Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހޭންޑްބޯލް ޗެމްޕިއަންޝިޕް

ހޭންޑްބޯލް ޗެމްޕިއަންޝިޕަށް ބޮޑު ތަރުހީބެއް!

މުބާރާތުގައި 23 ޓީމް ވާދަކުރޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 15 ޖޫން 2022 | ބުދަ 15:46
ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ - ނާއިޒު

ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ - ނާއިޒު

23 ޓީމާއެކު ފަސްވަނަ މައިލޯ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް ފަށައިފިއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި 15 ޓީމް އަދި ފިރިހެން ޑިވިޝަންގައި 8 ޓީމް ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތައް ގިނަވުމުން ފިރިހެން ޑިވިޝަން ވަނީ ދެ ބުރަކަށް, އަދި އަންހެން ޑިވިޝަން ތިން ބުރަކަށް ބަހާލާފައެވެ. ފިރިހެން ޑިވިޝަންގައި ބައިވެރިވި އަށް ޓީމްގެ ތެރެއިން ތިން ޓީމް ވަނީ ސީޑްކޮށް, އޮޓޯއިން ދެވަނަ ބުރުން ޖާގަ ދީފައެވެ. ގައުމީ މުބާރާތަށް ބަލައިގެން ސީޑްކުރި ތިން ޓީމަކީ ފުލިދޫ ޔޫތު ސްޕޯރޓްސް ކްލަބާއި, ޕޮލިސް ކްލަބާއި, ފިއުޗަރ ސްޕޯރޓްސް ކްލަބް އެކަޑަމީއެވެ. މިތިން ޓީމާއެކު ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުގައި ވާދަކުރާ ސީޑް ނުކުރާ ފަސް ޓީމްގެ ތެރެއިން އެއްވަނަ ޓީމެވެ. އެފަސް ޓީމްގެ މެދުގައި ކުޅޭނީ ލީގު ބުރެކެވެ. ފައިނަލަށްދާނީ ދެވަނަ ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ.

އަންހެން ޑިވިޝަންގައި ގައުމީ މުބާރާތަށް ބަލާ ދެޓީމެއް ވަނީ ސީޑްކޮށް ތިންވަނަ ބުރުން ފުރުސަތު ދީފައެވެ. އެ ދެޓީމަކީ އޮރިކްސް ހޭންޑްބޯލް ކްލަބާއި, އައިލެންޑަރސް ހޯޕްސް ސްޕޯރޓްސް ކްލަބެވެ. ފުރަތަމަ ބުރުގައި ވާދަކުރާނީ ސީޑްނުކޮށް އޮތް 13 ޓީމެވެ. 13 ޓީމް ވަނީ ހަތަރު ގްރޫޕަށް ބަހާލާފައެވެ. ދެވަނަ ބުރަށްދާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމެވެ. ދެވަނަ ބުރުގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމާއި, ގްރޫޕް ސީގެ އެއްވަނަ ޓީމެވެ. އަދި ގްރޫޕް ބީގެ އެއްވަނަ ޓީމާއި, ގްރޫޕް ޑީގެ އެއްވަނަ ޓީމެވެ. އެދެމެޗުން މޮޅުވާ ޓީމެއް ތިންވަނަ ބުރުގައި ވާދަކުރާނީ ސީޑްކޮށްފައިވާ ދެޓީމާއެކުއެވެ. ފައިނަލަށްދާނީ ތިންވަނަ ބުރުގައި ހަތަރު ޓީމް ލީގުބުރެއް ކުޅޭ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެވެ.

މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ އައިލެންޑަރސް ހޯޕް ސްޕޯރޓްސް ކްލަބެވެ. ފިރިހެން ޑިވިޝަންގެ މިމެޗު އެޓީމް ކާމިޔާބުކުރީ ރެޑްހޯކްސް ސްޕޯރޓްސް ކްލަބާ ވާދަކޮށް 28-16ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައިލެންޑަރސްގެ އަލީ ނާއިޒްއެވެ. މުބާރާތް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ހޭންޑްބޯލް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި

ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

22 ސެޕްޓެމްބަރު 2025
ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ

ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ

21 ސެޕްޓެމްބަރު 2025
ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި

ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި

12 ސެޕްޓެމްބަރު 2025
ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް

ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް

26 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު