Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލުތަކުގެ ގޭޓުތައް ތަޅުލާފައި ބަހެއްޓުން

ކުދިންގެ ރައްކާތެރިކަމަށް، ކިޔަވައިދޭ ވަގުތުތަކުގައި ސްކޫލްތަކުގެ ގޭޓުތައް ތަޅުލާފައި ބަހައްޓަން އަންގައިފި

13 ޖޫން 2022 | ހޯމަ 02:14

މިއީ ޖަމާލުއްދީން ސްކޫލަށް ވަދެ މީހަކު މާރާމާރީ ހިންގަން އުޅުނު މައްސަލަ ފެންމަތިވެފައި ވަނިކޮށް ފޮނުވި އެންގުމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 ޖޫން 2022 | ހޯމަ 02:14
ޖަމާލުއްދީން ސްކޫލް

ޖަމާލުއްދީން ސްކޫލް

ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތަކުގައި ގޭޓުތައް ތަޅުލާފައި ބަހައްޓަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ ސްކޫލް މާހައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ހުރިހާ ގޮތަކުން ވެސް ރައްކާތެރި މާހައުލަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކިޔަވައިދޭ ވަގުތުތަކުގައި އަބަދުވެސް ގޭޓުތައް ތަޅުލާފައި ބަހައްޓަން ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

މި އެންގުމުގައި ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ސްކޫލަށް ވަދެ ނުކުމެ ހެދުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް ވަނީ ކިޔައިދީފައެވެ. އެގޮތުން، ކިޔެވުން ކުރިއަށްދާ ވަގުތު ހުރިހާ ސްކޫލެއްގެ ހުރިހާ ގޭޓެއްގައި ސެކިއުރިޓީ ބެލެހެއްޓުމަށް ސަމާލުކަން ދިނުމަށާއި ކިޔެވުން ފެށުމަށްފަހު އޭގެ ފަހުން ޓިޗަރުންނާއި ދަރިވަރުން ސްކޫލަށް ވަދެ ނިކުތުމުގެ ޚާއްސަ އިންތިޒާމުތަކެއް ސްކޫލުން ހަމަޖެއްސުމަށާއި ބެލެނިވެރިންގެ ކާޑު އޮތްކަން ޔަޤީން ކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އަންގާފައި މިވަނީ މެއި މަހުގެ 24 ވަނަ ދުވަހު ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅެފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ސްކޫލުގެ ޓީޗަރަކު ބޭރަށް ނުކުތް ވަގުތާ ދިމާކޮށް ސްކޫލް ތެރެއަށް ވަދެ އޭނާ އަޑުގަދަކޮށް ސްކޫލުގެ ޕްރިންސިޕަލަށް އިންޒާރު ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލާގައި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސްކޫލުއެޑިއުކޭޝަން މިނިސްޓްރީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
28 ނޮވެމްބަރު 2025

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

28 ނޮވެމްބަރު 2025
ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ
28 އޮކްޓޯބަރު 2025

ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ

28 އޮކްޓޯބަރު 2025
ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ
29 ސެޕްޓެމްބަރު 2025

ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު

29 ސެޕްޓެމްބަރު 2025
ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު
18 އޯގަސްޓު 2025

ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ

18 އޯގަސްޓު 2025
ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ
08 އޯގަސްޓު 2025

11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން

08 އޯގަސްޓު 2025
11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް