Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ އައުޓް ކެމްޕެއިން

އިންޑިއާއަށް ދާ ދިވެހިންނަށް ނިސްބަތްކޮށް "އިންޑިއާ އައުޓް ޕީޕަލް ކަމިންގ" ފަދަ ބަސްތަކުން އިންޑިއާ މީހުން މުޚާތަބުކުރޭ – ކޮމިޓީ ރިޕޯޓް

މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޖޫން 2022 | ބުރާސްފަތި 14:01
ސްކޫލް ސަރަހައްދުތަކުގައި އެގޮތަށް ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައި

ސްކޫލް ސަރަހައްދުތަކުގައި އެގޮތަށް ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައި

ދިވެހިންނަށް ނިސްބަތްކޮށް "އިންޑިއާ އައުޓް ޕީޕަލް ކަމިންގ" ފަދަ ބަސްތަކުން އިންޑިއާ މީހުން ދިވެހިންނާ މުޚާތަބުކުރާކަމަށާއި، އެކަން ހިނގާފައިވަނީ އިންޑިއާގައިކަމަށް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ރިޕޯޓުގައި ބުނެފިއެވެ.

މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ހުށަހެޅުއްވި، "އިންޑިއާ އައުޓް ކެމްޕޭނާއި ގުޅިގެން އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތްކަމެއް ކަމަށްވާތީ"، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށްފަހު އެކޮމިޓީން އާންމުކުރި ރިޕޯޓެކެވެ.

Advertisement - newsAdvertisement

މި ރިޕޯޓުގައި ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި 24 ކަމެއް ވަނީ ހިމަނާފައެވެ. އެގޮތުން އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ހިންގަމުންދާ ހަރަކާތްތަކާ ގުޅިގެން ކޮޗިން އެއަރޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި ތިބި ފަރާތްތަކުން ދިވެހިންނަށް ނިސްބަތްކޮށް، "އިންޑިއާ އައުޓް ޕީޕަލް ކަމިންގ" ފަދަ ބަސްތަކުން މުޚާތަބުކުރިކަމަށާއި، އަދި އިންޑިއާއަށް ކުރި ދަތުރެއްގައި އެރުނު ޓެކްސީއެއްގެ ޑްރައިވަރު، ރާއްޖޭގައި ހިންގާ އިންޑިއާ އައުޓް ހަރަކާތްތަކަށް ނިސްބަތްކޮށް، އިންޑިއާއިން "މޯލްޑިވްސް އައުޓް"ގެ ނަމުގައި ހަރަކާތްތަކެއް ފަށައިފިނަމަ ހަދާނީ ކިހިނެއްތޯ ބުނެ ސުވާލު އުފައްދާފައިވާކަމަށް، އާންމު ފަރާތްތަކުން ކޮމިޓީއާ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕޭން ފުޅާވަމުންދާ ވަރަކަށް، އެކަމުން ދިވެހިރާއްޖެއަށް ކުރާ އަސަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށާއި، އެގޮތުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނާ ދިމާކުރަމުންދާކަން ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާ ޚާބަރުތަކުން އެނގޭކަން އިކޮނަމިކް މިނިސްޓްރީން ފާހަގަކޮށްފައިވާ މައްސަލަ ވެސް ހޯދުންތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ވެސް، އިންޑިއާ އައުޓް ހަރަކާތްތަކަކީ ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތެއް ކަމަށާއި، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާ ކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާ އިންޑިއާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން އެނގޭ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރާއި، 615 ވަނަ މާއްދާގެ (ހ)ގެ (6) ވަނަ ނަންބަރުގެ ދަށުން، މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެއްކަން ރައީސްގެ ގަރާރުން އެނގޭކަމަށް ބުނެފައިވެއެވެ.

އަދި މި ހަރަކާތަކީ ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަންއަމާންކަމާއި ދާޚިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖްތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއްކަމުގައި ގަބޫލުކުރެވޭކަމަށް ބުނެފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމުގައި ފާހަގަކުރެވޭކަން ރައީސްގެ ގަރާރުން އެނގޭކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ހަރަކާތުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރަނީ ހަމައެކަނި އިންޑިއާ ސަރުކާރުން ނޫންކަމަށާއި، ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ އެމްބެސެޑަރުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށާއި، އެމްބަސީތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްދިނުމަށް އެދިފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ އެކިއެކި ކޮންވެންޝަންތަކަށް ބަލާއިރު އެ ކޮންވެންޝަންތަކުގެ ދަށުން އަދާކުރަންޖެހޭ ކަންތައްތަކެއް ހުންނަކަމަށާއި، އެގޮތުން "ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން"ގެ ދަށުން ވަކި ގައުމަކަށް ނުވަތަ ވަކި ގްރޫޕަކަށް، ނުވަތަ ވަކި ނަސްލަކަށް، ނުވަތަ ވަކި ކުލައެއްގެ މީހުންނަށް ނުވަތަ ވަކި ދީނެއްގެ މީހުން ތަފާތުކޮށް އެ މީހުންނާ ދެކޮޅަށް ނަފުރަތު އުފެދޭ ބަސްތައް ބޭނުންކުރުމާއި، ހަރުކަށިކަމަށް މަގުފަހިވާގޮތަށް ކުރެވޭ މަސައްކަތަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ އެކިއެކި ކުށްތައް ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންސްތަކަކީ، އެކި ގައުމުތަކާ ގުޅިގެން ކުރިއަށްގެންދެވޭ އޮޕަރޭޝަންތަކަކަށް ވާއިރު، މިފަދަ ހަރަކާތެއް އަވަށްޓެރި ގައުމަކާ ދެކޮޅަށް ހިންގާކަމީ ދޭދޭ ގައުމުތަކުގެ އެއްބައިވަންތަކަމަށާއި، ކުށް މަދުކުރުމަށް ގުޅިގެން ހިންގޭ ހަރަކާތްތަކަށް ބުރޫއަރާނެ ކަމެއްކަން ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އިންޑިއާ އައުޓްރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު