Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު

އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖުގެ ޗެމްޕިއަންކަން ދިރާގު އަދި ޕޮލިސް

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެންޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 10 ޖޫން 2022 | ހުކުރު 03:18
އަންހެން ޗެމްޕިއަން ދިރާގު

އަންހެން ޗެމްޕިއަން ދިރާގު

އެމްޕީއެލް ޑަބްލިއުއެސްއީ އިންޓަރ އޮފީސް ބެޑްމިންޓަން ޗެމްޕިއަންޝިޕު 2022 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިރާގު އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޕޮލިސް ހޯދައިފިއެވެ.

ބުރާސްފަތި ދުވަހު މެންދުރުފަހު ކުޅިދުއްފުށީ ޔޫތު ސެންޓަރުގައި ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކޮށްފައިވަނީ ކުލަބް އިމިގްރޭޝަނާއި ދިރާގެވެ. މެޗުގެ ފުރަތަމަ ގޭމުގައި ދިރާގުގެ ޝައުޒާ އިބްރާހިމާއި ޒުހުދާ ހަސަންގެ ޕެއާއިން ވަނީ އިމިގްރޭޝަނުގެ އައިޝަތު ޒޫނާއާއި ދީމާ ރަޝީދުގެ ޕެއާ 2 ސެޓު 1 ސެޓުން ބަލިކޮށްފައެވެ. ދެވަނަ ގޭމުގައި ދިރާގުގެ މަރިޔަމް ޝަފާހަތު ވަނީ އިމިގްރޭޝަނުގެ ފަދުވާ ޒާހިރު ސީދާ 2 ސެޓުން ބަލިކޮށްފައެވެ. ފުރަތަމަ ސެޓު ޝަފާހަތު ގެންދިޔައީ 21 - 6 ންނެވެ. އަދި ދެވަނަ ސެޓު ގެންދިޔައީ 21 - 13 ންނެވެ. ތިންވަނަ ގޭމުގައި އިމިގްރޭޝަނުގެ ފަދުވާ ޒާހިރާ ދީމާ ރަޝީދުގެ ޕެއާ ސީދާ 2 ސެޓުން ދިރާގުގެ ޒުހުދާ ހުސެއިނާ އާމިނަތު އަލީގެ ޕެއާއިން ވަނީ ބަލިކޮށްފައެވެ.

ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ޕޮލިސް ޓީމް ހޯދީ ކަސްޓަމްސް ޓީމާ ވާދަކޮށްގެނެވެ. މެޗުގެ ފުރަތަމަ ގޭމު ޕޮލިހުގެ ވަސީމްއާއި ޖާވިޒުގެ ޕެއާއިން ހޯދީ ކަސްޓަމްސްގެ އިފްޒަލްއާއި ނަޝީދުގެ ޕެއާ ބަލިކޮށްގެންނެވެ. މިގޭމު އެޓީމުން ކާމިޔާބުކުރީ 2 ސެޓު 1 ސެޓުންނެވެ. ދެވަނަ ގޭމު ސީދާ 2 ސެޓުން ކަސްޓަމްސްގެ އަހްމަދު އަލީ ބަލިކޮށް ހޯދީ ކޭސީޕީގެ ވަސީމްއެވެ. އެހެންނަމަވެސް ތިންވަނަ ގޭމުގައި ކަސްޓަމްސްގެ މުހައްމަދު އާދަމްއާއި ނަޝީދުގެ ޕެއާއިން ވަނީ ޕޮލިހުގެ ޕެއާ ބަލިކޮށްފައެވެ.

ހަތަރުވަނަ ގޭމުގައި ކަސްޓަމްސްގެ އަލީ ރަޝީދު ވަނީ ޕޮލިހުގެ ހުޝާމް އަތުން 2 ސެޓު 1 ސެޓުން ބަލިވެފައެވެ. ފަސްވަނަ ގޭމުގައި ކަސްޓަމްސްގެ އިފްޒަލްއާއި މުހައްމަދު ލުތުފީގެ ޕެއާއިން ވަނީ ސީދާ 2 ސެޓުން ޕޮލިހުގެ ޕެއާ ބަލިކޮށްފައެވެ. ފަހު ގޭމުގައި ކޭސީޕީގެ ޖާވިޒް ވަނީ ސީދާ ދެ ސެޓުން ކަސްޓަމްސްގެ އިބްރާހިމް ޝަރީފް ބަލިކޮށްފައެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު އަދި ޓްރޮފީ ހަވާލުކޮށްފައިވާއިރު ރަނަރަޕް ޓީމަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 2000 ރުފިޔާ އަދި ޓްރޮފީ ހަވާލުކޮށްފައެވެ. އަންހެން ޑިވިޝަނުގެ ރަނަރަޕް ޓީމަށް ވަނީ 1500 ރުފިޔާގެ ފައިސާގެ އިނާމު އަދި ޓްރޮފީ ހަވާލުކޮށްފައެވެ. އަދި ޗެމްޕިއަން ޓީމަށް ވަނީ 4000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީ ހަވާލުކޮށްފައެވެ.

ކުޅުދުއްފުށި ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު