Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުން

މަޖީދިއްޔާ، އިސްކަންދަރު އަދި އަމީނިއްޔާ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރަނީ

ހުޅުމާލޭގައި އިމާރާތްކުރާ 4 ސްކޫލް ހުޅުވާނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޖޫން 2022 | ހޯމަ 08:14
އަމީނިއްޔާ ސްކޫލް

އަމީނިއްޔާ ސްކޫލް

މަޖީދިއްޔާ، އިސްކަންދަރު އަދި އަމީނިއްޔާ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަޒީރުންނާއި ސުވާލު ކުރުމުގެ ބައިގައި ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރާއި ކުރެވުނު ސުވާލަކީ މާލޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރެވޭނީ ކޮން އިރަކުތޯއެވެ.

Advertisement - newsAdvertisement

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. އަދި މާލޭގައި ދިމާވާ ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި، ނަމަވެސް މަސައްކަތްތަކެއް ފަށައިގެން ކުރިއަށްގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ އިއްޒުއްދީން ސްކޫލް އެއް ދަންފަޅީގެ ސްކޫލެއްގެ ގޮތުގައި ގާއިމްކުރެވިފާ ކަމަށާއި، މިހާރު މަސައްކަތް ކުރަނީ އިތުރު 4 ސްކޫލެއް ހުޅުމާލޭގައި އެޅުމަށްޓަކައި ކަމަށެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ތަފްސީލުކޮށްދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ އާބާދީ އިތުރުވާ ވަރަކަށް ސްކޫލްތަކުގެ ޖާގަ ބޭނުންވާނެ ކަމަށެވެ. އަދި ބައެއް ސްކޫލްތަކަށް، ރަށުގެ އާބާދީއާއި އެއްވަރަށް ޖާގަ ނުބާއްވާ މީގެ ކުރިން ބިން ދީފައިވާ ކަމަށެވެ. ނަމަވެސް ބައެއް ރަށްރަށުގައި އެކަން ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި، އަދި ސްކޫލްތައް ރަނގަޅަށް ޑިވެލޮޕްވަމުންދާ ވަރަކަށް މާލޭގައި ތިބި ފަރާތްތައް ވެސް ރަށްރަށަށް ހިޖުރަކުރަމުންދާ ކަމަށެވެ.

އެހެންކަމުން ރަށްރަށަށް އިތުރު ޖާގަވެސް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކަންކަމުގައި 2018 ނޮވެމްބަރުގެ ކުރިއަށް މާ ބޮޑަށް އަޅާލެވިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ވަރަށް ގިނަ ކަންކަން ކުރެވިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތަފްސީލުތައް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލަތަކުގެ އުމްރާނީ ތަރައްގީއަށް މުޅި ޖުމްލަ 202 ޕީއެސްއައިޕީގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އޭގެ ތެރެއިން ހުރިހާ މަސައްކަތެއް ފުރިހަމަކޮށް 30 ޕްރޮޖެކްޓެއް ނިންމާ އެތަންތަނުގައި ކިޔެވުމުވެ ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި 89 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި، 33 ޕްރޮޖެކްޓެއް ޓެންޑަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން ޓެންޑަރ ބޯޑުގައި 15 ޕްރޮޖެކްޓެއް އެބައޮތް ކަމަށާއި، އިތުރަށް މިއަހަރު 45 ޕްރޮޖެކްޓްގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިދިޔަ 3 އަހަރުގެ ތެރޭގައި އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތް ކުރެވިފައިވާއިރު، 2019 ވަނަ އަހަރު 246 މިލިއަން ރުފިޔާގެ މަސައްކަތް ކުރެވި، 2020 ވަނަ އަހަރު 514 މިލިއަން ރުފިޔާގެ އުމްރާނީ ތަރައްގީގެ މަސައްކަތް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ނިމިގެންދިޔަ 2021 ވަނަ އަހަރު ވެސް 340 މިލިއަން ރުފިޔާ އުމްރާނީ ތަރައްގީގެ މަޝްރޫއަށް ހޭދަކޮށްފައިވާ އިރު، މިއަހަރުގެ މިހާތަނަށް 2015 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.

ސްކޫލުމިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު