Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއަރޕޯޓް ތަރައްގީ ކުރުން

ޖީއެމްއާރްއާއެކު އޮތް އެއްބަސްވުން ކުރީގެ ސަރުކާރުން އުވާލުމުން އިގްތިސާދީ ގޮތުން ގެއްލުންވި

އެއަރޕޯޓު މަޝްރޫއުގައި އިތުރު ރަންވޭއެއް އެޅުމާއި، ޓާމިނަލް ބޮޑުކުރުމާއި، ސީ ޕްލޭން ޓާމިނަލް ބޮޑުކުރުން ހިމެނޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 10 ޖޫން 2022 | ހުކުރު 08:06
ރައީސުލްޖުމްހޫރިއްޔާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރައްވައި ތަރައްޤީގެ މަސައްކަތްތައް ބައްލަވާލެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރައްވައި ތަރައްޤީގެ މަސައްކަތްތައް ބައްލަވާލެއްވުމުގެ ތެރެއިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމަށް ޖީއެމްއާރްއާއެކު އޮތް އެއްބަސްވުން ކުރީގެ ސަރުކާރުން އުވާލުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ، އެއަރޕޯޓް އެޅުމަށް، އޭގެ ކުރީގެ ސަރުކާރުން ޖީ.އެމް.އާރާއެކީ ހަދާފައި އޮތް އެގްރީމަންޓަކީ، ވަރަށް ބޭނުންތެރި މަޝްރޫޢެއް ކަމަށެވެ. އެކަން ހުއްޓާލި ހުއްޓާލުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކޮށްފި ކަމަށާއި، އެ އެއްބަސްވުމާ އެއްގޮތަށް މަޝްރޫއު ކުރިއަށްދިޔަނަމަ 2015 ވަނަ އަހަރު އޮންނާނީ، އަހަރަކު 7 މިލިއަން ޓުއަރިސްޓުންނަށް އާދެވޭވަރުގެ އެއަރޕޯޓެއް ތަރައްޤީ ކުރެވިފައި ކަމަށެވެ. އަދި މިއަދު ރާއްޖެއަށް 3 މިލިއަން ޓުއަރިސްޓުން އަހަރަކު އަންނާނެ ކަމަށާއި، އެއާއެކު ދައުލަތަށް ލިބޭ އާމްދަނީ 35 ބިލިއަނާ ގާތަށް އިތުރުވެގެންދިޔައީސް ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިސާދަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ރައީސް ސާލިހު ސިފަކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، މިހާރު ދެން މަސައްކަތް ކުރައްވަނީ މިހާރު ފަށާފައި އޮތް މަޝްރޫއު ނިންމުމަށް ކަމަށެވެ. އަދި މިހާރު އޮތް އައު ޕްލޭނާ އެކީގައި، ކުރިއަށް ގެންދަވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއަރޕޯޓު މަޝްރޫއުގައި އިތުރު ރަންވޭއެއް އެޅުމާއި، ޓަރމިނަލް ބޮޑުކުރުމާއި، ސީ ޕްލޭން ޓަރމިނަލް ބޮޑުކުރުން ހިމެނެއެވެ. އޭގެތެރެއިން މި ސަރުކާރު ވެރިކަމަށް އައިއިރު ނިމުމަކާ ހިސާބަށް ގޮސްފައި އޮތީ ރަންވޭގެ މަސައްކަތް އެކަނިކަމަށް ރައީސް ވިދާޅުވިއެވެ. ޓަރމިނަލްގެ ޑްރާފްޓް ކުރެހުމެއް އޮތްނަމަވެސް އެއީ ރާއްޖެއަށް ފެތޭގޮތަށް، ރާއްޖެ ސިފަވާގޮތަށް އޮތް ކުރެހުމަކަށް ނުވާތީ، އެ ކުރެހުން ފުރަތަމަ ބަދަލު ކުރީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއަރޕޯޓް ތަރައްގީ ކުރުމަށް ސޮއިކުރެވިފައި، އޮތީ، 357 މިލިއަން ޑޮލަރަށް ކަމަށާއި، އެއީ ޓަރމިނަލް އަޅަން ބޭނުންވާ އަދަދަށްވުރެ މަދު އަދަދަކަށްވާތީ، އަލުން މަޝްވަރާކުރެވިގެން، ސައޫދީ ފަންޑުން އިތުރު 104 މިލިއަން ޑޮލަރުގެ ފެސިލިޓީއެއްގައި މިސަރުކާރުން ސޮއިކުރި ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސައުދީ ބިން ލާދިން ގްރޫޕާ ޓަރިމިނަލް އެޅުމުގެ ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ކަމަށާއި، ޓަރމިނަލްގެ މަސައްކަތް ކުރިއަށް ގޮސް، ވަކި ހިސާބަކުން ސަބް ކޮންޓްރެކްޓް ކޮށްފައި އޮތް ޗައިނާ ކުންފުންޏާ ޚިޔާލުތަފާތުވުންތަކެއް އުފެދި މަސައްކަތުގެ މަޑު ޖެހުމެއް އައި ނަމަވެސް މިހާރު މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. މަޝްރޫއަށް މާލީ ގޮތުން ދައްޗެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓާރމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަންވޭ މިހާރު އޮތީ ބޭނުންކުރެވޭ ހިސާބުގައި ކަމަށާއި، ސީ ޕްލޭން ޓަރމިނަލް ޖުލައި މަހު ހުޅުވޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު