Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޖީ މަޤާމުން ވަކިކުރުން

ޝަމީމް ވަކިކުރުމަށް އެމްޑީޕީން ހުށަހެޅުމާމެދު އެ ޕާޓީގެ ޕީޖީ ގްރޫޕުގެ އިއުތިރާޒެއް ނެތް

ޕީޖީ ގްރޫޕުގެ އިއުތިރާޒެއް ނެތްކަމަށް ޕީޖީ ގްރޫޕުގެ އަޢުލަބިއްޔަތުން ވަނީ ފާސްކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖޫން 2022 | ހޯމަ 08:58
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އެ މަޤާމުން ވަކި ކުރެއްވުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހުށަހެޅުމާމެދު އެ ޕާޓީގެ ޕީޖީ ގްރޫޕުގެ އިއުތިރާޒެއް ނެތްކަމަށް ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން ޝަމީމް މަޤާމުން ވަކި ކުރެއްވުމަށް އެމްޑީޕީގެ ތެރެއިން މަޖިލީހަށް މައްސަލަ ހުށައެޅުމާމެދު އެ ޕާޓީގެ ޕީޖީ ގްރޫޕުގެ އިއުތިރާޒެއް ނެތްކަމަށް ޕީޖީ ގްރޫޕުގެ އަޢުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވަކިކުރަން މީގެ ކުރިން މަޝްވަރާ ކުރެވިފައިވެއެވެ. 1 ޖޫން 2022 ގައި ބޭއްވި ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަކިކުރަން ހުށައެޅީ ޤާނޫނު ތަންފީޒު ކުރުމުގައި އޭނާ ގޯސްތައް ހައްދަވާ ކަމަށް ބުނެއެވެ. އެގޮތުން ޤާނޫނީ އިމުގެ ތެރެއިން ޕީޖީ ވަކިކުރަން ކުރަންޖެހޭ ކަންކަން ކުރެއްވުމަށް ގިނަ މެމްބަރުން ވަނީ ތާއީދުކުރައްވާފައެވެ.

އެހެންނަމަވެސް އެ ދުވަހު އެކަމަށް މަޝްވަރާކުރުމަށް އިތުރު ބައްދަލުވުމެއް ބޭއްވުމަށް ނިންމައި ބައްދަލުވުން ކުރުކޮށްލީއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސައިން ޝަމީމު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 7 ޑިސެމްބަރު 2019 ގައެވެ. އޭރު ޕީޖީގެ މަޤާމަށް ޝަމީމު އައްޔަނުކުރުމަށް ވޯޓު ދެއްވީ 74 މެމްބަރުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްހުސައިން ޝަމީމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު