Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު

2023 ތަފާތު، ފެނިގެން މިދަނީ ވެރިކަން ބަދަލުކުރަން ކޯލިޝަން ހެދުމުގެ ބަދަލުގައި ވެރިކަމުގައި ތިބި މީހުންނާއެކު ކޯލިޝަން ހެދިތަން

މި ފެންނަނީ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަކަން، އެކަމަށްޓަކައި ސިޔާސީ ޕާޓީތަކަށް ޝުކުރުވެސް އަދާކުރަންޖެހޭ -ރައީސް-

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2023 | އަންގާރަ 18:05
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ގައްދޫގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ގައްދޫގައި ވާހަކަފުޅުދައްކަވަނީ

ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުތަކާ މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު ތަފާތުކަމަށާއި، އެ ތަފާތަކީ ވެރިކަން ބަދަލުކުރަން ކޯލިޝަން ހެދުމުގެ ބަދަލުގައި ވެރިކަމުގައި ތިބި މީހުންނާއެކު ކޯލިޝަން ހަދައި، ރިޔާސީ އިންތިޚާބާ ކުރިމަތިލަމުންދާކަން ކަމަށް، އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަންގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި، ގދ. ގައްދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގައި ޕާޓީތަކުން އަމަލުކުރަމުން އައީ ވެރިޔަކަށް ހުންނަ މީހަކު ބަދަލުކުރުމަށް ކަމަށެވެ. 2008ގައި ވެސް އެކަން ހިނގައިދިޔައީ އެހެން ކަމަށާއި، 2013ގައި ވަކި މީހަކު ގެނަޔަނުދޭން މަސައްކަތްކުރި ކަމަށެވެ. އަދި 2018ގައި ވެސް އެމްޑީޕީން ނުކުތީ އެ ވިސްނުމުގައި ކަމަށެވެ. އެކަމަކު 2023ގައި ތަފާތު ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2008ގައި ވެރިކަމަށް އަންނަން އެމްޑީޕީން ވައުދުތަކެއް ވީކަމަށެވެ. އަދި 2013ގައި ވެސް، 2018ގައި ވެސް ވައުދުތަކާއި މެނިފެސްޓޯއަކާއެކު އައިކަމަށެވެ. މިއަހަރުވެސް މެނިފެސްޓޯއަކާއެކު އައިސް ތިބިކަމަށެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއާއެކު ނުކުމެވަޑައިގަތުމުން، ވާދަވެރި ބޭފުޅުންގެ މެނިފެސްޓޯއަކަށްވީ "ނުވާނޭ" ކަމަށެވެ. "ނުވާނޭ"އަކީ ވާދަވެރިންގެ މެނިފެސްޓޯގައި އޮތް ހަމައެކަނި ވާހަކަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިލޭ ޑިގްރީ ތައާރަފް ކުރައްވާނަމޭ ވިދާޅުވުމުން، ވާދަވެރިން ބުނީ ނުވާނޭ ކަމަށެވެ. ނަމަވެސް މިއަދު 18،000 ދަރިވަރުންނަށް އެ ފުރުސަތު ދެވިއްޖެކަމަށާއި، 7000 ދަރިވަރުން ޑިގްރީ ހާސިލްކޮށްގެން ނުކުމެއްޖެ ކަމަށެވެ. ހަމައެކަނި ގައްދޫއަށް ބަލާއިރު 146 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެ ކުރިއަށްދިޔަ ކަމަށާއި، އޭގެ ތެރެއިން 76 ދަރިވަރަކު ކިޔަވައި ނިމިއްޖެކަމަށެވެ. މުޅި އަތޮޅަށް ބަލާއިރު 1252 ފުރުސަތުގެ ބޭނުން ދަރިވަރުން ހިފަމުންދާއިރު، އޭގެ ތެރެއިން 600 އެއްހާ ދަރިވަރުން ޕްރޮގްރާމް ނިންމާ މަސައްކަތުގެ ތެރެއަށް ނުކުމެއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ގޮތެއް ނިންމާއިރު، 2 ސަރުކާރުގައި ހުރި ތަފާތުތައް ދެނެގަންނަންޖެހޭ ކަމަށެވެ. ރައީސް ވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވިސްނާ ވަޑައިގެން ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެގދ. ގައްދޫމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)2023 ރިޔާސީ އިންތިޚާބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް

މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު