިބިގަންނަ 14 ކުދިންވެސް ފާހަގަވެފައިވާކަމަށް ފުލުހުން ބުނޭ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން މެއި މަހު އެންމެ ގިނައިން ހުކުމްކޮށްފައިވަނީ ޑްރަގްގެ މައްސަލަތަކަށް ކަމަށް އެއިދާރާއިން ބުނެފިއެވެ.

ކަރެކްޝަންސުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޑްރަގާއި ގުޅޭ 51.4 އިންސައްތަ މައްސަލައަށް ހުކުމްކޮށްފައިވާއިރު ދެން އެންމެ ގިނައީ ވައްކަމާއި މުދާ ނުހައްޤުން ހޯދުމުގެ މައްސަލަތަކެވެ. އެއީ ދެ މައްސަލަގައި ވެސް 11.4 އިންސައްތައެވެ.

Advertisement - newsAdvertisement

ކޯޓުގެ ހުރުމަތް ކަނޑާލައިގެން 5.7 އިންސައްތަ މައްސަލަގައި ހުކުމްކޮށްފައިވާއިރު ގެއްލުންދީގެން 5.7 އިންސައްތަ މައްސަލަތަކުގައި ވަނީ ހުކުމްކޮށްފައެވެ. އަދި އެހެނިހެން 5.7 އިންސައްތަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ ކަމަށް ވެސް ކަރެކްޝަންސުން ބުނެއެވެ.

މީގެއިތުރުން ޓެރެރިޒަމާއި ބިރުދެއްކުމާއި ހުއްދަނެތި ތަނަކަށް ވަދެގެން 2.9 އިންސައްތަ މައްސަލަތަކުގައި ވަނީ ހުކުމްކޮށްފައެވެ. މެއި މަހު ޖަލަށް 59 މީހުން ގެންގޮސްފައިވާއިރު އޭގެ ތެރެއިން 35 މީހުންނަށް ހުކުމްކޮށްފައިވެއެވެ. އަދި 24 މީހެއްގެ ޝަރީއަތް ނުނިމިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަންސުން ބުނީ 42 މީހެއް މެއި މަހު ޖަލުން ދޫކޮށްފައިވާއިރު 36 މީހުންނަށް ހުކުމްކޮށްފައިވާ ކަމަށެވެ. އަދި 6 މީހެއްގެ ޝަރީއަތް ނުނިމިވާ ކަމަށެވެ. ކަރެކްޝަންސުން ބުނީ ދޫކޮށްފައިވާ 42 މީހުންގެ ތެރޭއިން 26 މީހުން ދޫކޮށްފައިވަނީ ހުކުމުގެ މުއްދަތު ނިމުމުން ކަމަށާއި އެކަކު ދޫކޮށްފައިވަނީ ޕެރޯލްގެ ދަށުން ކަމަށެވެ. އަދި 9 މީހަކު ކްލެމެންސީގެ ދަށުން ދޫކޮށްފައިވާއިރު އަނެއް 6 މީހުން ދޫކޮށްފައިވާ ކޯޓުން އަންގައިގެން ކަމަށެވެ.

ޑްރަގްގެ މައްސަލަތައް މިހާ ގިނަވެފައިވާއިރު އަހަރެއްގެ މައްޗަށް 400 އާއި 500 ދެމެދުގެ އަދަދަކަށް މީހުން އަލަށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.

ސީޕީ ހަމީދު ވިދާޅުވީ ރާއްޖޭގައި ހިންގާ ކުށްތަކުގެ 75 އިންސައްތަ އާއި 85 އިންސައްތައާ ދެމެދުގެ ކުށްތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާ ކަމަށެވެ.

މިކަމުގެ ސީރިއަސް މިންވަރު ހާމަވާ ކަމަށާއި ހުރިހާ މުއައްސަސާތައް ގުޅިގެން މިކަން ހައްލު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ފުލުހުން މިހާތަނަށް ކުރި މަސައްކަތުން 43 ސަރަހައްދެއްގައި މަސްތުވާތަކެތި ވިޔަފާރިއެއްގެ ގޮތުގައި، ރާވައިގެން ޓްރެފިކް ކޮށްގެން ވިއްކުމަށް މީހުން ހަރަކާތްތެރިވާ ކަމަށާއި، އެކި އުމުރުފުރައިގެ މީހުން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވަބާގައި ޖެއްސުމަށް މަސައްކަތް ކުރާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ އަތުލައިގަނެވޭ މަސްތުވާތަކެތި ޤާނޫނުގެ ތެރެއިން އެ އޮންނަ މުއްދަތުގެ ތެރޭގައި ނައްތާލުމަށް ފުލުހުން ޚާއްސަ އިސްކަމެއް ދޭ ކަމަށާއި 2020 ވަނަ އަހަރު 10 އަހަރުގެ ތެރޭގައި ހުރި މަސްތުވާތަކެތި 2018 ވަނަ އަހަރާ ހަމައަށް ހުރީ އެކި ސަބަބުތަކާއި ހުރެ ނައްތާނުލެވި ކަމަށެވެ. އެހެންނަމަވެސް މިއަދު އެ މަސައްކަތް ކުރެވިގެން ދިޔުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ މަސައްކަތުގައި ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުން ދެނެގަނެ އެމީހުން އަތުލައިގަތުމަށް ފުލުހުން ޚާއްސަ އިސްކަމެއް ދޭ ކަމަށާއި، އަންނަ އަހަރު ވެސް މިކަންތައްތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
29 އޮކްޓޯބަރު 2023

ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް

29 އޮކްޓޯބަރު 2023
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް