Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލުބްނާންގެ ރައްޔިތުން ބޭސްވެރިކަމަށް ބަރޯސާވުން

ލުބްނާނުގެ ރައްޔިތުން ގަދީމީ ފަތްޕިލާވެލީގެ ބޭސްވެރިކަމަށް ބަރޯސާވާން ފެށީ ކީއްވެ؟

15 ޖޫން 2022 | ބުދަ 06:01

ފަތްޕިލާވެލީގެ އަގު އުޅެނީ ގާތްގަނޑަކަށް 3 ޑޮލަރާއި 13 ޑޮލަރާ ދެމެދު އަގުތަކެއްގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 ޖޫން 2022 | ބުދަ 06:01
ލުބްނާންގެ އިގުތިސާދު އިންތިހާއަށް ހީނަރުވުމުގެ ނަތީޖާއެއްގެ ގޮތުން، އަބާދީން ފަދަ ބޭސްވެރިންގެ ޑިމާންޑްވެސް ދަނީ އިތުރުވަމުން

ލުބްނާންގެ އިގުތިސާދު އިންތިހާއަށް ހީނަރުވުމުގެ ނަތީޖާއެއްގެ ގޮތުން، އަބާދީން ފަދަ ބޭސްވެރިންގެ ޑިމާންޑްވެސް ދަނީ އިތުރުވަމުން

އެއްދުވަސްވަރެއްގައި ޖިމްނާސްޓިކް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މުޙައްމަދު އަބާދީން، މިހާރު ދަނީ ލުބްނާނުގެ އުތުރުގެ ސަރަހައްދެއްގައި، ގަދީމީ ފަތްޕިލާވެލީގެ ބޭސްވެރިކަމަށް ޚާއްސަ، ކުޑަ ފިހާރަގަނޑެއް ހިންގަމުންނެވެ. އޭނާގެ މަގުސަދަކީ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާއި ޒަމާނީ ބޭސްވެރިކަމުގެ ސަޕްލައިގެ ދަތިކަން އެހާމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވާ ލުބްނާންގެ އާންމު ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދާދިނުމެވެ.

ގަދީމީ ފަތްޕިލާވެލީގެ ބޭސްވެރިކަމަކީ މާޒީގެ ތެރެއިން އެތައް ހާސް އަހަރެއްގެ ކުރިއަށް ތާރީޚު ޖަހާލެވޭ ބޭސްވެރިކަމެކެވެ. ގަދީމީ ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ބޭނުންކޮށް އުޅެނީ އެކި ގަސްގަހުގެ ފަތާއި، އަދުގެ ދުނިޔޭގައި ހަވާދު ތައްޔާރު ކުރަން ބޭނުން ކުރާ އެކި ޒާތްޒާތުގެ ގުދުރަތީ ބާވަތްތަކުގެ އިތުރުން އެ މާއްދާތަކުން ނަގާ ތެލުގެ ތާސީރުތަކެވެ. އާންމުކޮށް މިފަދަ ބޭސްތައް ބޭނުން ކުރަނީ ރޯގާޖެހި ކެއްސުމާއި ބަނޑުގެ ބަލިތަކަށެވެ.

އުމުރުން 53 އަހަރުގެ އަބާދީން ނިސްބަތް ވަނީ ލުބްނާނުގެ އުތުރުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ޓްރިޕޮލީގައި ދިރިއުޅޭ ގަދީމީ ބޭސްވެރި އާއިލާއަކަށެވެ. މިދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ލުބްނާންގެ އިގުތިސާދު އިންތިހާއަށް ހީނަރުވެ، އިނދަޖެހިފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، އަބާދީން ފަދަ ބޭސްވެރިންގެ ޑިމާންޑްވެސް ދަނީ އިތުރު ވަމުންނެވެ.

ޑިސެމްބަރު 2021 ގައި އެމްނެސްޓީ އިންޓަނޭޝަނަލްއިން އާންމު ކުރި ރިޕޯޓެއްގައިވާ ގޮތުން، 2019 ވަނަ އަހަރަށް ފަހު ލުބްނާން ފައިސާގެ އަގު ވަނީ 90 ޕަސެންޓް ވެއްޓިފައެވެ. އަދި ޒަމާނީ ބޭސްފަރުވާގެ އަގު ވަނީ 4 ގުނަ އިތުރުވެފައެވެ. ސިއްހީ ފަރުވާގެ ހިދުމަތްތަކުގެ އަގުތައް ހުރީ، ލުބްނާނުގެ ގޭބިސީތަކުގެ ތެރެއިން 33 ޕަސެންޓް ގޭބިސީއަކަށް އަތްފޯރާ ވަރަށް ވުރެ މަތީގައި ކަމަށް، މިދިޔަ ސެޕްޓެމްބަރު މަހު އދ. އިންވެސް ވަނީ އިންޒާރު ކޮށްފައެވެ. އޭގެ ތެރެއިން ދެބައިކުޅަ 1 ބައި މީހުންނަށް ބޭސްފަރުވާ ނުލިބި ވަނީ އަގު ބޮޑުވެގެން ކަމަށްވާ އިރު، އަނެއް ބައި މީހުންނަށް ބޭސް ނުލިބުނީ ފާމަސީތަކުގައި ބޭސް ނެތިގެންނެވެ.

ލުބްނާންގެ ސަރުކާރުން ވަނީ ޒަމާނީ ބޭސްފަރުވާގެ ތެރޭގައި ހިމެނޭ ގިނަ ބޭސްތަކަކަށް ދޫކުރަމުންދިޔަ ސަބްސިޑީޒް ދިނުންވެސް ހުއްޓާލާފައެވެ. އޭގެ ތެރޭގައި ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން ދިޔަ ބޭސްތައްވެސް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން، އަގުތައް އަނެއްކާވެސް އުފުލުނީއެވެ.

އަބާދީން ނިސްބަތްވާ ޓްރިޕޮލީގެ ހާލަތު ވަކިން ދެރައެވެ. ލުބްނާނުގެ އިގުތިސާދީ އަދި މާލީ ކާރިސާ ފެށުމުގެ ކުރިންވެސް ޓްރިޕޮލީއަކީ މެޑިޓަރޭނިއަން ސަރަހައްދުގެ އެންމެ ފަގީރު ސިޓީ ކަމުގައި އދ. އިން އޮތީ ގިންތިކޮށްފައެވެ.

އެފަދަ ދަނޑިވަޅެއްގައި ޚިދުމަތަށް ތެދުވީ އަބާދީން ފަދަ މީހުންނެވެ. ކަރުގައި ރިހޭތީ އުޅޭ މީހުންނަށްވެސް އަބާދީން ދިޔައީ ޚާއްސަ ސަޔެއް ތައްޔާރު ކޮށްދެމުންނެވެ.

ސީރިއަސް ބަލިތަކުގެ ފަރުވާއަކަށްވެސް ގަދީމީ ފަތްޕިލާވެލީގެ ބޭސްވެރިކަމަށް މިހާރު މީހުން ބަރޯސާވަމުންދާ ކަމަށް، ބޭސްވެރިޔާ، ޢުމަރު އަލް-ރާފީ ވަނީ ފާހަގަކޮށްފައެވެ.

ކަން މިހެން އޮތް އިރު، ލުބްނާނުގެ ފާމަސީތަކުގެ އިއްތިހާދުގެ އިސްވެރިޔާ ޖޯއީ ސައްލޫމް ވިދާޅުވީ، ދޭތެރެއަކުން ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ބޭނުން ކޮށްގެން ލުޔެއް ލިބުނު ކަމުގައި ވީ ނަމަވެސް، ވަކި ގަވައިދަކަށް ބެލުމެއް ނެތި އެކަމަށް ބަރޯސާވެއްޖެނަމަ ސިއްހަތަށް ނުރައްކާ ވެދާނެ ކަމަށެވެ.

ލެބަނަންލުބުނާންގެ ރައްޔިތުންގަދީމީ ބޭސްވެރިކަން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި
24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
13 ސެޕްޓެމްބަރު 2025

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
12 ޖުލައި 2025

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ
27 ޖޫން 2025

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
06 ޖޫން 2025

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި
18 މާރިޗު 2025

ޙަސަން ނަޞްރުﷲގެ ޖަނާޒާގައި ބައިވެރިވި ޑޮކްޓަރަކު، އެމެރިކާ އިން ޑީޕޯޓު ކޮށްލައިފި

18 މާރިޗު 2025
ޙަސަން ނަޞްރުﷲގެ ޖަނާޒާގައި ބައިވެރިވި ޑޮކްޓަރަކު، އެމެރިކާ އިން ޑީޕޯޓު ކޮށްލައިފި
17 ފެބުރުއަރީ 2025

ލުބުނާން އާ އީރާނާ ދެމެދު ކުރެވޭ ދަތުރުތައް ވަކި މުއްދަތެއް ނެތި ހުއްޓާލައިފި

17 ފެބުރުއަރީ 2025
ލުބުނާން އާ އީރާނާ ދެމެދު ކުރެވޭ ދަތުރުތައް ވަކި މުއްދަތެއް ނެތި ހުއްޓާލައިފި
25 ނޮވެމްބަރު 2024

ދެކުނު ލުބުނާނުގައި އިޒްރޭލުގެ 6 ޓޭންކަށް ހަމަލާދީފިކަމަށް ހިޒްބުﷲ އިން ބުނެފި

25 ނޮވެމްބަރު 2024
ދެކުނު ލުބުނާނުގައި އިޒްރޭލުގެ 6 ޓޭންކަށް ހަމަލާދީފިކަމަށް ހިޒްބުﷲ އިން ބުނެފި
23 ނޮވެމްބަރު 2024

ރައީސުލްޖުމްހޫރިއްޔާ، ލުބްނާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

23 ނޮވެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާ، ލުބްނާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް