Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީޑީސީ އޭޖީއެމް

އެމްޓީޑީސީ އިން ފާސްކުރީ ހިއްސާއަކަށް 60 ލާރި ބަހަން

2021 ވަނަ އަހަރު އެ ކުންފުންޏަށް ބޮޑު ފައިދާއެއް ލިބިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 11 ޖޫން 2022 | ހޮނިހިރު 06:39
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާއެއް

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާއެއް

މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފިއެވެ.

އެކުންފުނީގެ ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފައިވަނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

މިދިޔަ އަހަރު އެމްޓީޑީސީއަށް ވަނީ ރެކޯޑު އަދަދެއްގެ ބޮޑު ފައިދާއެއް ލިބިފައެވެ. މިގޮތުން އެކުންފުނީގެ ސާފު ފައިދާ 211.8 މިލިއަން ރުފިޔާއަށް އަރައެވެ. 2020 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 50.8 މިލިއަން ރުފިޔާއެވެ. މިގޮތުން 2020 ވަނަ އަހަރާ އަޅާ ބަލާއިރު އެކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ 160 މިލިއަނުން ބޮޑުވެފައެވެ.

2021 ވަނަ އަހަރު ލިބުނު ބޮޑު ފައިދާއާއެކު ހިއްސާއަކަށް 60 ލާރި ބަހަން ނިންމާފައިވާއިރު، 2020 ވަނަ އަހަރު އެކުންފުނިން ވަނީ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފައެވެ.

އެމްޓީޑީސީން ބުނިގޮތުގައި ފާއިތުވި އަހަރު އެކުންފުންޏަށް ލިބުނު ސާފު ފައިދާ އިތުރުވެފައިވަނީ ކުންފުނިން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްދިނުމުންނެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ 5 ޑިރެކްޓަރުން އިންތިޚާބުކޮށްފައެވެ. އަދި ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށް ފާސްކޮށްފައިވެއެވެ.

އެމްޓީޑީސީއަކީ މީގެ ކުރިން ގެއްލުމުގައި ހިންގާފައިވާ ކުންފުންޏެކެވެ. އެކުންފުނި ނަގާ ކޮޅަށް ޖެހުމަށް ކޮށްފައިވާ ގިނަ މަސައްކަތްތަކާއެކު މިހާރު އެކުންފުނި ހިންގަމުން ދަނީ ފައިދާގައެވެ. ކުރިއަށް އޮތް ތަނުގައި އެކުންފުންޏަށް ލިބޭ ފައިދާ ބޮޑުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަންއެމްޓީޑީސީ

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
23 ނޮވެމްބަރު 2024

އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟

23 ނޮވެމްބަރު 2024
އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟
19 ނޮވެމްބަރު 2024

ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!

19 ނޮވެމްބަރު 2024
ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!
03 ނޮވެމްބަރު 2024

ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ

03 ނޮވެމްބަރު 2024
ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ
10 އޮކްޓޯބަރު 2024

ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ

10 އޮކްޓޯބަރު 2024
ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ
10 އޮކްޓޯބަރު 2024

އެންމެ ރަނގަޅު ސްޕާ މަންޒިލުގެ މަޤާމު ރާއްޖެ އަށް

10 އޮކްޓޯބަރު 2024
އެންމެ ރަނގަޅު ސްޕާ މަންޒިލުގެ މަޤާމު ރާއްޖެ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު