Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޓެކްސީ ކުރުމުގައިވެސް ބިދޭސީން !!

ޓެކްސީ ގަވާއިދުގައި ބުނެފައިވަނީ ބިދޭސީ ޑްރައިވަރުންގެ ތެރެއިން ޓެކްސީ ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ދިވެހި ދައުލަތުގެ ރެޒިޑެންޓްވީޒާ ލިބިފައިވާ، ދިވެހިރައްޔިތަކާ ކައިވެނިކޮށްގެންއުޅޭ ބިދޭސީއަކަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޖޫން 2022 | އާދީއްތަ 14:29
ޓެކްސީ ތަކެއް

ޓެކްސީ ތަކެއް

ބިދޭސީން ރާއްޖެ ގެންނަނީ އެކިމަސައްކަތްތަކަށް ދިވެހިން ނުލިބޭކަމަށް ބުނެއެވެ. ބައެއް މަސައްކަތްތައް ކުރަން ދިވެހިން ފަސްޖެހޭތީ އެމަސައްކަތްތައް ކުރުމަށް ބިދޭސީން އެތެރެކޮށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަނީ އަތްނުފޯރާ ފަށަށް އަރާފައެވެ. ގަވާއިދާ ޚިލާފަށް އެތެރެވެގެން އުޅޭ ބިދޭސީން އިންތިހާއަށް ގިނައެވެ. އޭގެ ސީދާ އަދަދު އެނގޭ ފަރާތެއް ނުވެސްނެތެވެ. އެއާއެކު ބިދޭސީން ވަނީ ރާއްޖޭގެ ހުރިހާ ކަމެއްގެ ތެރޭގައި ވަކި ހިތްޕާލާފައެވެ. ގޭތެރެއިން ފެށިގެން މަގުމައްޗާއި އެކި ވަރުގެ އޮފީސްތަކާއި ރިސޯޓްތަކާއި މަސް ދޯނި ފަހަރާއި ސަފާރީތަކުންވެސް ފެންނަނީ ބިދޭސީންނެވެ. އެމީހުން ނޫޅޭ ވިޔަފާރިއެއް ރާއްޖެއަކު ނެތެވެ.

އޭގެތެރޭގައި ދިވެހިން އެންމެ ގިނައިން ކުރަމުން އަންނަ މަސައްކަތްތައްވެސް ހިމެނެއެވެ. މިފަދަ އެއް މަސައްކަތަކަށް ޓެކްސީ ކުރުން ވާނެއެވެ. ޒަމާނުއްސުރެވެސް ޓެކްސީ ކުރުމަކީ ދިވެހިން ކުރަމުން އައި މަސައްކަތެކެވެ. ޓެކްސީ ސެންޓަރުތަކުން އެކަން ކުރަމުން އައި ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ޓެކްސީ ކުރުމުގެ ޚިދުމަތް އަމިއްލަ ފަރާތްތަކަށްވެސް ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލަ ފަރާތްތަކަށް ޓެކްސީ ކުރުމުގެ ފުރުސަތު މިއަދު ވަނީ ފަހިވެފައެވެ. އެއާއެކު ގިނަ އަދަދެއްގެ ދިވެހިން ޓެކްސީގެ ޚިދުމަތް ދޭތަން ފެނެއެވެ.

ދެން ފެނިގެންދިޔައީ މިކަމުގެ ތެރެއަށްވެސް ބިދޭސީން ވަތް މަންޒަރެވެ. ޓެކްސީ ގަވާއިދުގައި ބުނެފައިވަނީ ބިދޭސީ ޑްރައިވަރުންގެ ތެރެއިން ޓެކްސީ ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ދިވެހި ދައުލަތުގެ ރެޒިޑެންޓްވީޒާ ލިބިފައިވާ، ދިވެހިރައްޔިތަކާ ކައިވެނިކޮށްގެންއުޅޭ ބިދޭސީއަކަށްކަމަށެވެ. ބިދޭސީންނަށް ވިޔަފާރި ކުރެވެން އޮންނަ އުސޫލަކީ މިއެވެ. ދިވެހި ދައުލަތުގެ ރެޒިޑެންޓް ވީޒާ ލިބިފައިވާ ދިވެހި ރައްޔިތަކާ ކައިވެނިކޮށްގެން އުޅުމެވެ. މާރުކޭޓް ގޮޅިތަކުގައިވެސް ގިނައީ ބިދޭސީންނެވެ. އެތަންތަނަށް ވެރިވެގަނެފައިވަނީ ބިދޭސީންނެވެ. ކޮންސްޓްރަކްޝަން ދާއިރާގައިވެސް ގިނަވަމުން އަންނަނީ ބިދޭސީންނެވެ. ތަންތަން ކުއްޔަށް ދޫކުރާ މީހުންނަށް ބިދޭސީން ވެއްޖެއެވެ. މިހާރު އޮތީ ޓެކްސީ ކުރުމެވެ.

އަމިއްލަ ޓެކްސީތަކުގައި ބިދޭސީން ޓެކްސީ ކުރުން މިހާރު ވަނީ އާންމުވާން ފަށާފައެވެ. ޓެކްސީ އަރާއިރު އެއީ ބިދޭސީ އެއްކަމެއް ދޭސީއެއްކަމެއް ސާފެއް ނުވެއެވެ. އެކަން ތަޖުރިބާ ކުރި ބައެއް މީހުން ބުނި ގޮތުގައި ޑްރައިވަރެއްގެ ގޮތުގައި އިނީ ބިދޭސީއެއްކަން އެނގެނީ ދާންވީ ތަން ބުނުމުން އެތަން ނޭންގިގެން އުޅެން ފެށުމުންނެވެ. ޓެކްސީ ކުރަނީ ކީއްކުރަންހޭ އެހުމުން ބޮސް ބުނެގެން ޓެކްސީ ކުރަން އެރީކަމަށް ބުނެއެވެ. މާނައަކީ އަމިއްލަ ކާރު ތަކުގައި ޓެކްސީ ކުރާ އެންމެންނަކީ ގަވާއިދުގައި ބުނާ ގޮތުގެ މަތިން ދިވެހި ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނޫނެވެ.

ރާއްޖޭގައި ލާރި ލިބޭ ކޮންމެ ކަމެއްގައި ބިދޭސީންނަށް ހަރަކާތްތެރިވެވުމަކީ ނުހަނު ފަސޭހަކަމެކެވެ. އެއީ ކިތަންމެ ގިނަ ދިވެހިން ހަރަކާތްތެރިވާ ވިޔަފާރިއެއްނަމަވެސް އެފުރުސަތު އޮންނަނީ ފަހިވެފައެވެ. އޭގެ ފައިދާ ބިދޭސީން އަންނަނީ ނަގަމުންނެވެ. އެކަން މިއަންނަނީ ހުރިހާ ދާއިރާތަކެއްގައިވެސް ފެންނަމުންނެވެ. އެކަން ބަލާ މޮނިޓަރ ކުރަން ހުންނަ އިދާރާތަކުން އެކަން ނުބަލާނަމަ ޓެކްސީ ކުރުމުގެ ޚިދުމަތްވެސް ދާނީ މަޑުމަޑުން ބިދޭސީންގެ އަތްމައްޗަށެވެ. އެމީހުންގެ ބާރު ދާނީ ގަދަވަމުންނެވެ. ޓެކްސީތަކުން ހުރިހާ ވަގުތެއްގައިވެސް އެކި އުމުރުފުރާގެ މީހުން ޚިދުމަތް ހޯދައެވެ. އެހެންކަމަށްވާއިރު މިކަމަކީ ސީރިއަސް ކަމެއްގެ ގޮތުގައި މޮނިޓަރ ކުރެވެންވާނެ ކަމެކެވެ. އަމިއްލަ ޓެކްސީ ތަކުގައި ޓެކްސީ ކުރުމުގެ ހުއްދަ ދީފައިވާ މީހާ ނޫން އެހެން މީހުން އެޚިދުމަތް ދޭއިރު އެކަން ބެލޭނެ ގޮތެއް އެޅޭނެ ފިޔަވަޅެއް އޮންނަންވާނެއެވެ.

ޓެކްސީ ޚިދުމަތްމިނިސްޓްރީ އޮފް ޓްރާންސްޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު