Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވައިގެ ފަށަލައިން ފެން އުފެއްދުން

ވައިގެ ފަށަލައިން ފެން އުފެއްދިދާނެތަ؟

މި މެޝިނުގެ އެހީގައި ދުވާލެއްގެ މައްޗަށް 20 ލީޓަރާއި 30 ލީޓަރާ ދެމެދު މިންވަރަކަށް ސާފު ބޯފެން އުފެއްދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 ޖޫން 2022 | ހޯމަ 08:51
ފެން އުފައްދާ ކުންފުނީގެ އުއްމީދަކީ ތޫނިސްއާއި އެހެން ސަރަހައްދުތަކަށް ކުރިމަތިލާން ޖެހިފައިވާ ސާފު ބޯފެން ނުލިބުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދާ ދިނުން

ފެން އުފައްދާ ކުންފުނީގެ އުއްމީދަކީ ތޫނިސްއާއި އެހެން ސަރަހައްދުތަކަށް ކުރިމަތިލާން ޖެހިފައިވާ ސާފު ބޯފެން ނުލިބުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދާ ދިނުން

އިންސާނީ ހަޟާރާތު ކުރިއަރާ ތަރައްގީވަމުން ދާ ދިއުމުގެ އަގަކަށް ވެފައި އޮންނަނީ ގުދުރަތީ ވަސީލަތްތައް ގުރުބާން ކުރުން ކަމުގައި ވަނީ ވެފައެވެ. ދިރިއުޅުމުގެ އެކި މައިދާންތަކުގައި ހޯދަމުންދާ ކުރިއެރުންތަކާއެކު، ދިރިއުޅުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއްވެސް ދަނީ ނެތެމުންނެވެ. އެގޮތުން މިއަދު އެންމެ ތަދު އެކައްޗަކީ ސާފު ބޯފެން ކަމުގައި ދެންނެވިދާނެއެވެ.

ސާފު ބޯފެން ލިބުމުގެ ދަތިކަމާ ކުރިމަތިލާން ނުޖެހޭ ގައުމެއް ނެތޭވެސް ދެންނެވިދާނެއެވެ. މި ދެންނެވި ކުރިއެރުމާއި ތަރައްގީގެ ތެރެއިން، ގުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ސާފު ބޯފެން ހޯދާނެ ގޮތްތައް އީޖާދު ކުރުމަށް މިއަދު މަޖުބޫރު ވެފައި ވާ އިރު، އެ ކަން ކާމިޔާބު ކުރުމަށް އަތުކުރި އޮޅައިގެން އޮތް އެއް ކުންފުންޏަކީ، ޅަފަތުގެ މަރުހަލާގައި އޮތް "ކުމޫލުސް"އެވެ.

ފަރަންސޭސިވިލާތާއި ތޫނިސްއަށް ނިސްބަތްވާ "ކުމޫލުސް"އިން މިހާރުވެސް ދަނީ، ވައިގެ ތެރެއިން ސާފު ފެން ނެގުމަށް ހާއްސަ މެޝިނެއްގެ މަސައްކަތް ކުރަމުންނެވެ. އުއްމީދަކީ ތޫނިސްއާއި އެހެން ސަރަހައްދުތަކަށް ކުރިމަތިލާން ޖެހިފައިވާ ސާފު ބޯފެން ނުލިބުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދާ ދިނުމެވެ.

މެޝިނެއްގެ ތެރެއިން ފައިބަމުން ދިޔަ ފެން، ކަރުދާސް ތައްޓަކަށް ފުރަން ހުރި އީހާބް ތުރީކީއަކީ "ކުމޫލުސް"ގެ ކޯ-ފައުންޑަރެކެވެ. އޭނާ ބުނާ ގޮތުގައި އެ މެޝިނަކީ ތޫނިސްއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ފެނުގެ ދަތިކަމަށް އޮތް ހައްލެވެ.

ކުމޫލުސް-1 ގެ ނަން ދީފައި ވާ ފުރަތަމަ މެޝިން ބަހައްޓާފައި ވަނީ އަލްޖަޒާއިރުގެ ބޯޑަރު ސަރަހައްދާ ދާދި ކައިރީގައި އޮންނަ އަވަށެއް ކަމަށް އަލް-ބަޔާދާގެ އެލެމެންޓްރީ ސްކޫލެއްގައެވެ. ނަމަވެސް މެޝިން ބޭނުން ކުރަން އަދި ފަށާފައި ނުވަނީ ތޫނިސް ސަރުކާރުގެ ހުއްދަ ނުލިބިގެން ކަމަށް ތުރީކީ ބުނެއެވެ.

ސްކޫލުގައި މެޝިން ބެހެއްޓުމަށް ހަރަދު ކުރީ މުއާސަލަތީ ހިދުމަތްދޭ އޮރެންޖު ކުންފުނިންނެވެ. 

ތުރީކީގެ "ކުމޫލުސް" ވެބްސައިޓްގައި ބުނެފައި ވާ ގޮތުން، މި މޭޝިނުގެ އެހީގައި ދުވާލެއްގެ މައްޗަށް 20 ލީޓަރާއި 30 ލީޓަރާ ދެމެދު މިންވަރަކަށް ސާފު ބޯފެން އުފެއްދެއެވެ.

ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ތޫނިސްގެ އާބާދީގެ 21 ޕަސެންޓް މީހުންނާއި މަޣްރިބްކަރައިގެ އާބަދީގެ 20 ޕަސެންޓް އަދި އަލްޖަޒާއިރުގެ އާބަދީގެ 28 ޕަސެންޓް މީހުންނަކީ 2020 ވަނަ އަހަރު، ސާފު އަދި ރައްކާތެރި ބޯފެން ލިބޭނެ މަގެއް ނެތިފައި ތިބި މީހުންނެވެ.

ވައިގެ ފަށަލައިން ފެން އުފެއްދުން

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން

ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން

02 ޖުލައި 2017
ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި

ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި

31 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ

"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ

08 މެއި 2017
"ބާހުބަލީ" ގެ އެކްޓަރުގެ އެއްލޮލަށް ނުފެންނަކަން އެނގޭތަ؟

"ބާހުބަލީ" ގެ އެކްޓަރުގެ އެއްލޮލަށް ނުފެންނަކަން އެނގޭތަ؟

02 މެއި 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު