Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވައި ތަޣައްޔަރުވުން

އުމުރު ކުރުވަނީއެވެ.

ދިއްލީގައި އުޅޭ މީހުންގެ އުމުރު 10 އަހަރަށް ކުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 ޖޫން 2022 | ހުކުރު 02:13
ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސިޓީ ކަމުގައިވާ ނިއު ދިއްލީ

ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސިޓީ ކަމުގައިވާ ނިއު ދިއްލީ

އިންސާނުންގެ ސިއްހަތަކީ ވަރަށް ނާޒުކު އެއްޗެެކެވެ. ކިތަންމެ ކުޑަ ކަމަކުންވެސް ވަރަށް ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެއެވެ. އެއީ އަހަރުމެންނަށް ނޭނގި ކުރެވޭ ކަމަކުން ނުވަތަ އެނގި ތިބެ ކުރެވޭކަމަކުން ވިޔަސް މެއެވެ. މިހެން ބުނީމަ ގިނަ މީހުންގެ ވިސްނުމަށް އަންނާނީ ނުރަނގަޅު އާދަތަކާއި، ނުރަނގަޅު އެއްޗެހި ކެއުން ކަމަށް ވެދާނެއެވެ.

އެހެންނަމަވެސް ދައްކަން މި އުޅެނީ މި ހުރިހާ ކަމަކަށްވުރެވެސް މާ ނުރައްކާތެރި ކަމެއްގެ ވާހަކައެވެ. މިއީ އެކަމަކަށް އަހަރުމެން އެންމެން މިއަދު ހުށަހެޅެމުންދާ ކަމެކެވެ. ކުޑައެއް ބޮޑެއް އިސްތިސްނާ ނުވެއެވެ. އެއީ ވައި ނުސާފުވުމާއި އޭގެ ނުރައްކާތެރި ކަމުގެ ވާހަކައެވެ. މިއީ މިއަދު ހުރިހާ ގައުމަކަށްވެސް ދިމާވެފައިވާ މައްސަލައެކެވެ. އެހެންނަމަވެސް އެކި ގައުމުތަކަށް މިމައްސަލަ ދިމާވެފައިވަނީ އެކި މިންވަރަށެވެ. ނުރައްކާތެރިކަންވެސް ބޮޑުވެފައިވަނީ ވަކި މިންވަރަކަށެވެ.

ގައުމުތައް ތަރައްގީވަމުން އަންނަ ވަރަކަށް އޭގެ ނޭދެވޭ އަސަރު ދުނިޔެއަށް ކުރެއެވެ. މިއީ މިއަދު އެންމެންނަށްވެސް އެނގޭނެ ކަމެކެވެ. ތަނެއް ތަރައްގީވާވަރަކަށް އެތަނެއްގައި އުޅޭ މީހުންގެ އަދަދުވެސް ދުވަހަކަށްވުރެ ދުވަހެއް ދާނީ އިތުރުވަމުންނެވެ. އަނެއްކާވެސް އަންނާނީ އިތުރު ތަރައްގީއެވެ. އަނެއްކާވެސް އަންދަނީ އިތުރު ތެޔޮތަކެކެވެ. ޖައްވަށް ބޭރުވާ ކަޅު ދުން އިތުރުވާނެއެވެ. ނަތީޖާއެއްގެ ގޮތުން އިންސާނުން ދިރިއުޅޭ މާހައުލުގެ ވައި ނުސާފުވެގެން ދަނީއެވެ.

މިވަގުތު ދުނިޔޭގައި އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ގައުމުތަކުގެ ތެރޭގައި، އާބާދީ ބޮޑު ގައުމުތައް ކަމަށްވާ ޗައިނާ، އިންޑިއާ ފަދަ ގައުމުތައް ހިމެނެއެވެ. ވައި ނުސާފުވުމުގެ ނުރައްކާތެރިކަން ހީކުރި ވަރަށްވުރެ މިހާރު މިވަނީ ބޮޑުވެފައެވެ. ދިރާސާތަކުން ދައްކާގޮތުން ވައި ތަޣައްޔަރުވެފައިވާ ތަނެއްގައި ދިރިއުޅޭ މީހުން ދުނިޔޭގައި އުޅޭ މުއްދަތު ކުޑަވެއެވެ. ނުވަތަ އެމީހުންގެ ލައިފް އެކްސްޕެކްޓެންސީ ކުޑަވެގެންދެއެވެ.

ދުނިޔޭގައި މިވަގުތު އޮތް އެންމެ ތަޣައްޔަރުވެފައިވާ ސިޓީ ކަމަށްވާ އިންޑިއާގެ ނިއު ދިއްލީގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު އިންތިހާއަށް ބޮޑުވެ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ލައިފް އެކްސްޕެކްޓެންސީ ގާތްގަނޑަކަށް 10 އަހަރަށް ކުޑަވެފައިވާކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ. އިންސާނުން އާންމުގޮތެއްގައި 72 އަހަރު ވަންދެން ދުނިޔޭގައި އުޅޭނެ ކަމަށް ލަފާކުރެވެއެވެ. މި ދިރާސާއިން ބުނާ ބުނުމަށް ބަލާނަމަ އިންޑިއާގެ ދިއްލީގައި ދިރިއުޅޭ މީހުންގެ އުމުރު 10 އަހަރަށް ކުރުވެގެން ދެއެވެ.

މުޅި ދުނިޔެއަށް ބަލާނަމަ އިންސާނުންގެ އުމުރު 2 އަހަރުން ކުރުވަމުންދާކަމަށް ދިރާސާތަކުން ދައްކައެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު ކުރިއަށްވުރެ ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު ދިރާސާތަކުން ދައްކާގޮތުގައި މި ސަރަހައްދުގެ ހާލަތު މިހާ ގޯސްވެފައިމިވަނީ ކޮވިޑް-19 ޕެންޑަމިކަށް ފަހުއެވެ.

މިކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ހިތާމައަކީ މިއީ ވަގުތުން ވަގުތަށް ހައްލު ގެނެވޭނެ ކަމަކަށް ނުވާތީއެވެ. ތެޔޮ އަންދާ މިންވަރު މަދުކުރަން މަސައްކަތްކުރަމުންދާއިރު މިއީ ކުއްލިއަކަށް ހުއްޓާލެވޭނެ ކަމެއް ނޫނެވެ. މިހާރު ކުރާ މަސައްކަތެއްގެ ނަތީޖާ ފެންނަން ފަށާނީ އެތައް އަހަރެއް ފަހުންނެވެ.

ވައި ތަޣައްޔަރުވުންނިއު ދިއްލީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުމްބާއީގެ ވައި، ދިއްލީގެ ވަޔަށް ވުރެ ގޯސް ވެއްޖެ

މުމްބާއީގެ ވައި، ދިއްލީގެ ވަޔަށް ވުރެ ގޯސް ވެއްޖެ

09 ޑިސެމްބަރު 2022
ވައި ސާފުވާންފެށުމުން ދިއްލީގެ ސްކޫލްތައް އަލުން ހުޅުވަނީ

ވައި ސާފުވާންފެށުމުން ދިއްލީގެ ސްކޫލްތައް އަލުން ހުޅުވަނީ

08 ނޮވެމްބަރު 2022
ކޮވިޑުގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ނިއުދިއްލީގައި މާސްކް އެޅުން މަޖުބޫރު ކޮށްފި

ކޮވިޑުގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ނިއުދިއްލީގައި މާސްކް އެޅުން މަޖުބޫރު ކޮށްފި

22 އެޕްރީލު 2022
ނިއުދިއްލީގެ ވައި ނުސާފުވުމުގެ ސަބަބުން އޮފީސްތައް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތްކުރުމަށް ސްޕްރީމްކޯޓުން އަމުރުކޮށްފި

ނިއުދިއްލީގެ ވައި ނުސާފުވުމުގެ ސަބަބުން އޮފީސްތައް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތްކުރުމަށް ސްޕްރީމްކޯޓުން އަމުރުކޮށްފި

15 ނޮވެމްބަރު 2021
މާލޭގެ ވައި ނުސާފުވުން ބޮޑު މައްސަލައަކަށް ނުވަނީތަ؟

މާލޭގެ ވައި ނުސާފުވުން ބޮޑު މައްސަލައަކަށް ނުވަނީތަ؟

13 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު