Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާޑުގެ ބާވަތްތައް

ކާޑުގެ ބާވަތްތަކާއި ތެލާއި ބޭސް، ދަތިނުވެ ގަންނަވަރަށް ފައިސާ ހުންނާނެކަމުގެ ޔަގީންކަން އަރުވަން: ރައީސް

8 ޖޫން 2022 | ބުދަ 13:14

ޔޫޒެބްލް ރިޒަރވް އެންމެ ގިނައިން ހުރި އެއް އަހަރަށް، މިއަހަރު ވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޖޫން 2022 | ބުދަ 13:14
އެސްޓީއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ޑެލިވަރީކުރުމުގައި

އެސްޓީއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ޑެލިވަރީކުރުމުގައި

ކާޑުގެ ބާވަތްތަކާއި ތެލާއި ބޭސް, ދަތިނުވެ ގަންނަވަރަށް ފައިސާ ހުންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ކާޑުގެ ބާވަތްތަކާއި ތެލާއި ބޭސް، ދަތިނުވެ، ކުރިއަށް އޮތް މަސްތަކުގައި ގަންނާނެވަރަށް ފައިސާ ހުންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ. އަދި ޔޫޒެބްލް ރިޒަރވް އެންމެ ގިނައިން ހުރި އެއް އަހަރަށް މިއަހަރު ވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް އިތުރަށް ވިދާޅުވީ، ދައުލަތަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދޭ އެސްޓީއޯއަށް ފައިނޭންޝަލް ކެޕޭސިޓީ ފޯރުކޮށްދީފައިވާ ކަމަށެވެ. އެސްޓީއޯއިން އެ ބާވަތްތައް ދަތިނުވެ އިމްޕޯޓް ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ފޯރުކޮށްދީފައިވަނީ 175 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގއެކެވެ.

އައިޓީއެފްސީގެ މުރާބަހާ ޓްރޭޑް ފައިނޭންސިންގގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ އެސްޓީއޯއިން ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 2019 ވަނަ އަހަރަށްފަހު އައިޓީއެފްސީން އަންނަނީ ކޮންމެ އަހަރަކުވެސް އެސްޓީއޯއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ފެސިލިޓީގެ ދަށުން މިއަހަރު 175 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިސްރުގައި މިހާރު ކުރިއަށްދާ އައިއެސްޑީބީ 2022 އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރެވެ. އައިޓީއެފްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ހާނީ ސާލެމް ސޮންބޮލްއެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޓްރޭޑް ފައިނޭންސިންގެ ތެރެއިން އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގެންނާނެއެވެ. މީގެތެރޭގައި ތެލާއި، އަސާސީ ކާނާގެ ބާވަތްތަކާއި، ބޭހާއި، ސިއްހީ ދާއިރާއަށް ބޭނުންވާ އެކި އާލާތްތައް ހިމެނެއެވެ.

އެސްޓީއޯއިން ގެންދަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ތަކެތި މެދުކެނޑުމެއްނެތި ލިބޭނެކަމުން ޔަގީންކުރަމުންނެވެ. ކޮވިޑް-19ގެ ހާލަތުގައިވެސް ރާއްޖެއަށް ބޭނުންވާ ކާނާއާއި ބޭހާއި އަދި މިނޫންވެސް ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އެސްޓީއޯއިން ވަނީ މަސައްކަތްކޮށްފައެވެ.

2021 ވަނަ އަހަރު ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް އެކުންފުނިން ވަނީ ކުންފުނީގެ ތާރީޚުގައި ހޯދާފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެގޮތުގައި 478.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ކާޑުގެ ބާވަތްތަކާއި ތެލާއި ބޭސް ދަތިވެދާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަމުންނެވެ. ރާއްޖޭގެ އިގުތިސާދާ ގުޅޭގޮތުން އޮޅުންއަރާގޮތަށް ވާހަކަތައް ފަތުރަމުންދާއިރު، އެބަޔަކު އެކަން އެ ކުރަނީ ސިޔާސީ ބޭނުމެއްގައިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް