Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2023 ގެ ރިޔާސީ އިންތިޚާބު

2023 ގެ އިންތިޚާބަށް ރައީސް ސާލިޙަށް ފުރިހަމަ ތާއީދު އެބައޮތް: މިނިސްޓަރު މާރިޔާ

ރައީސް ސާލިޙަކީ ޓީމެއް ގޮވައިގެން އުޅުއްވޭނެ ޤާބިލު ލީޑަރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖޫން 2022 | އަންގާރަ 07:28
2023 ގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ފުރިހަމަ ތާއީދު އެބައޮތްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވޭ

2023 ގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ފުރިހަމަ ތާއީދު އެބައޮތްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވޭ

2023 ގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ފުރިހަމަ ތާއީދު އެބައޮތްކަމަށް އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރުކަން ކުރައްވަމުން ގެންދަވާ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއެކު މަސައްކަތް ކުރައްވާފައިވާއިރު، ރައީސް ސާލިޙަކީ ޓީމެއް ގޮވައިގެން އުޅުއްވޭނެ ޤާބިލު ލީޑަރެއްކަން ފެނިލައްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

17 ނޮވެމްބަރު 2018 އިން ފެށިގެން ރައީސް ސާލިޙުގެ ކެބިނެޓުގެ ވަޒީރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ކިބައިން ފެނިލައްވާފައިވަނީ ކެތްތެރިކަމާއި، ކަންކަން އަޑުއެއްސެވުމާއި، އެމަނިކުފާނުގެ ރަނގަޅު ވިސްނެވުންކަމަށް މާރިޔާ ވިދާޅުވިއެވެ.

އަދި ކަންކަމުގައި ނިިންމަން ޖެހޭ ނިންމެވުންތައް ވަގުތުން ނިންމެވުމުގައިވެސް ރައީސް ސާލިޙު ފާހަގަކުރެއްވޭކަމަށް މާރިޔާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ 2023 ގެ ރިޔާސީ އިންތިޚާބަށް ރައީސް ސާލިޙު ކެނޑިޑޭޓެއްގެ ގޮތުގައި ހުންނެވުމަށް އެންމެ ފުރިހަމައަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. އެކަމުގައި ފުރިހަމަ ސަޕޯޓު އޮތްކަންވެސް މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ޓްވީޓާއި ގުޅިގެން ޚިޔާލު ފާޅުކުރެއްވި ފަރާތްތަކުން ވަނީ އެމްޑީޕީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވި އެންމެ ހިތްވަރުގަދަ އަންހެން ލީޑަރަކީ މާރިޔާކަން ފާހަގަކޮށް، މިނިސްޓަރު މާރިޔާ ރައީސް ސާލިޙަށް ތާއީދުކުރެއްވުމަކީ އެމްޑީޕީގެ ލޯބި ރައީސް ސާލިޙަށް އޮތްކަން ފާޅުވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ރައީސް ސާލިޙު ދާދި ފަހުން ވަނީ ކުރައްވާފައެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަމަށް މިހާ ފާޅުކަން ބޮޑުގޮތެއްގައި ޚުދު ރައީސް ސާލިޙު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުމަކީ މުޅި ޤައުމަށް ވެސް ވަރަށް ބޭނުންތެރި އަދި އެންމެ ފައިދާ ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް، އެ އިންތިޚާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު 2023މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު