Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައްދޫ ސިއްޙީ މަރުކަޒު

ގައްދޫ ސިއްޙީ މަރުކަޒުގައި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ޚިދުމަތްދޭން ފަށައިފި

ޚާއްސަ ބަލިތަކުގެ 3 ޑޮކްޓަރަކު ގައްދޫ ސިއްޙީ މަރުކަޒުގައި ޚިދުމަތް ދޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 ޖޫން 2022 | ބުދަ 02:15
ގައްދުއަށް ދިޔަ ޑޮކްޓަރުންނަށް ރަށުން މަރުހަބާ ކިޔަނީ

ގައްދުއަށް ދިޔަ ޑޮކްޓަރުންނަށް ރަށުން މަރުހަބާ ކިޔަނީ

ގދ. ގައްދޫ ސިއްޙީ މަރުކަޒުގައި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ގާއިމުވެ ތިބެ ޚިދުމަތް ދޭން ފަށައިފިއެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ގައްދޫ ސިއްޙީ މަރުކަޒުގައި މި ޚިދުމަތް ދޭން ފަށާނީ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން، ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން މިހާރު އެ ރަށަށް ގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޑރ. އަބްދުއްސަމަދު މެމޮރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި މިއީ މާލެއިން ދެކުނުގެ އަތޮޅުގެ ސިއްޙީ މަރުކަޒެއްގައި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ގާއިމުވެ ތިބެ ޚިދުމަތް ދޭ ފުރަތަމަ ފަހަރު ކަމަށެވެ. މި ތާރީޚީ ބަދަލާއެކު ގައްދޫގެ އިތުރުން އެ ސަރަހައްދުގެ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އެގޮތުން، އެއަތޮޅުގެ މައި ހޮސްޕިޓަލަށް ދާން ކުރަން ޖެހޭ ދަތުރުގެ ޚަރަދާއި ވަގުތު ސަލާމަތް ވާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

ގައްދޫ ސިއްޙީ މަރުކަޒަކީ ހެލްތު މިނިސްޓްރީން 4 ވަނަ ގިންތީގައި ހިމަނާފައިވާ ސިއްޙީ މަރުކަޒެކެވެ. އެ ހޮސްޕިޓަލުގައި 24 ގަޑިއިރު ޚިދުމަތްދޭއިރު 1 އާއްމު ގިނަ ބަލިތައް ތަހުލީލު ކުރަން ބޭނުންވާ ލެބޯޓްރީ ޓެސްޓުތައް ރަށުގައި ތިބެގެން ހެދުމުގެ ފުރުސަތު ފަހިވެފައިވާއިރު އިތުރު ޓެސްޓުތައް ސާމްޕަލް ފޮނުވައިގެން ތިނަދޫއިން ހެދޭގޮތް ވެސް ފަހިވެފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

ބުދަ ދުވަހުން ފެށިގެން ގައްދޫ ސިއްޙީ މަރުކަޒުގައި ޚާއްސަ އެހީގެ ބަލިތަކުގެ 3 ޑޮކްޓަރުން ޚިދުމަތް ދޭނެއެވެ. އެއީ އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަދި މެޑިކަލް އޮފިސަރެކެވެ.

ތިނަދޫ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީސީއޯ އަބްދުލް އަޒީޒް ރިފާއު ވިދާޅުވީ، މިދިޔަ އަހަރު އެކި ސަބަބުތަކާ ހުރެ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާނެ ޑޮކްޓަރުން ލިބުން ދަތިވެ، އެ އަތޮޅުގެ ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތައް ހިންގަން ދަތިވުމުން، އެ ހޮސްޕިޓަލުގެ އާ ގަވަނިން ބޯޑުގެ އެންމެ ބޮޑު އަމާޒަކަށްވީ އެކި ޑިޕާޓްމަންޓްތަކަށް މަދުވާ ޑޮކްޓަރުން ހަމަކުރުން ކަމަށެވެ. ވަކި ބައިތަކަކަށް ބަހާލައިގެން ކުރަމުން އައި މި މަސައްކަތުގެ 90 އިންސައްތަ ހާސިލް ކުރެވިފައިވާއިރު ގައްދުށްއަށް ފޮނުވި ޑޮކްޓަރުންނަކީ ވެސް އެ މަސައްކަތުގެ ދަށުން ފޮނުވި ޑޮކްޓަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ 5 ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާއިރު، އޭގެ ތެރޭގައި ގައްދޫ ސިއްހީ މަރުކަޒު ވެސް ހިމެނެއެވެ. އެ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރަން އަޅަން ޖެހޭ އިމާރާތް ޑިޒައިންކޮށް އަދި ބީއޯކިއު ހަދައިދޭނެ ބަޔަކު ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފައިވާ ކަމަށް ވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

ގދ. ގައްދޫ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް

17 ނޮވެމްބަރު 2025
މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ
11 ޖުލައި 2025

ގައްދޫއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ، ނަމަވެސް އޭނާ ދަތުރު ކުރި ޑިންގީގެ ނަގިލި ވަނީ ފެނިފަ

11 ޖުލައި 2025
ގައްދޫއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ، ނަމަވެސް އޭނާ ދަތުރު ކުރި ޑިންގީގެ ނަގިލި ވަނީ ފެނިފަ
09 އޯގަސްޓު 2023

އެހެން ރައީސަކު ނުވިސްނަވާ ވަރަށް ކުދި އާބާދީތަކާމެދު ވިސްނެވި ހަމައެކަނި ބޭފުޅަކީ ރައީސް ސާލިހު: ޑރ. ރަފިއްޔާ

09 އޯގަސްޓު 2023
އެހެން ރައީސަކު ނުވިސްނަވާ ވަރަށް ކުދި އާބާދީތަކާމެދު ވިސްނެވި ހަމައެކަނި ބޭފުޅަކީ ރައީސް ސާލިހު: ޑރ. ރަފިއްޔާ
09 އޯގަސްޓު 2023

ބިން ހިއްކާ ރޯހައުސްއަޅައިދީ، ގަމާއި ގައްދޫ ގުޅުވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

09 އޯގަސްޓު 2023
ބިން ހިއްކާ ރޯހައުސްއަޅައިދީ، ގަމާއި ގައްދޫ ގުޅުވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު