Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމީ ސަލާމަތް

މޫސުމީ ރައްކާތެރިކަމާއި ގައުމީ ސަލާމަތާ އޮތް ގުޅުން ވަރަށް ބޮޑު: މާރިޔާ

ކަނޑުގެ ބޮޑު ސަރަހައްދެއް ހިމެނޭ ރާއްޖެ ފަދަ ގައުމަކަށް ކްލައިމެޓް ސެކިއުރިޓީ މުހިންމު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ޖޫން 2022 | އާދީއްތަ 07:40
19 ވަނަ އޭޝިޔާ ސެކިއުރިޓީ ސަމިޓް

19 ވަނަ އޭޝިޔާ ސެކިއުރިޓީ ސަމިޓް

ކްލައިމެޓް ސެކިއުރިޓީ ނުވަތަ މޫސުމީ ރައްކާތެރިކަމާއި ގައުމީ ސަލާމަތާ ވަރަށް ބޮޑު ގުޅުމެއް ވާކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ސިންގަޕޫރުގައި ކުރިއަށްދާ 19 ވަނަ އޭޝިޔާ ސެކިއުރިޓީ ސަމިޓް- "އައިއައިއެސްއެސް ޝަންގްރީލާ ޑަޔަލޮގް"ގެ "ސްޕެޝަލް ސެޝަން އޮން ކްލައިމެޓް ސެކިއުރިޓީ އެންޑް ގްރީން ޑިފެންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ކްލައިމެޓް ސެކިއުރިޓީ ނުވަތަ މޫސުމީ ރައްކާތެރިކަމާއި ޤައުމީ ސަލާމަތާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިގެންވާ، ކަނޑުގެ ލޮނުގަނޑުން މައްޗަށް 3 ފޫޓުވެސް ހަމަނުވާ ރަށްތައް ގިނަ، އަދި މޫދާ 100 މީޓަރު ދުރު ނޫން ހިސާބުތަކުގައި ގައުމުގެ އުމްރާނިއްޔަތުގެ 70 އިންސައްތައާއި އާބާދީ ބޮޑު ސަރަޙައްދުތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ސަރަޙައްދު އޮންނަ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް، "ކްލައިމެޓް ސެކިއުރިޓީ" އަކީ ވަރަށް މުހިއްމު މައުޟޫއެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު މާރިޔާ ވަނީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައާއި ޑިމޮކްރަސީގެ މަގުގައި ރާއްޖެ ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތަކާ އެކުގައިވެސް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ބައިނަލްއަގުވާމީ ޖަމާއަތް ހޭލުންތެރިކުރައްވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.

މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ "މޯލްޑިވްސް ޑިފެންސް ވައިޓް ޕޭޕަރ" ގައި، މިހާރަށްވުރެ ތިމާވެށްޓާ ރައްޓެހި، "ފެހި" އުސޫލުތަކާއި އިޖުރާއަތުތަކެއް ހިމެނުމަށް، ދިވެހިރާއްޖޭގެ އަސްކަރިއްޔާއާއި ދިފާއީ ދާއިރާއަށް ނިސްބަތްވާ ހުރިހާ އިދާރާއަކަށް، އިރުޝާދުދޭ މާއްދާއެއް ހިމަނާފައިވާނެކަމަށް މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އަސްކަރިއްޔާގެ ބޭނުމަށް ދީފައިވާ ބިންތަކާއި އެސްޓޭޓުތަކުގައި ހުރި މެރިން ޕްރޮޓެކްޓެޑް ޒޯންތަކާއި އިކޮލޮޖިކަލް ރިޒަރވްތައް މެނޭޖުކުރުމާ ބެހޭގޮތުން، ކަމާބެހޭ ފަރާތްތަކާއި ގައުމީ ދިފާއީ ބާރާ ދެމެދު މަޝްވަރާތައް ފެށިގެން ކުރިއަށްދާކަން މިނިސްޓަރު މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީމިނިސްޓްރީ އޮފް ޑިފެންސް

އިތުރަށް ކިޔާލަން

11 މެއި 2024

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
29 ޑިސެމްބަރު 2023

ޑިފެންސްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރި ސަފާއަށް އާންމުން ފާޑުކިއުމުން މަގާމު ދިންކަމަށް ކުރި ޕޯސްޓް ޑިލީޓްކޮށްފި

29 ޑިސެމްބަރު 2023
ޑިފެންސްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރި ސަފާއަށް އާންމުން ފާޑުކިއުމުން މަގާމު ދިންކަމަށް ކުރި ޕޯސްޓް ޑިލީޓްކޮށްފި
02 ޑިސެމްބަރު 2023

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން، ވަގުތީގޮތުން ޑިފެންސް މިނިސްޓަރާ ހަވާލުކުރައްވައިފި

02 ޑިސެމްބަރު 2023
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން، ވަގުތީގޮތުން ޑިފެންސް މިނިސްޓަރާ ހަވާލުކުރައްވައިފި
30 އޯގަސްޓު 2023

އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ

30 އޯގަސްޓު 2023
އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ
29 އޯގަސްޓު 2023

ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ

29 އޯގަސްޓު 2023
ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ
11 އޯގަސްޓު 2023

އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި

11 އޯގަސްޓު 2023
އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި
11 އޯގަސްޓު 2023

މިހާރު ވެސް ޕީޕީއެމްގެ ގިނަ މީހުން ދަނީ އެމްޑީޕީއާ ގުޅެމުން: މާރިޔާ

11 އޯގަސްޓު 2023
މިހާރު ވެސް ޕީޕީއެމްގެ ގިނަ މީހުން ދަނީ އެމްޑީޕީއާ ގުޅެމުން: މާރިޔާ
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
08 އޯގަސްޓު 2023

އަނިޔާވެރިކަމުން ދުރުވެ، ޑިމޮކްރަޓިކް ހަމަތައް އިސްކުރައްވާ: މިނިސްޓަރ މާރިޔާ

08 އޯގަސްޓު 2023
އަނިޔާވެރިކަމުން ދުރުވެ، ޑިމޮކްރަޓިކް ހަމަތައް އިސްކުރައްވާ: މިނިސްޓަރ މާރިޔާ
05 އޯގަސްޓު 2023

ނައިބުރައީސް ފައިސަލް އަދި އަސްލަމްއަށް މާރިޔާ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި

05 އޯގަސްޓު 2023
ނައިބުރައީސް ފައިސަލް އަދި އަސްލަމްއަށް މާރިޔާ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު