Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް

ޗެސް މުބާރާތުގައި ބައިވެރިވުމަށް ކުޅުންތެރިން ރާއްޖެއަންނަން ފަށައިފި

މުބާރާތް އޮންނާނީ މި މަހުގެ 16ން 23ށް، އއ. އުކުޅަހުގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 14 ޖޫން 2022 | އަންގާރަ 12:05
މުބާރާތުގައި ބައިވެރިވުމަށް ގައުމުތަކުގެ ކުޅުންތެރިން ރާއްޖެއައުން

މުބާރާތުގައި ބައިވެރިވުމަށް ގައުމުތަކުގެ ކުޅުންތެރިން ރާއްޖެއައުން

ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ކުޅުންތެރިން ރާއްޖެއަންނަ ފަށައިފިއެވެ.

މުބާރާތުގައި ބައިވެރިވުމަށް އަންގާރަ ދުވަހު ރާއްޖެއައިސްފައިވަނީ އުޒްބެކިސްތާން، ކަޒަކިސްތާން އަދި ޕާކިސްތާނުގެ ޓީމެވެ. މުބާރާތުގައި ބައިވެރިވުމަށް އުޒްބެކިސްތާނުން ރާއްޖެ އައީ 31 ކުޅުންތެރިންނެވެ. މީގެ އިތުރުން ކަޒަކިސްތާނުން 29 ކުޅުންތެރިން އަދި ޕާކިސްތާނުން ދެ ކުޅުންތެރިން މުބާރާތުގައި ބައިވެރިވުމަށް ވަނީ ރާއްޖެއައިސްފައެވެ. ބާކީ ތިބި ޓީމުތައް ރާއްޖެއައުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މި ކުޅުންތެރިންނާއެކު އެފަރާތްތަކުގެ އާއިލާގެ މެމްބަރުންނާއި ޓީމުތަކުގެ އޮފިޝަލުންވެސް އައިސްފައިވެއެވެ.

މި މުބާރާތުގައި ޖުމްލަ ނުވަ ގައުމަކުން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ އިތުރުން މުބާރާތުގައި ބައިވެރިވަނީ ކަޒަކިސްތާން، ކިރިގިސްތާން، އުޒްބަކިސްތާން، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޗެސް މުބާރާތެވެ. އަދި މިއީ އެންމެ ގިނަ އަދަދެއްގެ ގައުމުތަކުން ބައިވެރިވެގެން ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އިންޓަރނޭޝަނަލް މުބާރާތްވެސްމެއެވެ.

އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް މުބާރާތް ކުރިއަށް ގެންދާނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މުބާރާތް އޮންނާނީ މި މަހުގެ 16ން 23ށް، އއ. އުކުޅަހުގައެވެ.

ރާޒުވާމޯލްޑިވްސް ޗެސް އެސޯސިއޭޝަންވެސްޓާން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

05 ޖުލައި 2024

ބަންގްލަދޭޝްގެ ޗެސް ގްރޭންޑްމާސްޓަރ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން މަރުވެއްޖެ

05 ޖުލައި 2024
ބަންގްލަދޭޝްގެ ޗެސް ގްރޭންޑްމާސްޓަރ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން މަރުވެއްޖެ
10 ޖޫން 2024

ޤައުމީ ޗެސް މުބާރާތުގެ ޗެމްޕިއަންކަން ޝުއާއު އަދި ނިހާޔާ އަށް

10 ޖޫން 2024
ޤައުމީ ޗެސް މުބާރާތުގެ ޗެމްޕިއަންކަން ޝުއާއު އަދި ނިހާޔާ އަށް
24 މާރިޗު 2024

އަތެއް ތަނެއް ގުޑުވާވެސް ނުލާ ރާޒުވާ ގަނޑެއް ޖަހާލެވިދާނެތަ؟

24 މާރިޗު 2024
އަތެއް ތަނެއް ގުޑުވާވެސް ނުލާ ރާޒުވާ ގަނޑެއް ޖަހާލެވިދާނެތަ؟
07 އެޕްރީލު 2023

ޖަރުމަނު ޤައުމީ ރާޒުވާ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔަކީ ސޫރިޔާއަށް އުފަން، 11 އަހަރުގެ ރެފިއުޖީއެއް!

07 އެޕްރީލު 2023
ޖަރުމަނު ޤައުމީ ރާޒުވާ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔަކީ ސޫރިޔާއަށް އުފަން، 11 އަހަރުގެ ރެފިއުޖީއެއް!
14 އޮކްޓޯބަރު 2022

އޭޝިއަން ޔޫތު ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޒުވާނުންގެ ޓީމު އިންޑޮނޭޝިޔާއަށް

14 އޮކްޓޯބަރު 2022
އޭޝިއަން ޔޫތު ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޒުވާނުންގެ ޓީމު އިންޑޮނޭޝިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު