Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ނޯވޭއިން ސްވެޑެން ބަލިކޮށްފި

ނޯވޭގެ ދެ ލަނޑު ޖެހީ ހާލަންޑު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2022 | ހޯމަ 04:33
ނޯވޭގެ ހާލަންޑު

ނޯވޭގެ ހާލަންޑު

ޔުއެފާ ނޭޝަންސް ލީގުގައި ނޯވޭ އަތުން ސްވެޑެން ބަލިވެއްޖެއެވެ.

ގްރޫޕް ޑީގައި ރޭ މި ދެ ޓީމު ބައްދަލުކުރި މެޗ ނޯވޭ އިން ކާމިޔާބުކުރީ 3-2 ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ނޯވޭއިންނެވެ. 10 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ހާލަންޑުއެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ހާލަންޑުއެވެ. މިއީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 62 ވަނަ މިނެޓުގައި ސްވެޑެންގެ އެމިލް ފޯސްބާގް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އޭގެ ފަހުން 77 ވަނަ މިނެޓުގައި ސޯލޮތު ވަނީ ނޯވޭގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ސްވެޑެންގެ ދެ ވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވިކްޓޯރ ޖަހައިދިން ލަނޑެކެވެ.

މި ގުރޫޕުގައި ސްލޮވީނިއާ އާއި ސާބިއާ ބައްދަލު ކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި މެޗު އެއްވަރުވީ 2-2 ންނެވެ. މެޗުގައި ސާބިއާއިން ދެ ލަނޑު ޖަހައި ލީޑު ނަގާފައިވަނިކޮށް، ސްލޮވީނިއާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސާބިއާގެ ފުރަތަމަ ލަނޑު މެޗުގެ އަށް ވަނަ މިނެޓުގައި ޖެހީ ޒިވްކޮވިޗްއެވެ. އަދި ދެ ވަނަ ލަނޑު 35 ވަނަ މިނެޓުގައި ޖެހީ މިތްރޮވިޗްއެވެ. ސްލޮވީނިއާ އިން ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 48 ވަނަ މިނެޓުގައި ސެރިން ޖެހިއިރު، ދެ ވަނަ ލަނޑު 53 ވަނަ މިނެޓުގައި ޖެހީ ސެސްކޯއެވެ.

މި ގްރޫޕުގެ އެއް ވަނަ މަގާމުގައި އޮތީ 10 ޕޮއިންޓާއެކު ނޯވޭއެވެ. ދެ ވަނައިގައި އޮތް ސާބިއާއަށް ހަތް ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި އޮތް ސްވެޑެންއަށް ލިބެނީ ތިން ޕޮއިންޓެވެ. ދެ ޕޮއިންޓާއެކު ގުރޫޕްގެ ފުލިގައި އޮތީ ސްލޮވީނިއާއެވެ.

ޔުއެފާ ނޭޝަންސް ލީގު

އިތުރަށް ކިޔާލަން

05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު