Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ފަހު ވަގުތު ވޭލްސް ބަލިކޮށް ނެދަލޭންޑްސް އެއްވަނަ އަށް

ބެލްޖިއަމް މޮޅުވި ލަނޑު ފަހު ވަގުތު ޖެހީ މެމްޕިސް ޑިޕާއީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2022 | ބުދަ 04:13
ބެލްޖިއަމް މެޗުގެ ތެރެއިން

ބެލްޖިއަމް މެޗުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގައި ވޭލްސް ބަލިކޮށް، ނެދަލޭންޑްސްއިން ގްރޫޕްގެ އެއް ވަނަ ހޯދައިފިއެވެ.

މި ދެ ޓީމު ހިމެނެނީ ގްރޫޕް ޑީގައެެވެ. އަންގާރަ ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލުކުރި މެޗުން ނެދަލޭންޑްސް މޮޅުވީ ފަހު ވަގުތުގެ ތެރޭގައި ލަނޑު ޖަހައިގެންނެވެ. މެޗުގައި ނެދަލޭންޑްސް އިން ދެ ލަނޑު ޖަހައި ލީޑުގައި އޮއްވާ، ވޭލްސް އިން ވަނީ ނަތީޖާ ހަމަހަމަ ވެސް ކޮށްފައެވެ.

ނެދަލޭންޑްސްގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ޖެހީ ނޯ ލާންގްއެވެ. އޭގެ ފަސް މިނެޓު ފަހުން މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ކޮޑީ ގަކްޕޯއެވެ. ނެދަލޭންޑްސް އިން ދެ ވަނަ ލަނޑު ޖެހިތާ ތިން މިނެޓުގެ ތެރޭގައި ވޭލްސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރެނަން ޖޯންސަންއެވެ. ވޭލްސް އިން ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި ޕެނަަލްޓީން ލަނޑު ޖެހީ ގަރެތް ބޭލްއެވެ. އޭގެ މިނެޓެއް ފަހުން ނެދަލޭންޑްސް މޮޅު ކޮށްދިން ލަނޑު ޖެހީ މެމްޕިސް ޑިޕާއީއެވެ.

މި ގްރޫޕުގައި ޕޮލެންޑާއި ބެލްޖިއަމް ބައްދަލުކުރި މެޗު 1-0 ން ކާމިޔާބުކުރީ ބެލްޖިއަމްއެވެ. ބެލްޖިއަމްގެ ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ޖެހީ ބަޓްޝުއާޔީއެވެ. ކުޅުނު ހަތަރުން މެޗުން ލިބުނު 10 ޕޮއިންޓާއެކު މި ގްރޫޕްގެ އެއް ވަނަ ލިބުނީ ނެދަލޭންޑްސްއަށެވެ. ދެ ވަނަ ބެލްޖިއަމްއަށް ލިބުނީ ހަތް ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި އޮތް ޕޮލޭންޑަށް ހަތަރު ޕޮއިންޓު ލިބުނުއިރު، ފުލުގައި އޮތް ވޭލްސްއަށް ލިބުނީ އެއް ޕޮއިންޓެވެ.

ޔުއެފާ ނޭޝަންސް ލީގުބެލްޖިއަމް

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް

04 ސެޕްޓެމްބަރު 2025
ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް
02 ސެޕްޓެމްބަރު 2025

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި
05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު